28 މެއި 2017
ހުސްނުވާ އާސަންދައިގެ އެހީގައި 60 މީހަކު ކިޑްނީ ޓްރާންސްޕްލާންޓް ހަދާފައިވާ ކަމަށާއި އެ ބަލީގެ ސީރިއަސްކަން އޮތްވަރު އެއިން ވެސް އެނގޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ހުސްނުވާ އާސަންދައިގެ އެހީގައި 60 މީހަކު ކިޑްނީ ޓްރާންސްޕްލާންޓް ހަދާފައިވާ ކަމަށާއި އެ ބަލީގެ ސީރިއަސްކަން އޮތްވަރު އެއިން ވެސް އެނގޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވިލިމާލޭގައި އަލަށް ގާއިމްކުރި ޑައިލިސިސް ޔުނިޓް ހުޅުއްވައިދެއްވުމަށް ފަހު ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކިޑްނީ ބަލީގެ އެކި މީހުންނަށް ފަރުވާ ދޭން ޖެހެނީ އެކި މިންވަރާއި ތަފާތު ފެންވަަރެއްގައި ކަމަށް ވާތީ އެ ހުރިހާ އެންމެންނަށް ވެސް އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
ހުސްނުވާ އާސަންދަ ތައާރަފްކުރި ފަހުން ރާއްޖޭން ބޭރުން 60 މީހުންނަށް ކިޑްނީ ޓްރާންސްޕްލާންޓް ހެދިފައިވާ ކަމަށާއި އެއީ އެތައް އާއިލާއަކަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމުން އެބަ ދައްކައިދޭ ވަރަށް މުހިއްމު ދެ ކަމެއް. އެއް ކަމަކީ އެ ބަލީގެ ސީރިއަސްކަން މުޖުތަމައުގައި އޮތް ވަރު، އަނެއް ކަމަކީ ދައުލަތުން ބަލި މީހުންނަށް އަޅާލާ އަޅާލުމުގެ ވާހަކަ. ހުސްނުވާ އާސަންދައިން ކުރެވޭ ހަރަދުތަކުގެ ވާހަކަ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިއްހީ ދާއިރާ ކުރިއަރުވަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ދާއިރާ ކުރިއަރުވަން ވެފައިވާ ވައުދުތައް ފުއްދަމުން އަންނަކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފަ އެެވެ.
ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް ގާތުން ހަލުއިކޮށް ހިދުމަތް ދިނުމަށް ކަމަށާއި އެކަންކަން ފުރިހަމަވާނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިލިމާލެ ހޮސްޕިޓަލުން ޑައިލިސިސް ހަދަން ފަށައިފި
ވިލިމާލެ ހޮސްޕިޓަލްގައި ޑަޔަލިސިސް ޔުނިޓެއް ގާއިމުކުރަނީ
"ބަލި ފަހަތުން ދުވާ ސިއްހީނިޒާމުގައި ތިބެވޭކަށް ނެތް"
ނަފްސާނީ ބަލީގެ ހާލަތު ނުރައްކާ، އޯގާތެރިކަން އިސްކުރޭ
އޭދަފުށީ ހޮސްޕިޓަލުގައި ޑައިލިސިސް މާދަމާ ފަށަނީ
ބޮޑު އިމާރާތުން ހިދުމަތަށް އައީ ކޮން ބަދަލެއް؟
ޑައިލިސިސް ހެދުން އައްޑޫ އާ ހޮސްޕިޓަލަށް ބަދަލުކޮށްފި
ފުވައްމުލަކު ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓް ހުޅުވައިފި
ދަރުމަވަންތަ ހޮސްޕިޓަލް ފެބްރުއަރީގައި ނިމޭނެ: ނާޒިމް
ވަޒީފާގައި ތިބެގެން ނަރުހުންނަށް ކިޔެވޭނެމަގު ހޯދައިދެނީ