20 ޖުލައި 2017
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަމަލުކުރަނީ ރައީސް އަބްދުﷲ ޔާމީން އަންގަވާ ގޮތަށް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އެ ކޮމިޝަނުން ކަނޑައެޅީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަމަލުކުރަނީ ރައީސް އަބްދުﷲ ޔާމީން އަންގަވާ ގޮތަށް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އެ ކޮމިޝަނުން ކަނޑައެޅީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ ސައުދު ހުސައިން އަދި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ވަނީ ކަނޑައަޅައިފަ އެވެ. އެ ކޮމިޝަނުން މި ގޮތަށް ނިންމީ ވެރިކަން ކުރާ ޕީޕީއެމުން އެދިގެންނެވެ.
މިކަން ކުށްވެރި ކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރުން ނުވަތަ ގޮނޑި ހުސްވުމާ މެދު ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅުމުގެ ބާރު ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކުން އަދި ގަވާއިދަކުން ވެސް އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.
"ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އަބްދުﷲ ޔާމީންގެ ފެކްޝަނުން އަންގާރަ ދުވަހުގެ ރޭ ބައްދަލުވުމެއް ބާއްވައި އެ ޕާޓީން މީގެ ކުރިިން ވަކިކޮށްފައިވާ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމުމާ އެކު އަވަސް އަރުވާލައިގެން އިލެކްޝަންސް ކޮމިޝަނުން ވެސް ހަމަ އެގޮތަށް ނިންމުމުން ކޮމިޝަންގެ މުސްތަގިއްލުކަމާމެދު ސުވާލު އުފެދެ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މިފަދަ އަމަލުތަކުން އެއީ ސީދާ އަބްދުﷲ ޔާމީން ވިދާޅުވީމާ އެގޮތަކަށް ކަންކަން ކުރަން ތިބި ބައެއްކަން ހާމަވެ އެވެ،" ބަޔާނުގައިވެ އެވެ.
އެ ޕާޓީން ބުނިގޮތުގައި ރައްޔިތުންގެ މަޖިހުގެ ހަތަރު މެންބަރުންގެ ގޮނޑި ހުސްކުރުމާ މެދު އީސީން ރައްޔިތުންގެ މަޖިލިހުގެ ލަފަޔަކަށް ބުދަ ދުވަހު އެދިފައިވާއިރު، އެއީ ވެސް އެ ކޮމިޝަނަށް ލިބިދޭ ބާރެއް ނޫނެވެ. އެކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ޚުދު ރައްޔިތުންގެ މަޖިލިހަށް ވެސް ގާނޫނުއަސާސީން ލިބިދީފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެ އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ ގޮތުން ރާއްޖޭގެ ހަމަޖެހުމާއި ތަރައްގީއަށް އަސަރުކުރާނެ ކަމަށެވެ. ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތް ކުރުން ހުއްޓާލައި އިލެކްޝަންސް ކޮމިޝަނާ ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ވެސް އެ ޕާޓީން ގޮވާލާފައިވެ އެވެ.
"އެފަދަައިން އަމަލުކުރުމަށް އުޒުރުވެރިވާނަމަ ކޮމިޝަންގެ މެންބަރުން އިސްތިއުފާ ދެއްވުމަށް ގޮވާލަމެވެ. ވަކިން ހާއްސަކޮށް ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ޕީޕަލްސް އެލައިންސް ޕީ.އޭގެ މެމްބަރު އަހުމަދު ސުލައިމާން މިހާރު ވެސް އަބްދުﷲ ޔާމީނަށް ވަފާތެރިވެ އިލެކްޝަންސް ކޮމިޝަން ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ޕާޓީތައް ދެކެ ހިތްހަމަނުޖެހި، ފައިސާ ދިނުން ފަސްކޮށްފި
އިނގިލީގެ ނިޝާން ނެތް މީހުން ޕާޓީން ވަކިވާ އިސްލާހު ތަސްދީގުކޮށްފި
ޕީއެންއެފްއިން 3،000 މެމްބަރުން ހަމަކޮށްފި
ޔާމީނަށް ވާދަކުރެވޭނެތޯ އީސީން މިއަދު ނިންމަނީ
ޕާޓީތަކުން ކެމްޕެއިން ވަރުގަދަކުރަނީ
ފުލުހުން ވޯޓު ގުނީކަމަށް ބުނެ ކުރީ ފުރައްސާރަ: ރިޔާޒް
ޔާމީންގެ ރައްދު: ފުލުހުން ފޮނުވިން، އެއީ ވޯޓުގުނަން!
ކާމިޔާބީއަށް ބަލައި ޕާޓީތަކަށްފައިސާ ދޭން އިސްލާހެއް
ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000ރ.ގެ ޖޫރިމަނާ
އެމްޑީޕީއަށް 15 މިލިއަން، ޕީޕީއެމަށް 9 މިލިއަން