މޮނާކޯ (މެއި 18) – ސެއިން-އެޓީން އަތުން 2-0 އިން މޮޅުވެ މޮނާކޯ އިން 17 އަހަރަށް ފަހު ފްރާންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
18 މެއި 2017
މޮނާކޯ (މެއި 18) – ސެއިން-އެޓީން އަތުން 2-0 އިން މޮޅުވެ މޮނާކޯ އިން 17 އަހަރަށް ފަހު ފްރާންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ރޭގެ މެޗަށް ނުކުތްއިރު، އަށް ވަނަ ފަހަރަށް ލީގު ކާމިޔާބުކުރަން އެ ޓީމަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. ރޭގެ މޮޅާ އެކު އެ ޓީމު އެއް ވަނައިގައި އޮތީ 92 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 86 ޕޮއިންޓާ އެކު އޮތް ޕީއެސްޖީ އަށް ދެން ގިނަވެގެން ހަމަކުރެވޭނީ 89 ޕޮއިންޓެވެ. އެހެންވެ ރޭގެ މެޗާ އެކު މޮނާކޯ އަށް ލީގު ކަށަވަރުވީ އެވެ.
އެ ޓީމަށް ރޭގެ މެޗުގެ 19 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ދުނިޔޭގައި މިވަގުތު ހުރި އެންމެ އުއްމީދީ އެއް ފޯވާޑް ކީލިއަން އެމްބާޕޭ އެވެ. މެދުތެރެއިން ޖައްސާލި ބޯޅައަށް އަރައި، އޭނާ އެ ބޯޅަ ހަނި އޭންގަލުން ގޯލަށް ވައްދާލީ އެޓީންގެ ގޯލްކީޕަރު ކައިރިން ނައްޓާލުމަށް ފަހު އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާ ހަމަޔަށް މޮނާކޯ ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އުމުރުން 18 އަހަރުގެ އެމްބާޕޭ ލީގުގައި ޖެހި 14 ވަނަ ލަނޑެވެ. ރޭގެ މެޗުގައި މޮނާކޯގެ ދެ ވަނަ ލަނޑު 90 ވަނަ މިނެޓުގައި ޖެހީ ވަލޭރޭ ޖާމެއިން އެވެ.
މޮނާކޯ އިން މި ފަހަރު ލީގު ނެގުމުގައި އެންމެ ބޮޑު ހިއްސާއެއްވީ ޒުވާން ކުޅުންތެރިންނެވެ. އެކަމަކު ކޮލަމްބިއާގެ ތަޖުރިބާކާރު ފޯވާޑް ރަޑަމެލް ފަލްކާއޯ ވެސް މުހިއްމު ދައުރެއް އަދާކުރި އެވެ. މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީގައި ހޭދަކުރި ނާކާމިޔާބު ދެ ސީޒަނަށް ފަހު މޮނާކޯއާ އަލުން ގުޅި އޭނާ ވަނީ މި ސީޒަނުގައި 24 ގޯލް ޖަހައިފަ އެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޔުވެންޓަސް އަތުން މޮނާކޯ ކެޓި ނަމަވެސް އެ ޓީމު އެ ހިސާބަށް ދަތުރުކުރީ ޓޮޓެންހަމް ހޮޓްސްޕާސް އާއި މެންޗެސްޓާ ސިޓީ އަދި ބޮރޫޝިއާ ޑޯޓްމަންޑް ފަދަ ވަރުގަދަ ޓީމުތައް ފަހަތަށް ޖައްސާލުމަށް ފަހު އެވެ.
ފްރާންސުގެ ކުރީގެ ވަރުގަދަ ބާރު އަލުން އޭގެ މަގާމަށް މި އައީ ފްރާންސުގެ ދެ ވަނަ ޑިވިޝަނުގައި ވެސް ވާދަކުރުމަށް ފަހު އެވެ. އެ ޓީމުން 2000 ވަނަ އަހަރު ލީގު ކާމިޔާބުކުރިއިރު ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ތަރިން ތިއްބެވެ. އޭގެ ތެރޭގައި ފްރާންސުގެ ފަބިއަން ބާތޭޒާއި ޑޭވިޑް ޓްރެޒެގޭ އާއި ވިލި ސަންޔޯލް އަދި މެކްސިކޯގެ ރަފައެލް މާކުއޭޒް ހިމެނެ އެވެ.
ދެ އަހަރަށް ފަހު ޕޮގްބާ ފުރަތަމަ މެޗަށް ތައްޔާރު!
13 އަހަރުތެރޭ 10ވަނަ ފަހަރަށް ޕީއެސްޖީއަށް ލީގު
ނޭމާގެ ލަނޑުން މޮނާކޯ އަތުން ޕީއެސްޖީ އަށް ޕޮއިންޓެއް
މޮނާކޯ އިން ފަހަތުން އަރައި ޕީއެސްޖީ ބަލިކޮށްފި
ފުރަތަމަ މެޗުގައި ފެބްރިގާސް އަށް ރަތެއް
އޮންރީ އަށް އެންމެ ފަހުން މޮޅެއް
ޕީއެސްޖީ އަތުން ބަލިވެ އޮންރީ އަށް ޕްރެޝަރު ބޮޑުވެއްޖެ
ޕީއެސްޖީގެ ފެންވަރު ދައްކާލެވިއްޖެ: އެމެރީ
މޮނާކޯ އަށް ފަސް ޕޮއިންޓުގެ ލީޑެއް
އެމްބާޕޭ ވިދާލިއިރު މޮނާކޯ އަށް ތިން ޕޮއިންޓުގެ ލީޑެއް