Roadha Mihaaru
ކެންޑިޑޭޓުންގެ ޝަރުތުތަކާ މެދު ގޮތެއް ނިންމާނީ ކޯޓުން

ކެންޑިޑޭޓުންގެ ޝަރުތުތަކާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން: ނަޝީދު

20 މެއި 2018

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތުތަކާ ގުޅޭގޮތުން ގޮތެއް ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތުތަކާ ގުޅޭގޮތުން ގޮތެއް ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ކުށެއް ސާބިތުވެފައިވާ އެއްވެސް މީހަކަށް ސިޔާސީ ޕާޓީއެއްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރެވޭނެ ކަމަށާއި ގާނޫނާއި ގަވާއިދާ ޚިލާފަށް ބާއްވާ ޕްރައިމަރީތައް ބާތިލްކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން މިއަދު ވަނީ އިންޒާރު ދީފަ އެވެ. އިލެކްޝަނުން މިގޮތަށް އިންޒާރު ކުރީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ތައްޔާރުވަމުން އަންނަ ދަނޑިވަޅުގަ އެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންގެ ޝަރުތުތަކާ ގުޅޭ ގޮތުން ގޮތް ނިންމަން ޖެހޭނީ ހުރިހާ ފަނޑިޔާރުން ހާޒިރުވެ ތިއްބަވާ ފުރިހަމަ ސުޕްރީމް ކޯޓަކުން ކަމަށެވެ. އަދި އިލެކްޝަންސްގެ އިއުލާނަކީ ޣައިރު ގާނޫނީ ހާސަރެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިރޭ ކުރެއްވި ޓުވީޓު.

ނަޝީދު މިރޭ ކުރެއްވި ޓުވީޓު.

އިލެކްޝަންސް ކޮމިޝަންގެ މި އިންޒާރާ ގުޅިގެން ނަޝީދު ކުރެއްވި އެހެން ޓުވީޓެއްގައި އިލެކްޝަންސް ކޮމިޝަން ސިފަ ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަތްދަށުވެފައި އޮތް ތަނެއްގެ ގޮތުގަ އެވެ. އަދި އިލެކްޝަންސްގެ އެ އިއުލާނަކީ އިދިކޮޅު އެއްވެސް ލީޑަރަކަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމުގެ ވާހަކަ ކަމަށް ވެސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވި އެވެ.

ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބަށް ޕާޓީތަކުން ބާއްވާ ޕްރައިމަރީއާ ގުޅޭ ގޮތުން އެ ކޮމިޝަނުން އާއްމުކުރި އިއުލާނެއްގައި ބުނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވާދަކުރަން ރިޔާސީ ޕްރައިމަރީ އަށް ވެސް ކުރިމަތިލެވޭނީ ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް ހަމަވާ މީހުންނަށް ކަަމަށެވެ.

އެ ކޮމިޝަނުން މިގޮތަށް އިއުލާންކޮށްފައި މިވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މި މަހުގެ 30 ގައި ބާއްވަން ނިންމައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލައްވާފައި ވަނިކޮށެވެ. ޕްރައިމަރީގައި ވާދަކުރެއްވިއިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރުމުން ޓެރަރިޒަމްގެ ކުށުގައި އެމަނިކުފާނުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ނަޝީދުގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައަޅާފައި ވަނީ، އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ލީޑަރު، ގާސިމް އިބްރާހީމެވެ. ގާސިމަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އުމުރުން 65 އަހަރުވެފައިވާ މީހުންނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމާ ގުޅިގެން އޭނާ އަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

އިލެކްޝަންސްގެ އިއުލާންގައިވާ ޝަރުތުތަކަށް ބަލާއިރު، މި ދެ ބޭފުޅުންގެ ވެސް ކެންޑިޑެސީ ސައްހަ ނުވާނެ ކަމަށް ނުސީދާކޮށް ވަނީ ބުނެފަ އެވެ.