ބ. ކިހާދުއްފަރު އައިލެންޑް ރިސޯޓް ހިންގާ ކުންފުނިން އެރަށުން ފޭބުމަށާއި ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1.4 މިލިއަން ޑޮލަރު ދައްކަން ދަށު ކޯޓާއި ހައި ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.
31 ޖުލައި 2017
ބ. ކިހާދުއްފަރު އައިލެންޑް ރިސޯޓް ހިންގާ ކުންފުނިން އެރަށުން ފޭބުމަށާއި ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1.4 މިލިއަން ޑޮލަރު ދައްކަން ދަށު ކޯޓާއި ހައި ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.
އަތަމާ މެރިން އިންޓަނޭޝަނަލަށް ސަރުކާރުން ދޫކޮށްފައިވާ ކިހާދުއްފަރު ރިސޯޓް ސަބް ލީޒް އުސޫލުން ހިންގަމުން އަންނަ އެމްއެޗް ލޫލޫ ނަމަކަށް ކިޔާ ބޭރު ކުންފުނި އެރަށުން ފޭބުމަށާއި އެތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) އަތަމާ އަށް ދައްކަން ސިވިލް ކޯޓާއި ހައި ކޯޓުން ކުރި އޮތީ ހުކުމްކޮށްފަ އެވެ.
އެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ހިނގަމުން ދަނިކޮށް އެކަން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އެންގީ މިދިޔަ ހޯމަ ދުވަހު އެވެ. އެހެންވެ، ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު ކުރެއްވި ހުކުމުގައިވަނީ ނިންމަަވައިފަ އެވެ.
އާންމު ގޮތެއްގައި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން މަތީ ކޯޓުތަކުން އަންގަނީ އެ ހުކުމެއް މަތީ ކޯޓެއްގައި އިސްތިއުނާފް ކުރަން ހުށަހެޅުމުންނެވެ.
ކިހާދުއްފަރު ރިސޯޓްގެ ކުލި ނުދައްކާ ކަމަށް ބުނެ އަތަމާ ކުންފުނިން މިދިޔަ ޑިސެމްބަރު މަހު ވަނީ އެރަށް ހިންގުމާ ބެހޭގޮތުން އެމްއެޗް ލޫލޫއާ އެކު ހެދި އެެއްބަސްވުން ބާތިލްކޮށްފަ އެވެ. އެރަށުން އެމްއެޗް ލޫލޫ ކުންފުނި ބޭލުމަށާއި ކުއްޔާއި ޖޫރިމަނާ ހޯދަން އަތަމާ އިން ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ 10 ދުވަސް ތެރޭގައި އެރަށުން ފައިބައި، އެރަށް އަތަމާ ކުންފުންޏާ ހަވާލު ކުރުމަށެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދުކުރީ މިދިޔަ ޖޫން މަހު އެވެ.
"ހަވީރު" އަކީ ޑރ.ޒާހިރުގެ މިލްކެއް: ސުޕްރީމް ކޯޓު
އަމުރަށް އަމަލު ނުކުރުމުން ފާއިޒު ކޯޓަށް
ޔާމީންގެ ޖޫރިމަނާ ފައިސާ ހޯދަން ދައުލަތުން ކޯޓަށް
ނާޒިމަށް ބަދަލު ހޯދަން ދައުވާކުރެވޭނެ: ސުޕްރީމް ކޯޓް
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވި މައްސަލަ ބަލައިނުގަތް
ޕީއެސްއެމްގެ 3.3 މިލިއަނުގެ މައްސަލަ ސުޕްރީމް ކޯޓަށް
ޑިސްޕިއުޓް އުވާލުމުން ނިންމި މައްސަލަތައް މަދުވެއްޖެ
286މިލިއަންގެ ޖޫރިމަނާ :ސުޕްރީމް ކޯޓުން ނާކާމިޔާބު
ޒަކީގެ ޕާސްޕޯޓް މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް
17 މިލިއަނަށް ޝަރޫގެ ޑިރެކްޓަރުން ޒިންމާވާން ޖެހޭނެ