Roadha Mihaaru
ފަނޑިޔާރު އަލީ ހަމީދަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ފަނޑިޔާރު އަލީ ހަމީދަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

07 ފެބުރުއަރީ 2018

ރޭ ދަންވަރު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ބަހައްޓާފައި ހުރި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ފަރުވާ ދިނުމަށް އައިޖީއެޗްގައި މިރޭ އެޑްމިޓްކޮށްފި އެވެ.

ރޭ ދަންވަރު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ބަހައްޓާފައި ހުރި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ފަރުވާ ދިނުމަށް އައިޖީއެޗްގައި މިރޭ އެޑްމިޓްކޮށްފި އެވެ.

އައިޖީއެމްއެޗްގައި ހުރި މީހަކު ބުނީ ފުލުހުން އަލީ ހަމީދު އެ ހޮސްޕިޓަލަށް ގެންދިޔައީ މިރޭ ގާތްގަނޑަކަށް 12:00 ހާއިރު ކަމަށެވެ.

"އެނދަކަށް އަރުވައިގެން ގެންދިޔައީ. ސީދާ އިމަޖަންސީ އަށް ގެންދިޔައީ. ބަލާ ބެލުމަށް ހީވަނީ ހޭނެތިފައި ހެން އޮތީ. ލޯމެރިފައި އޮތީ،" އެ މީހާ ބުންޏެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ފަރުވާ ދިނުމަށް މިރޭ އައިޖީއެމްއެޗްގައި.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ފަރުވާ ދިނުމަށް މިރޭ އައިޖީއެމްއެޗްގައި.

މިކަމާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ދޭން ފުލުހުން ބޭނުމެއްނުވި އެވެ.

ރޭ އިރާކޮޅު ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ވަދެ ހައެއްކަ ގަޑިއިރު އެ ކޯޓުގެ ތެރޭގައި ހޭދަކުރުމަށް ފަހު، ފުލުހުން އަލީ ހަމީދު ހައްޔަރުކުރީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި އޭނާ ސުޕްރީމް ކޯޓު ތެރޭގައި އިންނަވަނިކޮށް އަނބުރައިގަނެގެން އިމަޖެންސީގައި އައިޖީއެމްއެޗަށް ގެންގޮސް އެޑްމިޓްކޮށްގެން ހިތުގެ ބައްޔަކަށް ފަރުވާ ދިނެވެވެ. އަދި އޭގެ ފަހުން ރާއްޖޭން ބޭރުގައި ވެސް އަލީ ހަމީދަށް ފަރުވާ ދިނެވެ.