Roadha Mihaaru
ފަނޑިޔާރު އަލީ ހަމީދަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

06 ޖުލައި 2017

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އޮފީހުގައި މިއަދު ހަވީރު އިންނަވަނިކޮށް އަނބުރައިގަނެގެން، ކުއްލި ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އޮފީހުގައި މިއަދު ހަވީރު އިންނަވަނިކޮށް އަނބުރައިގަނެގެން، ކުއްލި ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަލީ ހަމީދު، ސުޕްރީމް ކޯޓުގައި މަސައްކަތްޕުޅުގައި އުޅުއްވަނިކޮށް އަނބުރައިގަތީ މިއަދުު ހަވީރު އެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސް އެންމެ ފުރަތަމަ ފަރުވާ ދިނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގަ އެވެ. ނަމަވެސް މިހާރު އޮންނެވީ އޮބްޒަވޭޝަނަކަށްޓަކައި ޕްރައިވެޓް ކޮޓަރިއެއްގައި އެޑްމިޓް ކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އަލީ ހަމީދުގެ ހިތުގެ މައްސަލައެއް ހުރިތޯ ބެލުމަށް އީސީޖީ ހެދި އިރު އެއްވެސް މައްސަލައެއް ނެތް ކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް މަތިވެފައި ހުރުމުން، އިތުރު ޓެސްޓްތަކެއް ހެދުމަށްޓަކައި އެޑްމިޓް ކުރީ ކަމަށް އެނގިފައިވެ އެވެ.