Roadha Mihaaru
ފަނޑިޔާރު އަލީ ހަމީދު އަދިވެސް ހޮސްޕިޓަލްގައި

ފަނޑިޔާރު އަލީ ހަމީދު އަދިވެސް ހޮސްޕިޓަލްގައި

08 ޖުލައި 2017

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހާލު ސީރިއަސް ވެގެން އަދިވެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހާލު ސީރިއަސް ވެގެން އަދިވެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ސުޕްރީމް ކޯޓުގައި މަސައްކަތުގައި އުޅުއްވަނިކޮށް އަނބުރައިގަނެގެން މިދިޔަ ބުރާސްފަތިދުވަހު ހަވީރު އަލީ ހަމީދު އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު، އޭނާގެ ލޭގެ ޕްރެޝަރު އަދިވެސް ކޮންޓްރޯލް ނުވާ ކަމަށް "މިހާރު" އަށް އެނގިފައިވެ އެވެ. އަދި ހަށިގަނޑުގައި ދައުރުވާ ލޭގައި ހުންނަ އޮކްސިޖަން ވެސް ދަށްވުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް ވެ އެވެ.

އަލީ ހަމީދުގެ ހިތުގެ މައްސަލައެއް އުޅޭތޯ ބެލުމަށް ހޮސްޕިޓަލަށް ގެންގޮސް ބުރާސްފަތިދުވަހު އެންމެ ފުރަތަމަ ވެސް ވަނީ އީސީޖީއެއް ހަދައިފަ އެވެ. އެކަމަކު ހިތުގެ އެއްވެސް މައްސަލައެއް އުޅޭ ކަމަކަށް ޓެސްޓުތަކަކުން ނުދައްކަ އެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ލޭގެ ޕްރެޝަރު ހުރީ މަތީގަ އެވެ.

އައިޖީއެމްއެޗުގެ އެގްޒެކެޓިވް ރޫމްގައި ފަރުވާ ދެމުން އަންނަ އަލީ ހަމީދުގެ ހާލު އަދިވެސް ރަނގަޅު ނުވާތީ، ހޮސްޕިޓަލުން ދޫކޮށްލާނެ ވަކި ދުވަހެއް ޑޮކްޓަރުން އަދި ނުނިންމަވަ އެވެ.