ކ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދަތުރުކުރަނިކޮށް ބެހުނު ކޮޅުވެއްޓި، އޭގައި ތިބި ހަ މީހުންނާ އެކު، މިހާރު މާލެ އަންނަން މިސްރާބު ޖަހައިފި ކަމަށާއި އެ ދަތުރުކުރަނީ އިންޑިއާ މަނަވަރު ކައިރީގައި އޮވެގެން ކަމަށް، އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
21 މެއި 2017
ކ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދަތުރުކުރަނިކޮށް ބެހުނު ކޮޅުވެއްޓި، އޭގައި ތިބި ހަ މީހުންނާ އެކު، މިހާރު މާލެ އަންނަން މިސްރާބު ޖަހައިފި ކަމަށާއި އެ ދަތުރުކުރަނީ އިންޑިއާ މަނަވަރު ކައިރީގައި އޮވެގެން ކަމަށް، އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
ސްރީ ލަންކާ ކުންފުންޏެއް ކަމަށްވާ ސެނޯކްގެ "މާރިޔާ-3" ބެހުނީ އޭގެ ރޭމްޕް ހަލާކުވެގެން އެ މައްޗަށް ނެގޭނެ ގޮތެއް ނެތި ދިމާވި މައްސަލަތަކުގަ އެވެ. އިންޑިއާގެ އަސްކަރީ މަތިންދާބޯޓަކަށް ކޮޅުވެއްޓި ފެނުނު އިރު އޭތި އޮތީ ލ. އިސްދޫ އިރުއުތުރުން 120 މޭލު ދުރުގަ އެވެ.
ރޭޕް ހަލާކުވުން ފިޔަވައި ކޮޅުވެއްޓިއަށް އިތުރު ގެއްލުމެއް ނުލިބެ އެވެ. އޭގެ އިންޖީނު ވެސް ރަނގަޅެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ކޮޅުވެއްޓި އަށް ދަތުރުކުރެވެނީ ވަރަށް މަޑުން ކަމަށް ވާތީ މާލެ އަށް އާދެވޭނެ އިރެއް އަދި ނޭނގޭ ކަމަށެވެ.
އިންޑިއާ އާއި ދިވެހި ސިފައިން، ކޮޅުވެއްޓީގެ ކައްޕި އާދަމް ނައީމް (ކ) އާ ވާހަކަ ދައްކަނީ --
ކޮޅުވެއްޓީގައި ތިބި ދިވެހި ދެމަފިރިންނަކީ ކައްޕި އާދަމް ނައީމާއި އޭނާގެ އަންހެނުން ޒުލޭހާ އުސްމާނެވެ. ދެން ތިބީ އޭގައި މަސައްކަތްކުރާ ބިދޭސީ ހަތަރު މީހެކެވެ.
"ކޮޅުވެއްޓި އޮތް ހިސާބަށް އަދި ފޯނު ރޭންޖެއް ވެސް ނުލިބޭ. މޫސުމް ވަރަށް ގޯސް. އެހެންވެ، އެ އުޅަނދުތަކަށް މާލެ އާދެވޭނެ އިރެއް ނޭނގެ،" އާޒިމް ވިދާޅުވި އެވެ.
ކޮޅުވެއްޓި އަށް އެހީތެރިކަން ފޯރުކޮށްދީ، އެ އުޅަނދާ އެކު ދަތުރުކުރަމުން އަންނަނީ އިންޑިއާގެ މަނަވަރު "ކިރްޗް" އެވެ.
ލ. އަތޮޅަށް ދަތުރުކުރަނިކޮށް ކޮޅުވެއްޓި "މާރިޔާ-3" ބެހުނު ހާދިސާ --މިހާރު ގްރެފިކްސް: އަހުމަދު ސައްފާހު/މިހާރު
"މާރިޔާ-3" ގެއްލުނީ ތުލުސްދޫ ބަނދަރު ހަދަން ބޭނުންވާ ސާމާނުތަކެއް ހުސްކުރުމަށް ފަހު މިދިއަ އަންގާރަދުވަހުގެ ހަވީރު ލ. ގަމަށް ދަތުރުކުރަނިކޮށެވެ. އެކަމަކު އެ ދަތުރުގައި ކައްޕީގެ އަންހެނުން ޒުލޭހާ، ތ. ވިލިފުއްޓަށް ބާލަން ފުރަތަމަ މިސްރާބު ޖެހީ ތ. އަތޮޅަށް ކަމަށްވެ އެވެ.
ކޮޅުވެއްޓީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފަށް ސެނޯކުން އެންގީ ގެއްލުނުތާ ދެ ދުވަސް ކައިރިވާން އުޅެނިކޮށް މިދިއަ ބުރާސްފަތިދުވަހު ހަވީރު އެވެ.
ކޮޅުވެއްޓި ހޯދަން އެމްއެންޑީއެފް އާއި އިންޑިއާ އަދި ސްރީ ލަންކާ ސިފައިން ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރި އެވެ.
ދޫކޮށްލާފައިވާ ކޮޅުވެއްޓި ސަލާމަތްކުރަން ޓަގެއް ގެނެސްފި
ނައީމާއި ޒުލޭޚާ: ކަނޑުމަތީގައި ވެސް އެކަކު އަނެކަކަށް
ކޮޅުވެއްޓީގައި ތިބި މީހުން މާލެ ގެނެސްފި
ގެއްލުނު ކޮޅުވެއްޓިން ދަތުރު ކުރީ ވިލުފުށީ ދެމަފިރިން
އިންޑިއާ ސިފައިން ތިބީ ގަޔަށް ބަޑިދިއްކޮށްގެން: ކައްޕި
ނަޝީދަށް އިންޑިއާގެ ސިފައިން ގޯހެއް ނުވި!
ބޭރުގެ ސިފައިން ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކުރި
ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިން އެރި މައްސަލައެއް
"ހުރަވީ"ގެ ބަދަލުގައި އިންޑިއާއިން އުޅަނދެއް ދީފި
އިންޑިއާ އިން ހިފެހެއްޓި ދޯނި ދޫކޮށްލައިފި