ކ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދަތުރު ކުރަނިކޮށް މިދިޔަ ހަފުތާގައި ބެހުނު ކޮޅުވެއްޓީގައި ތިބި މީހުން ސަލާމަތްކުރުމަށް ފަހު، ކަނޑަށް ދޫކޮށްލާފައިވާ ކޮޅުވެއްޓި ސަލާމަތްކުރަން ސްރީ ލަންކާގެ ޓަގެއް ގެނެސްފި އެވެ.
24 މެއި 2017
ކ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދަތުރު ކުރަނިކޮށް މިދިޔަ ހަފުތާގައި ބެހުނު ކޮޅުވެއްޓީގައި ތިބި މީހުން ސަލާމަތްކުރުމަށް ފަހު، ކަނޑަށް ދޫކޮށްލާފައިވާ ކޮޅުވެއްޓި ސަލާމަތްކުރަން ސްރީ ލަންކާގެ ޓަގެއް ގެނެސްފި އެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ގެއްލުނު ކޮޅުވެއްޓި ފެނުނީ އެމްއެންޑީއެފާއި އިންޑިއާގެ ކަނޑުގެ ސިފައިން އެ ހޯދުމުގެ މަސައްކަތް ފެށިތާ ފަސް ދުވަސް ފަހުންނެވެ. އޭގައި ތިބި މީހުން ސަލާމަތްކޮށް، އިންޑިއާގެ މަނަވަރަކަށް ނެގި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ކޮޅުވެއްޓި ގެނެވޭ ގޮތް ނުވެ ދޫކޮށްލީ އެވެ. ކޮޅުވެއްޓި ބެހުނީ އޭގެ ރޭމްޕް ހަލާކުވެ ވެއްޓުމުގެ ސަބަބުން ނުދުއްވިގެންނެވެ.
ކޮޅުވެއްޓި، "މާރިޔާ-3" ގެ ވެރިފަރާތް ކަމަށްވާ ސްރީ ލަންކާގެ ސެނޯކް އިން ބުނީ ކޮޅުވެއްޓި އޮތް ހިސާބަށް މިހާރު ޓަގު ފުރާފައިވާ ކަމަށެވެ. ކަފު ޖަހައިގެން އެ ދެ އުޅަނދު ދާނީ ލ. ގަމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"ކޮޅުވެއްޓި އޮތް ސަރަހައްދު އަޅުގަނޑުމެންނަށް އެމްއެންޑީއެފުން ވަނީ ކިޔައިދީފައި. އެތަނަށް ޓަގު މިހާރު އެބަދޭ. އެކަމަކު ކޮޅުވެއްޓިއާ ހަމައަށް ފޯރާނީ ކޮންއިރަކުން ކަމެއް އަދި ބުނާކަށް ނޭނގޭ،" ސެނޯކް އިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
ހަ މީހުންނާ އެކު ދަތުރުކުރި ކޮޅުވެއްޓި އިންޑިއާގެ އަސްކަރީ މަތިންދާބޯޓަކަށް ފެނުނީ ލ. އިސްދޫ އިރުއުތުރުން 120 މޭލު ބޭރުންނެވެ. އޭގައި ތިބި މީހުން އިންޑިއާ މަނަވަރުގައި އިއްޔެ ވަނީ މާލެ ގެނެސްފަ އެވެ.
ނައީމާއި ޒުލޭޚާ: ކަނޑުމަތީގައި ވެސް އެކަކު އަނެކަކަށް
ކޮޅުވެއްޓީގައި ތިބި މީހުން މާލެ ގެނެސްފި
މަނަވަރުގެ އެހީގައި ކޮޅުވެއްޓި މާލެ އަށް ދަތުރުކުރަނީ
ގެއްލުނު ކޮޅުވެއްޓިން ދަތުރު ކުރީ ވިލުފުށީ ދެމަފިރިން
ގެއްލުނު މަސްވެރިން ހޯދަން އިންޑިއާ ސިފައިން ރާއްޖޭގައި
ކޮޅުވެއްޓި ހޯދަން ލަންކާ އިން ވެސް އެހީތެރިވަނީ
އޮޔާ ދާ އެއްޗެހިތަކަކާއި ތެޔޮގަނޑެއް ފެނިއްޖެ
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ގެއްލުނު ދޯނި ޑްރޯންގެ އެހީގައި ހޯދައިފި