Roadha Mihaaru
ގޮތެއް ނިންމައިިފިން، އިއުލާން ކުރާނީ ފަހުން: ސަންޗޭޒް

ގޮތެއް ނިންމައިިފިން، އިއުލާން ކުރާނީ ފަހުން: ސަންޗޭޒް

01 ޖުލައި 2017

މޮސްކޯ، ރަޝިއާ (ޖުލައި 1) - މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމައިފި ކަމަށާއި މިހާރު ކުރިއަށްދާ ކޮންފެޑެރޭޝަން ކަޕަށް ފަހު އެކަން އިއުލާން ކުރާނެ ކަމަށް އާސެނަލަށް ކުޅޭ ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މޮސްކޯ، ރަޝިއާ (ޖުލައި 1) - މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމައިފި ކަމަށާއި މިހާރު ކުރިއަށްދާ ކޮންފެޑެރޭޝަން ކަޕަށް ފަހު އެކަން އިއުލާން ކުރާނެ ކަމަށް އާސެނަލަށް ކުޅޭ ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒް ބުނެފި އެވެ.

އަންނަ ސީޒަންގެ ނިޔަލަށް ސަންޗޭޒް އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެ އެވެ. އޭނާ ހޯދަން މެންޗެސްޓާ ސިޓީ، ޗެލްސީ އަދި ބަޔާން މިއުނިކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މާދަމާރޭ ކޮންފެޑެރޭޝަން ފައިނަލުގައި ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސަންޗޭޒް ބުނީ މި ވަގުތު ވިސްނުން ހުރީ އެ މުބާރާތަށް ކަމަށެވެ.

"މި ވަގުތު މި ވިސްނަނީ ޗިލީއާ މެދު އެކަނި. މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމައިފިން. އެކަމު އިއުލާން ކުރާނީ މި މުބާރާތަށް ފަހު،" ސަންޗޭޒް ބުންޏެވެ.

އަންނަ ސީޒަނުގައި އާސެނަލުން ފެނިދާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ސަންޗޭޒް ބުނީ އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދައްކާނެ ކަމަށެވެ.

ސަންޗޭޒް ބަޔާނަށް ގެންދަން އެ ޓީމަށް ކުޅޭ ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް އަންނަނީ މަސައްކަތް ކުރަމުންނެވެ. ޗިލީގެ ކެޕްޓަން އަދި ގޯލްކީޕަރު މެންޗެސްޓާ ސިޓީގެ ކްލައުޑިއޯ ބްރާވޯ ބުނީ ސިޓީން ވެސް ސަންޗޭޒް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ދެ ފަހަރެއްގެ މަތިން ލަންޑަންގައި އަގުއޭރޯގެ އޭޖެންޓް ފެނާންޑޯ ފެލިސެވިޗާ ބައްދަލުކޮށްފަ އެވެ. އެހެން ނަމަވެސް މިހާތަނަށް އެއްވެސް ޓީމަކުން ސަންޗޭޒަށް ރަސްމީކޮށް ބިޑްކޮށްފައެއް ނުވެ އެވެ.

އާސެނަލުން މިދިޔަ ސީޒަނުގައި ވަނީ ސަންޗޭޒްގެ އެއްބަސްވުން އާ ކުރަން އެކި ފަަހަރު މަތިން އޭނާއާ މަޝްވަރާކޮށްފަ އެވެ. އެހެން ނަމަވެސް އާސެނަލްގެ ހުށަހެޅުންތަކަށް ސަންޗޭޒް ވަނީ ފުރަގަސްދީފަ އެވެ.

މިދިޔަ ސީޒަނުގައި އުމުރުން 28 އަހަރުގެ ސަންޗޭޒް ވަނީ މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި 29 ލަނޑު ޖަހައިފަ އެވެ. އާސެނަލުން އެފްއޭ ކަޕް ކާމިޔާބުކުރި ނަމަވެސް ގަދަ ހަތަރަކުން ފުރުސަތު ނުލިބުމުން އަންނަ ސީޒަނުގައި އެ ޓީމު ކުޅޭ ޔުރޮޕާ ލީގުގަ އެވެ.