Roadha Mihaaru
މާލޭގައި 12 ސައިކަލެއްގެ މަޑި ކަފާލައިިފި

މާލޭގައި 12 ސައިކަލެއްގެ މަޑި ކަފާލައިިފި

26 ޖޫން 2017

މާލޭގައި 12 ސައިކަލެއްގެ މަޑި ރޭ ކަފާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި 12 ސައިކަލެއްގެ މަޑި ރޭ ކަފާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި މާފަންނު ފީރޯޒްމަގުގައި ބަހައްޓާފައި ހުރި 12 ސައިކަލެއްގެ މަޑި ކަފާލި މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކުރުމުން އެ މައްސަލަ އަންނަނީ ބަލަމުންނެވެ. އެކަމަކު އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ސައިކަލުތަކުގެ މަޑި ކެފުމަކީ ދޭތެރެދޭތެރެއިން ކުރާ ކަމެއް ނަމަވެސް ފުލުހުން ބުނީ އެފަދަ މައްސަލަތައް ރިޕޯޓް ކުރަނީ ވަރަށް މަދުން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ގެ ހާދިސާގެ ކުރިން އެފަދަ މައްސަލައެއް މި އަހަރު ރިޕޯޓް ކޮށްފައި އޮތީ އެންމެ ފަހަރަކު ކަމަށެވެ. އަދި އެ ފަހަރު އެކަން ކުރި މީހާއާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މިކަން މިފާހަގަ ކުރެވެނީ ވަކި މީހަކަށް ނުވަތަ ބަޔަކަށް އަމާޒު ކޮށްގެން ހިންގާ ކަމަކަށް ވުރެ ބޮޑަށް، އެކަން ކުރާ މީހާގެ ޒިންމާދާރު ކަމެއް ނެތި ހިންގާ ކަމެއްގެ ގޮތުގައި. މިފަދަ މައްސަލައެއް ރިޕޯޓްކޮށްފި ނަމަ އެކަމަށް އެޓެންޑްވެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅާނެ،" އޮފިޝަލް ވިދާޅުވި އެވެ.