Roadha Mihaaru

އަލްބޭނިއާ ކޮންމެ ކުޅުންތެރިޔަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އާދީއްތަ ދުވަހުގެރޭ ރޫމޭނިއާ އަތުން 1-0 އިން މޮޅުވެ، ބައިނަލްއަގްވާމީ މުބާރާތެއްގައި އަލްބޭނިއާ ހޯދި ފުރަތަމަ މޮޅާ އެކު އެ ޓީމުގެ ކޮންމެ ކޮންމެ ކުޅުންތެރިޔަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކުރަން އަދި މުޅި ޓީމަށް އެއް މިލިއަން ޔޫރޯ ދޭން އެ ގައުމުގެ ރައީސް ނިންމަވައިފި އެވެ.

އެ މޮޅާ އެކު އަލްބޭނިއާ ގްރޫޕް އޭ ގެ ތިން ވަނައިގައި އޮތްއިރު، ގްރޫޕްތަކުގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމުގެ ތެރޭ ހިމެނި ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

އަލްބޭނިއާގެ ރައީސް ވިދާޅުވީ ޓީމުގެ ކުޅުންތެރިންނަކީ އެ ގައުމުގެ އެމްބެސެޑަރުން ކަމަށާއި އެ ކުޅުންތެރިންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ. ސަރުކާރުގެ އިސް އޮފިޝަލުންނަށް ދޫކުރާ ޑިޕްލޮމެޓިކް ޕާސްޕޯޓާ އެކު، ދަތުރުކުރާއިރު ބޮޑެތި ފަސޭހަތަކެއް ލިބޭނެ އެވެ.

މުޅި ޓީމަށް ދޭ އެއް މިލިއަން ޔޫރޯގެ ބޯނަސްއާ އެކު ޓީމުގެ ކޮންމެ މެމްބަރަކަށް ހަތް ލައްކައެއްހާ ޔޫރޯ (1.3 މިލިއަން ރުފިޔާ) ލިބޭނެ އެވެ.