Roadha Mihaaru
ސިންގަޕޫރު އެއާލައިންސްގެ ބޯޓެއްގައި އަލިފާން ރޯވެއްޖެ

އިމަޖެންސީގައި ޖެއްސި ސިންގަޕޫރު އެއާލައިންސްގެ ބޯޓެއްގައި އަލިފާން ރޯވެއްޖެ

27 ޖޫން 2016

ސިންގަޕޫރު (ޖޫން 27) - އިޓަލީގެ މިލާނަށް ދަތުރު ކުރަމުން ދިޔަ ސިންގަޕޫރު އެއާލައިންސްގެ މަތިންދާ ބޯޓެއް އިމަޖެންސީގައި ޖެއްސިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ބޯޓުގައި އަލިފާން ރޯވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސިންގަޕޫރު (ޖޫން 27) - އިޓަލީގެ މިލާނަށް ދަތުރު ކުރަމުން ދިޔަ ސިންގަޕޫރު އެއާލައިންސްގެ މަތިންދާ ބޯޓެއް އިމަޖެންސީގައި ޖެއްސިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ބޯޓުގައި އަލިފާން ރޯވެއްޖެ އެވެ.

މިލާނަށް ދިއުމަށް ފްލައިޓް އެސްކިއު368 ފުރީ ރޭ ސިންގަޕޫރު ގަޑިން 2:05 ގަ އެވެ. ދެ ގަޑިއިރު ދަތުރު ކުރި ފަހުން ޕައިލެޓް ވަނީ ބޯޓުގެ އިންޖީނުގައި މައްސަލައެއް އުޅޭ ކަމަށް އަންގައިފަ އެވެ. އަނބުރާލާފައި ޗަންގީ އެއާޕޯޓަށް ޖެއްސިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ބޯއިން 777 ގެ ބޯޓުގެ ކަނާތް ފަރާތު އިންޖީނުގައި ވަނީ އަލިފާން ރޯވެފަ އެވެ.

އިމަޖެންސީގައި ޖެއްސި ސިންގަޕޫރު އެއާލައިންސްގެ ބޯޓުގެ ފިޔަގަނޑުގައި އަލިފާން ރޯވެ އަނދާފައި. --ފޮޓޯ:އޭއެފްޕީ

އިމަޖެންސީގައި ޖެއްސި ސިންގަޕޫރު އެއާލައިންސްގެ ބޯޓުގެ ފިޔަގަނޑުގައި އަލިފާން ރޯވެ އަނދާފައި. --ފޮޓޯ:އޭއެފްޕީ

ބޯޓުގައި ތިބި 22 ޕަސެންޖަރުންނާއި 19 ކްރޫން ވަނީ ރައްކާތެރިކަމާ އެކު ބޯޓުން ބާލައިފަ އެވެ.

"ބޯޓު ނައްޓާލިތާ ގާތްގަނޑަކަށް ގަޑިއިރެއްހާ އިރު ގޭސް ވަހެއް ދުވަން ފެށި،" ބޯޓުން ދަތުރުކުރި ޕަސިންޖަރެއް ކަމަށްވާ ޗުއާން ބީބީސީ އަށް ބުންޏެވެ. "ދެން ޕައިލެޓް އެނައުންސް ކުރި އިންޖީނުން ތެޔޮ ލީކުވާ ކަމަށް. އަދި އަނބުރާ ސިންގަޕޫރަށް ޖައްސަން ދާ ކަމަށް."

އިމަޖެންސީގައި ޖެއްސި ސިންގަޕޫރު އެއާލައިންސްގެ ބޯޓުގެ ފިޔަގަނޑުގައި އަލިފާން ރޯވެ އަނދާފައި. --ފޮޓޯ:އޭއެފްޕީ

އިމަޖެންސީގައި ޖެއްސި ސިންގަޕޫރު އެއާލައިންސްގެ ބޯޓުގެ ފިޔަގަނޑުގައި އަލިފާން ރޯވެ އަނދާފައި. --ފޮޓޯ:އޭއެފްޕީ

ޗުއާން ބުނީ ހުރިހާ ޕަސިންޖަރުން ވެސް ބޯޓުގައި ތިބީ ވަރަށް ހަމަޖެހިލައިގެން ކަމަށާއި އެކަކު ވެސް ހާސް ވެގެން ނޫނޭ ކަމަށެވެ. އެކަމަކު އެ ހާދިސާގެ ނުރައްކާތެރިކަން އެނގުނީ ބޯޓުން ފޭބި ފަހުން ކަމަށް އޭނާ ބުންޏެވެ.

ޗުއާން ބުނީ ބޯޓުގައި ރޯވި އަލިފާން ނިއްވާލުމަށް ދިހަ ވަރަކަށް މިނިޓް ނެގި ކަމަށެވެ.

ސިންގަޕޫރު އެއާލައިންސް އިން ނެރުނު ބަޔާނެއްގައި ބުނީ މިލާނަށް ދިއުމަށް ހަމަޖެހިފައިވާ ޕަސިންޖަރުން އެހެން ބޯޓެއްގައި މިއަދުގެ ވަގުތެއްގައި ފުރުވާލާނެ ކަމަށެވެ. އަދި މި ހާދިސާ ތަހުގީގު ކުރުމުގައި ކަމާ ބެހޭ ފަރާތްތަކަށް އެއްބާރުލުން ދޭނެ ކަމަށް ވެސް އެއާލައިނުން ބުނެފައިވެ އެވެ.