Roadha Mihaaru
ބޯޕާލްގައި ވަޅުލާފައި އޮތް ކުއްޖެއް ސަލާމަތްކޮށްފި

ބޯޕާލްގައި ވަޅުލާފައި އޮތް ކުއްޖެއް ސަލާމަތްކޮށްފި

06 ޖުލައި 2017

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ބަރްވާނީ ކިޔާ އަވަށެއްގައި މީހުން ވަޅުލާ ތަނަކާ ކައިރީގައި މިދިޔަ އަންގާރަ ދުވަހު ކުޅެން އުޅުނު ކުދިންތަކަކަށް ބިމުގެ އަޑިން އަޑެއް އިވިގެން ބެލި އިރު، ދިރިހުއްޓާ ވަޅުލާފައި އޮތް ކުއްޖަކު ފެނިއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ބަރްވާނީ ކިޔާ އަވަށެއްގައި މީހުން ވަޅުލާ ތަނަކާ ކައިރީގައި މިދިޔަ އަންގާރަ ދުވަހު ކުޅެން އުޅުނު ކުދިންތަކަކަށް ބިމުގެ އަޑިން އަޑެއް އިވިގެން ބެލި އިރު، ދިރިހުއްޓާ ވަޅުލާފައި އޮތް ކުއްޖަކު ފެނިއްޖެ އެވެ.

މި ކުއްޖާ ފެނުނީ އަޑު އިވުނު ކުދިން އެކަން އެހެން ބަޔަކަށް އެނގުމުން ގޮސް، އަޑު އިވޭ ދިމާލުން ބިންގަނޑު ކޮނުމުންނެވެ. އެ މީހުންނަށް ފެނުނީ މަރު ނުވެ އޮތް ތުއްތު ފިރިހެން ކުއްޖެކެވެ.

މި ތުއްތު ކުއްޖާ ވަޅުގަނޑު ތެރޭގައި މަރުނުވެ އޮތީ ކިހިނެއް ކަމެއް އެކަކަށް ވެސް ބުނެދޭކަށް ނޭނގެ އެވެ. ހެނދުނު ގަޑީގައި މީހަކު އެ ގަބުރުސްތާނުގައި ވަޅުގަނޑެއް ކޮނުނު ނަމަ އެހިސާބުގަނޑުގައި ދިރިއުޅޭ ކޮންމެވެސް ބަޔަކަށް އެތަން ފެނުނީހެވެ. އެހެންވެ ފުލުހުން ގަބޫލުކުރަނީ ފެނުނު ދުވަހުގެ ކުރީ ރޭ ނުވަތަ ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި މީހަކު ކުރި ކަމެއް ކަމަށެވެ.

މި ކުއްޖާ މަރު ނުވެ މިހާ ގިނައިރު އޮތުން ވެފައި ވަނީ ވަރަށް ބޮޑު އަޖައިބަކަށެވެ.

އެ ކުއްޖާއާ ހަވާލުވި ދެމަފިރިން އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނައިރު އެ މީހުންގެ އަޒުމަކީ އެ ކުއްޖާ އެޑޮޕްޓް ކުރުމެވެ. މި ދެމަފިރިންގެ ތިން ފިރިހެން ދަރިން ތިބި އިރު އަންހެން ދަރިއަކަށް ތިބީ ބޭނުންވެފަ އެވެ.

ބަރްވާނީ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. ރަޖްނީ ދާބަރް ޓައިމްސް އޮފް އިންޑިޔާ އަށް ވިދާޅުވި ގޮތުގައި މި ފިރިހެންކުއްޖާ އަކީ 10-12 ދުވަސް ވެފައިވާ ކުއްޖެކެވެ. ކުއްޖާގެ ބަރުދަނުގައި ދެ ކިލޯ ހުއްޓެވެ. ކުއްޖާ ހުން އައިސް ނޭވާލުމަށް ކުޑަކޮށް ދަތިވެފައިވީ ނަމަވެސް ފުރާނައަށް ނުރައްކަލެއް ނެތް ކަމަށާއި ހުރިހާ ގުނަވަންތަކެއް ވެސް ރަނގަޅަށް މަސައްކަތް ކުރާ ޑރ. ދާބަރް ވިދާޅުވި އެވެ.