Roadha Mihaaru
އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ ވޯޓު: ކާމިޔާބުކުރާނީ ކޮން ބައެއް؟

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ ވޯޓު: ދެ ފަރާތުގެ ކެމްޕޭން ވަރުގަދަކޮށްފައި

21 ޖޫން 2016

ލަންޑަން (ޖޫން 21) - ޔޫރަޕިއަން ޔޫނިއަން އިން އިނގިރޭސި ވިލާތް ވަކިވުމަށް ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ބުރާސްފަތި ދުވަހު ނަގާ ވޯޓުގެ ކުރިން ދެ ކޭމްޕުގެ ކެމްޕޭން ފޯރި ވަނީ ގަދަވެފަ އެވެ. އީޔޫ އިން ވަކިވާން ތާއީދު ކުރާ "ލީވް" ކޭމްޕާއި ވަކިނުވުމަށް ތާއީދު ކުރާ "ރިމެއިން" ކޭމްޕުގެ މެދުގައި ނެގި ޚިޔާލު ހޯދުންތަކުގެ ނަތީޖާ ދައްކަނީ ދާދި ހަމަހަމަކޮށެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިފަރެންޑަމަކީ ކޮބާ؟

ރިފަރެންޑަމަކީ އާއްމުކޮށް ވޯޓުލާ އުމުރުގެ އެންމެންނަށް ބައިވެރިވެވޭ ގޮތަށް "އާއެކޭ" ނުވަތަ "ނޫނެކޭ" ބުނަން ޖެހޭ ސުވާލެއް ހުށަހެޅުމެވެ. ފެންނަ ނުފެންނަ ވޯޓުލީ މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ވޯޓު ހޯދާ މީހުންނަކީ ކާމިޔާބު ލިބޭ މީހުންނެވެ.

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމާ ބެހޭ ގޮތުން ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ލީޑަރު ވާހަކަ ދައްކަވަނީ.. --ފޮޓޯ:އޭއެފްޕީ

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމާ ބެހޭ ގޮތުން ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ލީޑަރު ވާހަކަ ދައްކަވަނީ.. --ފޮޓޯ:އޭއެފްޕީ

ރިފަރެންޑަމް ބާއްވަނީ ކީއްވެ؟

މިދިޔަ އަހަރުގެ އާއްމު އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ވަނީ އީޔޫ އިން ވަކިވުމާ މެދު ރައްޔިތުންނަށް ފެންނަ ގޮތަކާ ބެހޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓެއް ނަންގަވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ކޮންޒަވޭޓިވް ޕާޓީ އާއި އިންޑިޕެންޑެންޓް ޕާޓީގެ މެންބަރުން ވަނީ 1975 ވަނަ އަހަރު އީޔޫގައި ތިބުމަށް އިނގިރޭސިން ވޯޓު ދިން ފަހުން، އެ މީހުން ބޭނުންވާ ގޮތެއް ބެލުމުގެ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާކޮށްފަ އެވެ. އޭގެ ފަހުން އީޔޫ އަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށާއި އިނގިރޭސި ރައްޔިތުން އީޔޫއާ މެދު ދެކޭ ގޮތް ބުނަން ފުރުސަތު ލިބެން ޖެހޭނެ ކަމަށް ކެމަރަން ވެސް ވަނީ ވިދާޅުވެފަ އެވެ.

އިނގިރޭސި ވިލާތް އީޔޫ އިން ވަކި ނުވުމަށް ކެމްޕޭން ކުރާ މީހަކު ބޯޑެއް ހިފައިގެން ހުރެ ވާހަކަ ދައްކަނަީ: އީޔޫ އިން ވަކިވުމަށް ފެނޭތޯ ބެލުމަށް ވޯޓު ނަގާނީ ބުރާސްފަތި ދުވަހު. --ފޮޓޯ:އޭއެފްޕީ

އިނގިރޭސި ވިލާތް އީޔޫ އިން ވަކި ނުވުމަށް ކެމްޕޭން ކުރާ މީހަކު ބޯޑެއް ހިފައިގެން ހުރެ ވާހަކަ ދައްކަނަީ: އީޔޫ އިން ވަކިވުމަށް ފެނޭތޯ ބެލުމަށް ވޯޓު ނަގާނީ ބުރާސްފަތި ދުވަހު. --ފޮޓޯ:އޭއެފްޕީ

ޔޫރަޕިއަން ޔޫނިއަން އަކީ ކޮބާ؟

ޔޫރަޕިއަން ޔޫނިއަން ނުވަތަ އީޔޫ އަކީ އިގްތިސާދީ އަދި ސިޔާސީ ގޮތުން އެއްބާރުލުން އިތުރު ކުރުމަށް ޔޫރަޕުގެ 28 ގައުމު ގުޅިގެން އުފައްދާފައިވާ ޖަމާއަތެކެވެ. ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު މި ޖަމާއަތް އުފެއްދުމުގެ އެއް ބޭނުމަކީ ދޭދޭ ގައުމުތަކުގެ މެދުގައި ވިޔަފާރި އާއި އިގްތިސާދީ ގުޅުންތައް ބަދަހިވެފައި އޮންނަ ނަމަ ހަނގުރާމައަކަށް ދިއުމުގެ ފުރުސަތު ކުޑަ ކުރުމަށެވެ. ނަތީޖާއެއްގެ ގޮތުން އީޔޫ ހިމެނިފައި ވަނީ ސިންގަލް މާކެޓެއްގެ ގޮތުގަ އެވެ. އަދި ޔޫރަޕުގެ 19 ގައުމެއްގައި ދަނީ އެއް ފައިސާއެއް ކަމަށްވާ ޔޫރޯ ބޭނުން ކުރަމުންނެވެ.

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވާން ބޭނުން ނުވާ ފާރާތްތަކުން ކެމްޕޭން ކުރަނީ. --ފޮޓޯ:އޭއެފްޕީ

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވާން ބޭނުން ނުވާ ފާރާތްތަކުން ކެމްޕޭން ކުރަނީ. --ފޮޓޯ:އޭއެފްޕީ

ބްރެކްސިޓްގެ މާނަކީ ކޮބާ؟

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމާ ބެހޭ ގޮތުން ބޭނުންކުރާ ކުރު ބަހެއްގެ ގޮތުގައި ބްރެކްސިޓް ބޭނުން ކުރަނީ ބްރިޓެއިން އަދި އެގްޒިޓް މި ދެ ބަސް އެއްކޮށްލައިގެންނެވެ. އީޔޫ އިން ގްރީކް ވަކިވުމަށް މީގެ ކުރިން ބޭނުންކުރި ޓާމަކީ ވެސް ގްރިކްސިޓެވެ.

ވޯޓުލާނީ ކޮން ބައެއް؟

ބުރާސްފަތި ދުވަހުގެ އިންތިޚާބުގައި އިނގިރޭސި ވިލާތުގައި އުޅޭ އެ ގައުމުގެ 18 އަހަރުން މަތީގެ އެންމެންނާއި ގައުމުން ބޭރުގައި އުޅޭ މީހުންގެ ތެރޭން ވޭތުވެދިޔަ 15 އަހަރު ދުވަހު ތެރޭ އިލެކްޓޯރަލް ރެޖިސްޓްރީގައިވާ މީހުންނަށް ވޯޓު ލެވޭނެ އެވެ.

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމާ ބެހޭ ގޮތުން ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ލީޑަރު ވާހަކަ ދައްކަވަނީ.. --ފޮޓޯ:އޭއެފްޕީ

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމާ ބެހޭ ގޮތުން ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ލީޑަރު ވާހަކަ ދައްކަވަނީ.. --ފޮޓޯ:އޭއެފްޕީ

އީޔޫ އިން ޔޫކޭ އިން ވަކިވާން ބޭނުން ވަނީ ކޮން ބައެއް؟

ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އީޔޫ އިން ވަކިވާން ބޭނުންވާ މީހުންނާއި ނުވާން ބޭނުންވާ މީހުންގެ އަދަދު އުޅެނީ ދާދި ހަމަހަމަކޮށެވެ. އެންމެ ފަހުގެ އިންތިޚާބުގައި ގާތްގަނޑަކަށް ހަތަރު މިލިއަން ވޯޓު ހޯދި ޔޫކޭ އިންޑިޕެންޑެންޓް ޕާޓީން ކެމްޕޭން ކުރަނީ އީޔޫ އިން ވަކިވުމަށެވެ. ކޮންޒަވެޓިވް ޕާޓީގެ ޕާލަމެންޓް މެންބަރުންގެ ތެރޭން ދެބައިކުޅަ އެއްބައި މެންބަރުން ތާއީދު ކުރަނީ ވެސް އީޔޫ އިން ވަކިވުމަށެވެ. އޭގެ ތެރޭގައި ކެބިނެޓުގެ ފަސް މެންބަރަކު ވެސް ހިމެނެ އެވެ. ލޭބާ ޕާޓީގެ ވަރަށް ގިނަ ޕާލަމެންޓް މެންބަރުން ވެސް ވަކިވާން ތާއީދު ކުރެ އެވެ.

އީޔޫގައި ދެމިއޮތުމަށް ބޭނުން ވަނީ ކޮން ބައެއް؟

ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ބޭނުން ވަނީ އީޔޫ އިން ވަކިނުވުމަށެވެ. އީޔޫ އިން ވަކި ނުވުމަށް ކެބިނެޓުގެ 16 މެންބަރަކު ވެސް ތާއީދު ކުރެ އެވެ. ކޮންޒަވެޓިވް ޕާޓީން ބުނެފައި ވަނީ ކެމްޕޭނުގައި ވަކި ކޮޅަކަށް ބުރަ ނުވާނެ ކަމަށެވެ. ލޭބާ ޕާޓީ އާއި ލިބަރެލް ޑިމޮކްރެޓިކުން ވެސް ބޭނުން ވަނީ އީޔޫގައި ދެމި އޮންނާށެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވެސް ތާއީދު ކުރަނީ އިނގިރޭސި ވިލާތް އީޔޫ އިން ވަކި ނުވުމަށެވެ. ފްރާންސާއި ޖަރުމަނުން ވެސް ވަނީ އީޔޫ އިން ޔޫކޭ ވަކި ނުވުމަށް އިލްތިމާސްކޮށްފަ އެވެ.

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމާ ބެހޭ ގޮތުން ޔޫކޭ އިންޑިޕެންޑެންޓް ޕާޓީން ކެމްޕޭން ކުރަނީ. --ފޮޓޯ:އޭއެފްޕީ

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމާ ބެހޭ ގޮތުން ޔޫކޭ އިންޑިޕެންޑެންޓް ޕާޓީން ކެމްޕޭން ކުރަނީ. --ފޮޓޯ:އޭއެފްޕީ

ރައްޔިތުން ނިންމާ ގޮތެއް ޕާލަމެންޓަށް ހުއްޓުވިދާނެތަ؟

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުން ޕާލަމެންޓަށް ޓެކްނިކަލީ ހުއްޓުވިދާނެ އެވެ. ސަބަބަކީ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އަކީ އެއަށް އަމަލު ކުރުން ގާނޫނީ ގޮތުން ލާޒިމް އެއްޗަކަށް ނުވާތީ އެވެ. އެކަމަކު ރައްޔިތުންގެ ނިންމުމަކާ ދެކޮޅަށް ޕާލަމެންޓުން ގޮތެއް ނިންމައިފި ނަމަ އެއީ "ސިޔާސީ ގޮތުން އަމިއްލަ އަށް މަރުވުން" ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. އީޔޫ އިން ވަކިވާން ބޭނުން ނަމަ ޕާލަމެންޓުން ގާނޫނެއް ފާސް ކުރަން ޖެހެ އެވެ. އެއީ 1972 ވަނަ އަހަރުގެ ޔޫރަޕިއަން ކޮމިއުނިޓީސް އެކްޓް ބާތިލް ކުރުމަށެވެ.