Roadha Mihaaru
ސައިފާ އެކު ފިލްމެއް ކުޅޭނެ ދުވަހެއް ނޭނގެ: ކަރީނާ

ސައިފާ އެކު ފިލްމެއް ކުޅެވޭނެ ދުވަހެއް ނޭނގެ: ކަރީނާ

24 ޖޫން 2016

ސައިފް އަލީ ޚާނާއި ކަރީނާ ކަޕޫރު ވަނީ "ތަޝަން" އާއި "ގުރުބާން" ފަދަ ފިލްމުތައް އެކުގައި ކުޅެފަ އެވެ. ނަމަވެސް ކަރީނާ ބުނަނީ ފިރިމީހާ ސައިފް އާއި އޭނާ އެއް ފިލްމަކުން ފެންނަން މިހާރު ގިނަ މީހުން ބޭނުން ނުވާ ކަމަށެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ސައިފް އަލީ ޚާނާއި ކަރީނާ ކަޕޫރު ވަނީ "ތަޝަން" އާއި "ގުރުބާން" ފަދަ ފިލްމުތައް އެކުގައި ކުޅެފަ އެވެ. ނަމަވެސް ކަރީނާ ބުނަނީ ފިރިމީހާ ސައިފް އާއި އޭނާ އެއް ފިލްމަކުން ފެންނަން މިހާރު ގިނަ މީހުން ބޭނުން ނުވާ ކަމަށެވެ.

ސައިފާ އެކު ކަރީނާ އެންމެ ފަހުން ފެނުނީ 2014 ގައި ނުކުތް "ހެޕީ އެންޑިން" އިންނެވެ. ނަމަވެސް އެ ފިލްމުގައި ކަރީނާ ކުޅުނީ މެހެމާނެއްގެ ރޯލެވެ.

ސައިފާ އެކު ދެން ފިލްމެއް ކުޅޭނީ ކޮން އިރަކުންތޯ ޓައިމްސް އޮފް އިންޑިއާ އިން ކުރި ސުވާލެއްގެ ޖަވާބުގައި ކަރީނާ ބުނީ އެހާ އަވަހަށް ފެންނާނެކަމުގެ އުންމީދެއް ނެތް ކަމަށެވެ. ފަހަރެއްގައި ވިއްސަކަށް އަހަރުވެސް ވެދާނެ ކަމަށް ކަރީނާ ބުންޏެވެ.

"އެހެން މިބުނީ އެއްވެސް މީހަކު އަހަރެމެން ދެ މީހުން ލައްވާ ފިލްމެއް ކުޅުވަން ބޭނުންނުވާތީ. ސައިފް އާއި އަހަރެން އޮން ސްކްރީން ޕެއާއެއްގެ ގޮތުގައި ދެކެން އެއްވެސް މީހަކު ބޭނުމެއް ނުވޭހެން ހީވަނީ،" ކަރީނާ، 35، ބުންޏެވެ.

ކަރީނާގެ ދެން އެންމެ އަވަހަށް ފަށާ ފިލްމަކީ ސޯނަމް ކަޕޫރާއި ސްވާރާ ބާސްކަރްއާ އެކު ކުޅޭ ފިލްމެވެ. ސައިފްގެ އެންމެ ފަހުން ރިލީޒްވީ "ފެންޓަމް" އެވެ. އަދި ކުރިޔަށް ރިލީޒްވާން އޮތީ ޝާހިދު ކަޕޫރާއި ކަންގަނާ އާއެކު އޭނާ ކުޅޭ "ރަންގޫން" އެވެ.