މިދިޔަ އަންގާރަދުވަހު ލ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ކޮޅުވެއްޓި ހޯދަމުން ދަނިކޮށް، ޓީއެމްއޭގެ މަތިންދާބޯޓަށް، އޮޔާދާ އެއްޗެހިތަކަކާއި ކަނޑަށް އެޅިފައިވާ ތެޔޮގަނޑެއް ދެންމެ ފެނިއްޖެ އެވެ.
19 މެއި 2017
މިދިޔަ އަންގާރަދުވަހު ލ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ކޮޅުވެއްޓި ހޯދަމުން ދަނިކޮށް، ޓީއެމްއޭގެ މަތިންދާބޯޓަށް، އޮޔާދާ އެއްޗެހިތަކަކާއި ކަނޑަށް އެޅިފައިވާ ތެޔޮގަނޑެއް ދެންމެ ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ކޮޅުވެއްޓި ހޯދަމުން ދިޔަ ޓީއެމްއޭގެ ބޯޓަށް އެތަކެތި ފެނުނީ ލ. އިސްދޫއާ 50 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.
ތުލުސްދޫން ފުރި ކޮޅުވެއްޓި ގެއްލުނީ ކޮން ސަރަހައްދަކުން ކަމެއް އަދިއެއް ނޭނގެ އެވެ. އެކަމަކު މިދިޔަ ތިން ދުވަހު ވެސް އެ އުޅަނދުގެ ހަބަރެއް ނުވެ އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އޮޔާދަނިކޮށް އެންމެ ފަހުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން މި އޮޕަރޭޝަނަށް ކުއްޔަށް ހިފާފައިވާ ޓީއެމްއޭގެ ސީޕްލޭނާއި ކޯސްޓްގާޑު ހެލިކޮޕްޓަރާއި ލޯންޗު ބޭނުންކޮށްގެން އެ އޮޔާދާ އެއްޗެހިތައް ބަލައި، އެ އުޅަނދާ އެއްވެސް ގުޅުމެއް ހުރިތޯ އަދި އެ ސަރަހައްދުން އެއްވެސް މީހަކު ފެނޭތޯ ބަލާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޯކްގެ "މާރިޔާ-3"އިން ތ. ވިލިފުއްޓަށް ނިސްބަތްވާ ދިވެހި ދެމަފިރިއަކާއި ހަތަރު ބިދޭސީން ދަތުރު ކުރި އެވެ.
ދޫކޮށްލާފައިވާ ކޮޅުވެއްޓި ސަލާމަތްކުރަން ޓަގެއް ގެނެސްފި
ނައީމާއި ޒުލޭޚާ: ކަނޑުމަތީގައި ވެސް އެކަކު އަނެކަކަށް
ކޮޅުވެއްޓީގައި ތިބި މީހުން މާލެ ގެނެސްފި
މަނަވަރުގެ އެހީގައި ކޮޅުވެއްޓި މާލެ އަށް ދަތުރުކުރަނީ
ގެއްލުނު ކޮޅުވެއްޓިން ދަތުރު ކުރީ ވިލުފުށީ ދެމަފިރިން
ނާއިޝް ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
ނާއިޝް ހޯދަނީ އިންޑިއާ އެއާކްރާފްޓުތަކުގެ އެހީއާ ނުލާ
ޔޫސުބެ ހޯދަން ސިފައިން ބޮޑު ސަރަހައްދެއް ބަލައިފި
ގެއްލުނު ޓޫރިސްޓަކު މަރުވެފައި އޮއްވާ ފެނިއްޖެ
ގަމަށް ދިޔަ 58 ސިފައިން ޕޮޒިޓިވްވެއްޖެ