Roadha Mihaaru
ސޭން ރީމޯގެ މީރު ލަޒާނިއާގެ ރަހަތައް

ސޭން ރީމޯ ލަޒާނިއާ ޝީޓް: އަނގަޔަށް މީރުކޮށް އަވަހަށް ތައްޔާރުކޮށްލެވޭނެ

23 ޖޫން 2017

ލަޒާނިއާ ތައްޔާރު ކުރެވޭނީ ވަރަށް ކެތްތެރިވެގެންނެވެ. އެއަށް ބޭނުންވާ ސޯސްތަކާއި ފަށަލަތައް ތައްޔާރު ކުރަން ވަރަށް ވަގުތު ދެ އެވެ. އެހާ އިރު ވަންދެން މަސައްކަތް ކޮށްގެން ވެސް ތައްޔާރުކުރާ ލަޒާނިއާ ރަހަ ރަނގަޅު ނުވެދާނެ އެވެ. މި މައްސަލައިގެ ހައްލަކީ ސޭން ރީމޯ ބްރޭންޑްގެ ލަޒާނިއާ ޝީޓެވެ.

ލަޒާނިއާ ތައްޔާރު ކުރެވޭނީ ވަރަށް ކެތްތެރިވެގެންނެވެ. އެއަށް ބޭނުންވާ ސޯސްތަކާއި ފަށަލަތައް ތައްޔާރު ކުރަން ވަރަށް ވަގުތު ދެ އެވެ. އެހާ އިރު ވަންދެން މަސައްކަތް ކޮށްގެން ވެސް ތައްޔާރުކުރާ ލަޒާނިއާ ރަހަ ރަނގަޅު ނުވެދާނެ އެވެ. މި މައްސަލައިގެ ހައްލަކީ ސޭން ރީމޯ ބްރޭންޑްގެ ލަޒާނިއާ ޝީޓެވެ.

ސޭން ރީމޯ ޝީޓުގެ ފުރިހަމަކަން ނޭނގޭ އިރު ލަޒާނިއާ ކާނެ ފުރުސަތު ގިނަ މީހުންނަށް ލިބެނީ ރެސްޓޯރަންޓަކުން ނުވަތަ ކޮންމެވެސް ރައްޓެއްސެއްގެ ގެއިންނެވެ. އެ ހުރިހާ ކަމެއްގެ ހައްލަކީ ސޭން ރީމޯ ޝީޓެވެ.

ދުރުމް ގޮދަނުގައި ހަދާފައި ހުންނަ ސޭން ރީމޯ ލަޒާނިއާ ޝީޓަކީ ގޭގަ އާއި ރެސްޓޯރެންޓުތަކުގައި ވަގުތު ސަލާމަތްކުރަން ބޭނުންކުރާ އެއްޗެކެވެ. މިއީ ޝެފުންނަށް ވަރަށް ކަމުދާ އިތުބާރު ހިފޭ އޮސްޓްރޭލިޔާގެ ބްރޭންޑެކެވެ. ޕާސްތާގެ ކޮންމެ ޑިޝްއަކަށް އިތުރު ފުރިހަމަކަމެއް މި ޝީޓުން ގެނެސްދެ އެވެ.

ސޭން ރީމޯ ލަޒާނިއާ ޝީޓް ރާއްޖެ އެތެރެކޮށް ވިއްކަނީ ހެޕީމާކެޓް ފިހާރައިންނެވެ. ވަރަށް ގިނަ ބަޔަކު މިހާރު ވަނީ މި ޑިޝް އަމިއްލައަށް ތައްޔާރު ކުރަން ފަށައިފަ އެވެ. އަދި ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭ ފެންވަރު ރަނގަޅު ލަޒާނިއާ، ސޭން ރީމޯ ލަޒާނިއާ ޝީޓް ބޭނުންކޮށްގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެތައް ބަޔަކު މިހާރު އެދަނީ ތައްޔާރުކުރަމުންނެވެ.

ސޭން ރީމޯ ލަޒާނިޔާ ޝީޓްސް އަކީ ޝެފުންގެ އިތުބާރާ އެއްބާރުލުން ލިބިފައިވާ އުފެއްދުމެއް.

ސޭން ރީމޯ ލަޒާނިޔާ ޝީޓްސް އަކީ ޝެފުންގެ އިތުބާރާ އެއްބާރުލުން ލިބިފައިވާ އުފެއްދުމެއް.

ސޭން ރީމޯ ޝީޓްސް ބަންދުކޮށްފައި ހުންނަނީ ވަގުތުން ބޭނުން ކުރެވޭ ގޮތަށެވެ. ވަގުތު ދާނީ ލަޒާނިއާއަށް ބޭނުންވާ ދެ ވައްތަރުގެ ސޯސް ތައްޔާރު ކުރުމަށެވެ. ލަޒާނިއާ ޝީޓްސް ޓްރޭގައި އެތުރުމުގެ ކުރިން ހޫނު ފެނަށް ގަންބާލާށެވެ. އެހެން ހެދީމާ ލަޒާނިއާ އަށް ތެއްކަމެއް ގެނެސްދީ އަނގަޔަށް ވިރިގެންދެ އެވެ.

ސޭން ރީމޯގެ ޕާސްތާ ޝީޓުތައް އެކި ވައްތަރުގެ މަހާއި، ތަރުކާރީ، އަދި ޗީޒް ފިލިންސްއާ ގުޅޭނެ އެވެ. މީގެން އެއް ރެސިޕީ ހިއްސާކޮށްލާނަމެވެ.

ސްޕައިސީ ޓޫނާ ލަޒާނިއާ

ސޭން ރީމޯ ލަޒާނިޔާ ޝީޓްސް ބޭނުންކޮށްގެން ހަދާފައިވާ ސްޕައިސީ ޓޫނާ ލަޒާނިޔާ

ސޭން ރީމޯ ލަޒާނިޔާ ޝީޓްސް ބޭނުންކޮށްގެން ހަދާފައިވާ ސްޕައިސީ ޓޫނާ ލަޒާނިޔާ

ބޭނުންވާ ތަކެތި:

250 ސޭން ރީމޯ އިންސްޓަންޓް ލަޒާނިއާ ޝީޓު 1 ބޮޑި ލޮނުމެދު (ޗިސްކޮށްފައި) 2 ތެޔޮ މަސްދަޅު 5 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް 800 ގުރާމު ދަޅު ޓޮމާޓޯ 2 ޖޯޑު ޗިކެން ސްޓޮކް ލޮނު، އަސޭމިރުސް (ރަހަލާވަރަށް) ނަޓް މެގް (ޕިންޗް) މުގުރި މިރުސް 4 މޭޒުމަތީ ސަމުސާ ބަޓަރު 2 މޭޒުމަތީ ސަމުސާ ފުށް 2 ޖޯޑު ކިރު 125 ގުރާމު މޮޒަރިއްލާ ޗީޒް ނުވަތަ ޝެޑަރ ޗީޒް 1 ކެރެޓު (ހިމުންކޮށް ކޮށާފައި) 2މޭޒުމަތީ ސަމުސާ ތެޔޮ 1 ފިޔާ، ކުދިކޮށް ކޮށާފައި މިރުސް (ކޮށާފައި) ފުރަތަމަ ކަމަކީ ސޯސްތައް ތައްޔާރު ކުރުމެވެ. ޓޫނާ ސޯސް ހަދަން ފަށާނީ ތެޔޮ ފޮދު ތަވައެއްގައި ހޫނު ކުރުމަށް ފަހު އެއަށް ފިޔާ، މިރުސް، ލޮނުމެދު އަދި ކެރެޓު އެއްކޮށް މިލަންދެން ކައްކައިގެނެވެ. ފިޔާ މީރު ވީމާ އެއަށް ދަޅު މަސް އަޅާ 2 ނުވަތަ 3 މިނިޓު ވަންދެން ކައްކާށެވެ. ޓޮމާޓޯ ޕޭސްޓާއި، ދަޅު ޓޮމާޓޯ، އަދި ޗިކަން ސްޓޮކް އަޅައި އިރުކޮޅަކަށް ކައްކާށެވެ. އެއަށް ފަހު ލޮނު، އަސޭމިރުސް، ޗިލީ ޕައުޑަރު އަދި ނަޓްމެގް އަޅާފައި 20 މިނިޓް ވަންދެން މަތި ޖަހާފައި މަޑުގިނީގައި ކައްކާށެވެ.

ލަޒާނިއާ އަށް ބޭނުންވާ ދެވަނަ ސޯސް ކަމަށްވާ ޗީޒް ސޯސް ހަދަން އެހެން ތަވައެއްގައި ބަޓަރު ވިރުވާށެވެ. އެއަށް ފުށް އަޅައި 2 މިނިޓު ވަންދެން މަޑު ގިނީގައި ކައްކާށެވެ. އުނދުންމަތީން ބޭލުމަށް ފަހު ކިރު އަޅާށެވެ. ދެން އަލުން އުދާފައި ކިރު ބޯވަންދެން ކައްކާށެވެ. ލޮނާއި، އަސޭމިރުސް އެޅުމަށް ފަހު ޗީޒް އަޅައިގެން ޗީޒް ވިރެންދެން މަޑު ގިނީގައި ކައްކާށެވެ.

ދެން 180 ޑިގްރީއަށް އަވަން ހޫނު ކުރާށެވެ. ޓްރޭއެއްގައި ބަޓަރުކޮޅެއް ހާކައި ޓްރޭގެ ތެރެއަށް ބައި ޖޯޑު ޓޫނާ ސޯސް އަޅާށެވެ. ދެން އޭގެ މަތީން ލަޒާނިއާ ޝީޓެއް ބާއްވާށެވެ. ޝީޓުގެ މައްޗަށް ޓޫނާ އާ ޗީީޒް ސޯހުގެ ފަށަލައެއް އަޅާށެވެ. އޭގެ މަތީން ޗީޒް ފަށަލައެއް ލާށެވެ. ޗީޒް ރަހަ ގަދަ ކުރަން ބޭނުމިއްޔާ އެއް ފަށަލައިން ފުއްދާކަށް ނުޖެހެއެވެ. 4 ފަށަލަ ވެސް ލެވިދާނެއެވެ. ޗީޒް ގަނޑުގެ ރަހަ ފުރިހަމަ ކުރަން އޭގެ މައްޗަށް ޕާމެސަން ޗީޒު ގާނާފައި އަޅާލާށެވެ. ދެން އަވަނުގައި 35-40 މިނިޓުވަންދެން ފިހެފައި ކާން ނަގާށެވެ.