Roadha Mihaaru
ޖަޕާނުގެ އެމްޕެރާ އަށް އިސްތިއުފާ ދެވޭ ގޮތަށް ހަދައިފި

ޖަޕާނުގެ އެމްޕެރާ އަށް އިސްތިއުފާ ދެވޭ ގޮތަށް ގާނޫނު ފާސްކޮށްފި

10 ޖޫން 2017

ޓޯކިއޯ (ޖޫން 10) - ޖަޕާނުގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވާ އެމްޕެރާ އަށް އެ މަގާމުން އިސްތިއުފާ ނުދެވޭ ގޮތަށް އޮތް އޮތުން ފުރަތަމަ ފަހަރަށް އުވާލައި، މިހާރުގެ އެމްޕެރާ އަކިހީޓޯ އަށް އިސްތިއުފާ ދެއްވޭ ގޮތަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓޯކިއޯ (ޖޫން 10) - ޖަޕާނުގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވާ އެމްޕެރާ އަށް އެ މަގާމުން އިސްތިއުފާ ނުދެވޭ ގޮތަށް އޮތް އޮތުން ފުރަތަމަ ފަހަރަށް އުވާލައި، މިހާރުގެ އެމްޕެރާ އަކިހީޓޯ އަށް އިސްތިއުފާ ދެއްވޭ ގޮތަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުން މި ފާސްކުރީ ތާރީޚީ ގާނޫނާ އެކު މިއީ ވޭތުވެދިޔަ 200 އަހަރުގެ ތެރޭގައި އެ ގައުމުގެ އެމްޕެރާއަކު އިސްތިއުފާ ދިނުން ހުއްދަކުރި ފުރަތަމަ ފަހަރެވެ. އެ ގައުމުގެ ގާނޫނު އަސާސީ ބުނާގޮތުން އެއްވެސް އެމްޕެރާއަކަށް މަގާމުން އިސްތިއުފާއެއް ނުދެވޭނެ އެވެ.

މިގޮތަށް ގާނޫނު ފާސްކުރީ މިހާރުގެ އެމްޕެރާ އަހިކީޓޯގެ ބަލި ހާލަތު ހުރި ގޮތުން މަގާމުގެ ޒިންމާ އަދާކުރަން އުޒުރުވެރިވާ ކަމަށް އޭނާ ވިދާޅުވެފައިވާތީ އެވެ. އުމުރުފުޅުން 83 އަހަރުގެ އަކިހީޓޯއަކީ 1989 ވަނަ އަހަރުން ފެށިގެން އެމްޕެރާގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ. އެކަމަކު ވޭތުވެދިޔަ ދިގު މުއްދަތުގައި އޭނާ ގައުމާ މުޚާތަބު ކުރައްވައި، ވާހަކަފުޅު ދެއްކެވީ އެންމެ ދެ ފަހަރު އެވެ.

ޖަޕާނުގެ ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެންފައިވާ އަކިހީޓޯ، މި ގާނޫނާ އެކު، އަންނަ އަހަރުގެ ފަހުކޮޅު މަގާމުން އިސްތިއުފާ ދެއްވާނެ އެވެ. އެކަމުގެ ތައްޔާރީތައް ޖަޕާނު ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ. އަކިހީޓޯ އިސްތިއުފާ ދެއްވުމުން އެ މަގާމާ ދެން ހަވާލުވެ ވަޑައިގަންނަވާނީ އޭނާގެ ދޮށީދަރިކަލުން އަދި މިހާރުގެ ކްރައުން ޕްރިންސް ނަރުހީޓޯ އެވެ.

ޖަޕާނުން ފާސްކުރި ގާނޫނަކީ ހަމައެކަނި އަކިހީޓޯ ތަޚުތުން ފައިބައިވަޑައިގަތުން ހުއްދަ ކުރާ ގާނޫނަކަށް ވާތީ، އޭނާގެ ދަރިކަލުން ނަރުހީޓޯ ތަޚުތަށް ވަޑައިގަތުމަށް ފަހު އިސްތިއުފާ ދެއްވަން ބޭނުންފުޅު ވިޔަސް އޭނާއަށް އެ މަގާމުން އިސްތިއުފާއެއް ނުދެއްވޭނެ އެވެ.

ކޮންސްޓިޓިއުޝަން މޮނާކީއެއް އޮންނަ ޖަޕާނުގައި އެމްޕެރާއަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ ކަމަށްވިޔަސް ވެރިކަން ހިންގުމުގެ ހުރިހާ ބާރެއް އޮންނާނީ ބޮޑުވަޒީރަށެވެ. އެކަމަކު ބޮޑުވަޒީރާއި ކެބިނެޓާއި އުއްތަމަ ފަނޑިޔާރު އަދި ސުޕްރީމް ކޯޓަށް އައްޔަން ކުރާ ފަނޑިޔާރުންނަށް ފަތްކޮޅު އަރުއްވާނީ އެމްޕެރާ އެވެ.