Roadha Mihaaru
މެމްބަރުންގެ މަސައްކަތަށް ހުރަހެއް ނާޅާނަން: ނަޝީދު

އަގުލަބިއްޔަތު ލިބުނަސް މެމްބަރުންގެ މަސައްކަތަށް ހުރަހެއް ނޯންނާނެ: ރައީސް ނަޝީދު

04 ޖުލައި 2017

ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް ލިބުނު ކަމުގައިވިޔަސް، ގާނޫނީ މަސައްކަތަށް ހުރަސް ނާޅުއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް ލިބުނު ކަމުގައިވިޔަސް، ގާނޫނީ މަސައްކަތަށް ހުރަސް ނާޅުއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ގުޅިގެން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި، މި ވަގުތު އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު ދެއްވި އޯޑިއޯ މެސެޖެއްގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިޔާސީ ހަތަރު ލީޑަރުން ގުޅިވަޑައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ހޯދައިދިނުމެވެ.

"އަޅުގަނޑުމެން ނިކުމެ މިތިބީ އެ މަގްސަދުގައި، އެ މަސައްކަތުގައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މަސައްކަތް ކާމިޔާބުކޮށްދޭނަން. ރައްޔިތުންނަށް ހެޔޮ ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމުގައި އަޅުގަނޑުމެން ކުރާ މަސައްކަތުގައި ކާމިޔާބު ލިބިގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވޭތުވެދިޔަ 15 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށާއި ސިޔާސީ ވެރިންނަށް ގިނަ ގުނަ ފިލާވަޅުތަކަކާއި ތަޖުރިބާތަކެއް ލިބިފައިވާ ކަމަށެވެ.

ރައްޔިތުންނަށް ލިބުނު އިބުރަތްތަކުގެ ބޭނުންކޮށްގެން ރާއްޖޭގެ ސިޔާސީ މަސްރަހުގެ މިސްރާބު ހިފަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ބޭރު ގައުމުތަކުން ނުފެންނަ މަންޒަރުތައް ރާއްޖޭގައި ވަނީ ހިނގައިފަ އެވެ.

ނަޝީދު ވިދާޅުވީ ގުޅިގެން މަސައްކަތް ކުރަމުން މިދަނީ ރައްޔިތުންނަށް ދިމާވެފައިވާ ހާސްކަމުން، ތަނަވަސްކަމެއް ލިބޭނެ ގޮތެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ބޯހިޔާވަހިކަމާއި ރަށު ބަންދުން ސަލާމަތްވެ، ރަނގަޅު ވަޒީފާއަކާއި ބޭސްފަރުވާ އާއި ދަރިންނަށް ކިޔަވައިދެވޭނެ ގޮތެއް ހޯދައި ދިނުމަށެވެ.

ރައްޔިތުންނަށް ތަނަވަސްކަމާއި ރިވެތިކޮށް ދިރިއުޅެވި، ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައިދެވެން އޮތީ ގުޅިގެން އެކުގައި ސިޔާސީ ޕާޓީތައް މަސައްކަތްކޮށްގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނާއި ކުރީގެ ރައީސް މައުމޫން އަބްދުުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެއްބަސްވެވަޑައިގަތީ ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ހަމަޖެހުމެއް ހޯދައިދިނުމަށެވެ.