Roadha Mihaaru
"އިސް މަގާމުތަކަށް އަންހެނުން ގާބިލް، ހުރަހެއް ނެތް"

އިސް މަގާމުތަކަށް އަންހެނުން ގާބިލްކަން ދިވެހި އަންހެނުން ވަނީ ސާބިތުކޮށްދީފައި: ދުންޔާ

31 ޖުލައި 2017

އަންހެނުން އިސް މަގާމުތައް އަދާކުރުން ދީނީ ގޮތުން އަދި ގާނޫނީ ގޮތުން ވެސް މަނާ ނުކުރާ ކަމަށާއި ދިވެހި އަންހެނުން ވަނީ ގާބިލްކަން ސާބިތުކޮށްދީފައި ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންހެނުން އިސް މަގާމުތައް އަދާކުރުން ދީނީ ގޮތުން އަދި ގާނޫނީ ގޮތުން ވެސް މަނާ ނުކުރާ ކަމަށާއި ދިވެހި އަންހެނުން ވަނީ ގާބިލްކަން ސާބިތުކޮށްދީފައި ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައި މި ވަނީ ފަނޑިޔާރަކަށް އަންހެނަކު ހަމަޖެއްސުމަކީ އިސްލާމީ ޝަރީއަތް ހުއްދަކުުރާ ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވުމުން އެކަން ބޮޑު ބަހުސަކަށް ވެފައި ވަނިކޮށެވެ.

ދުންޔާ ކުރެއްވި ޓުވީޓު.

މި ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ދުންޔާގެ މި ޓުވީޓަށްފަހު، އަންހެނަކަށް ސިޔާސީ އަދި ޝަރުއީ ހުރިހާ މަގާމެއް ވެސް އަދާކުރެވިދާނެ ކަމަށް އިސްލާމީ ޝަރީއާ އިން ސާބިތުވާ ކަމަށް ވިދާޅުވެ ބައްޕާފުޅު މައުމޫން ކުރައްވާފައިވާ ޓުވީޓް ރިޓްވީޓް ކުރައްވާފައިވެ އެވެ.

އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭ ގޮތުން މި ބަހުސް އުފެދިފައި މި ވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗު ހަތަކަށް އިތުރުކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މަގާމުން ވަކިކުރައްވައި، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރަށް އުއްތަމަ ފަނޑިޔާރުކަން ދޭން އުޅޭ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ.

ސުޕްރީމު ކޯޓުގެ ފަނޑިޔާރަކަށް އާޒިމާ ހަމަޖައްސަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނައިރު، އެ މީހުން އެކަން ސިފަކުރަނީ ސަރުކާރުން ހިންގަން އުޅޭ "ޖަރީމާ"އެއްގެ ގޮތުގަ އެވެ.

އިދިކޮޅު ފަރާތްތަކުގެ މި ވާހަކަތަށް، ސަރުކާރު ހިންގާ ޕީޕީއެމުން ދޮގު ކުރެ އެވެ. ޕީޕީއެމްގެ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ފަތުރަނީ އެ ކޯޓުގައި ހުރި ބައެއް މަައްސަލަތަކަށް ނުފޫޒު ފޯރުވަން ކަމަށެވެ.