Roadha Mihaaru
އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް

އޭޖީ އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ވައްދައިފި

20 ޖުލައި 2017

ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލިހަށް މިއަދު ވައްދައިފި އެވެ.

ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލިހަށް މިއަދު ވައްދައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދީ 24 މެމްބަރެއްގެ ސޮޔާ އެކު އެވެ.

އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ވަަރަށް ބޮޑަށް އަމާޒުވެފައިވާ އަނިލް މަގާމުން ދުރުކުރުމުގެ މައްސަލަ މަޖިލިހަށް ވެއްދިއިރު، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރުމަށް ވެސް އިދިކޮޅު ފަރާތްތަކުން މަޖިލިހަށް ހުށަހެޅި އެވެ. ނަމަވެސް، 45 މެމްބަރުންގެ ސޮޔާއެކު މި މަހުގެ ތިންވަނަ ދުވަހު މަޖިލިހަށް ވެއްދި އެ މައްސަލަ މަޖިލިހުގެ އިދާރާ އިން މިއަދު ވަނީ ބޭރުކޮށްލައިފަ އެވެ. ސަބަބެއް ކަމަށް ބުނީ އޭގައި ސޮއިކުރެއްވި އެއް މެމްބަރަކު ނަން އަނބުރާ ގެންދެވުމާއި ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލި، މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހޭ އަދަދަށް ވުރެ މެމްބަރުންގެ އަދަދު ދަށްވުމެވެ.

މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ހުށަހެޅެނީ 42 މެމްބަރުންގެ ސޮޔާއެކު އެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، މަޖިލިހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންޖެހެ އެވެ. އަދި އެ ބަހުސްގައި އަނގަ ބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިވަޑައިގަންނަވަ އެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނީ، ގަވައިދުގައިވާ ގޮތުން ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ލިބުމުންނެވެ. އެއީ 43 މެމްބަރުންނެެވެ.