Roadha Mihaaru
ޕީސީބީގެ ރައީސްކަމުން ނިޒާރު އިސްތިއުފާދީފި

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސްކަމުން ނިޒާރު އިސްތިއުފާ ދެއްވައިފި

20 އޯގަސްޓް 2019

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ރައީސްކަމުން މުހައްމަދު ނިޒާރު އިސްތިއުފާދެއްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ރައީސްކަމުން މުހައްމަދު ނިޒާރު އިސްތިއުފާދެއްވައިފި އެވެ.

ނިޒާމު މި މަގާމުގައި ފަސް އަހަރުވަންދެން ހުންނެވި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީބީސީގެ ރައީސްގެ މަގާމަށް އޭނާ އައްޔަނުކުރި އިރު އޭނާ ވަނީ ސަރުކާރަށް 34 އަހަރު ވަންދެން ހިދުމަތްކުރައްވައިފަ އެވެ.

ނިޒާމު މި މަގާމުން އިސްތިއުފާދެއްވާފައި ވަނީ (ޕީސީބީ) އުވާލައި އަލުން އެ ބޯޑު އެކުލަވާލުމަށް "ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް" ކޮމިޓީން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވާފައިވަނިކޮށެވެ.

ޕީސީބީގެ ގާނޫނުގައިވާ ގޮތުން ބޯޑުގައި ހަތް މެންބަރުން ތިބެންޖެހެ އެވެ. އެހެން ނަމަވެސް މި ވަގުތު އެ ބޯޑުގައި ތިބީ ފަސް މެންބަރުންނެވެ. ޕީސީބީ ބޯޑު މެންބަރުން ކަނޑައަޅަންޖެހޭނީ މަޖިލީހުގެ ރުހުމާއި އެކުގައި ކަމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް މިހާތަނަށް ތިބި ފަސް މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައެއް ނުވެ އެވެ. ޕްރައިވަޓައިޒޭޝަން ބޯޑު މެންބަރުންގެ ދައުރަކީ ހަތަރު އަހަރެވެ.