ޓްރިޕޮލީ (ޖޫން 11) - ލީބިއާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދެ ވަނަ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ އަފޫއާއްމެއްގެ ދަށުން މިނިވަންކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.
11 ޖޫން 2017
ޓްރިޕޮލީ (ޖޫން 11) - ލީބިއާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދެ ވަނަ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ އަފޫއާއްމެއްގެ ދަށުން މިނިވަންކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.
ގައްޒާފީ އަށް ފަހު ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ސައިފް ވޭތުވެދިޔަ ހަ އަހަރެއްހާ ދުވަހު ހިފަހައްޓާފައި ވަނީ ޒިންޓާން ޓައުނުގައި ހަނގުރާމަވެރި ޖަމާއަތަކުންނެވެ. އަބޫބަކްރު އަލް ސިއްދީގު ބެޓެލިއަން އިން ބުނީ ހުކުރު ދުވަހު ސައިފް މިނިވަންކޮށްފައިވާ ކަމަށެވެ. އެކަމަކު އާއްމުންނަށް އޭނާ އަދި ފެނިފައެއް ނުވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ސައިފް މިހާރު ހުންނެވީ އިރުމަތީގެ ބޭދާ ސިޓީގަ އެވެ.
ސައިފް ހިފެހެއްޓި ޖަމާއަތުން ބުނެފައި ވަނީ އޭނާ މިނިވަން ކުރީ ލީބިއާގެ "ވަގުތީ ސަރުކާރުގެ" އެދުމުގެ މަތިން ކަމަށެވެ. ލީބިއާގެ އިރުމަތީގައި ގާއިމްކޮށްފައިވާ ސަރުކާރުން ވެސް ސައިފަށް ވަނީ މައާފް ދީފަ އެވެ. ނަމަވެސް ލީބިއާގެ ހުޅަނގުގައި ގާއިމްކޮށްފައިވާ ސަރުކާރުން ވަނީ ސައިފްގެ ޣައިރު ހާޒިރުގައި އޭނާ އަށް މަރުގެ ހުކުމް އިއްވައިފަ އެވެ.
ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް: ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އިން 2008 ވަނަ އަހަރު ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ކަމަށްވޭ. --ފޮޓޯ:ރޮއިޓާސް
ސައިފް ދޫކޮށްލި ކަމަށް މީގެ ކުރިން ހާމަކުރި ރިޕޯޓްތައް ފަހުން ވަނީ ދޮގުކޮށްފަ އެވެ.
ސައިފް ހައްޔަރުކުރީ ނޮވެމްބަރު 2011 ގައި ނައިޖަރަށް ވަޑައިގަންނަވަނިކޮށް ސަހަރާގެ ތެރޭންނެވެ. އަދި ފަހުން ވަނީ އޭނާގެ އިނގިލިތައް ބުރިކޮށްލާފައި ވަނިކޮށް ފެނިފަ އެވެ. އޭނާ ހައްޔަރުކުރީ ގައްޒާފީގެ ވެރިކަން ވެއްޓުނު ފަހުން ފިއްލަވައިގެން އުޅުއްވާތާ ތިން މަސް ފަހުންނެވެ.
އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަވާފައިވާ ކަމަށް ބުނެ ސައިފަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ވެސް ހޯދަން ބޭނުންވެފައިވާ މީހެކެވެ. އިންސާނިއްޔަތާ ޚިލާފު އަމަލުތައް އޭނާ ހިންގަވާފައި ވަނީ ލީބިއާ ސަރުކާރާ ދެކޮޅަށް 2011 ވަނަ އަހަރު ހިންގި ހަރަކާތްތަކުގަ އެވެ.
ގައްޒާފީގެ ދަރިކަލުން ހައްޔަރުކުރަން ކޯޓުން އަންގައިފި
ލީބިޔާގައި އަނެއްކާ ވެސް ހަނގުރާމައެއްގެ ބިރު
ލީބިޔާގެ ރިޔާސީ އިންތިހާބު ޖެނުއަރީ 24 ގައި
ލީބިޔާގެ ރިއާސީ އިންތިހާބު ވާނުވާ ނޭނގޭ ހާލަތަކަށް؟
ގައްޒާފީގެ ދަރިކަލުން މިނިވަންކޮށްފި
ފްރާންސްގެ ކުރީގެ ރައީސްގެ މައްސަލަ ބަލަނީ
ސައްދާމް އިރާގުން ގެންދަން ގައްޒާފީ މަސައްކަތް ކުރެއްވި
އެތައް ސަތޭކަ އެކްޓިވިސްޓުންގެ ގާފިލާއެއް ޣައްޒާއަށް!
ޣައްޒާ ރައްޔިތުން ލީބިޔާއަށް ގެންދާ ވާހަކަ ދޮގުކޮށްފި
ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލަން ގޮވާލައިފި