Roadha Mihaaru
ތެލުވެލިގާގެ ކުއްޔާއި ޖޫރިމަނާ ދައްކަން ހުކުމްކޮށްފި

ތެލުވެލިގާގެ ކުއްޔާއި ޖޫރިމަނާ އަށް 170،000 ޑޮލަރު ދައްކަން ހުކުމްކޮށްފި

15 އޯގަސްޓް 2017

އދ. ތެލުވެލިގާ އައިލެންޑް ރިސޯޓުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 170،000 އަށް ވުރެ ގިނަ ޑޮލަރު (2.6 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އދ. ތެލުވެލިގާ އައިލެންޑް ރިސޯޓުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 170،000 އަށް ވުރެ ގިނަ ޑޮލަރު (2.6 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ރިސޯޓުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 170،000 އަށް ވުރެ ގިނަ ޑޮލަރު ދައްކަން ސިވިލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމްކުރީ އެ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކުރުމުންނެވެ.

ހުކުމުގައި ވަނީ އެ ފައިސާ ދައްކަންޖެހޭ ކަން ސާބިތުވާ ކަމަށާއި އެހެންވެ އެއް މަސް ތެރޭގައި ފައިސާ ދައްކައި ނިންމުމަށް ތެލުވެލިގާ ޕްރައިވެޓް ލިމިޓްޑްގެ މައްޗަށް އަންގާ ކަމަށެވެ.

މީރާ އިން މިއަދު ބުނީ ތެލުވެލިގާގެ ކުލީގެ ގޮތުގައި 71،000 އަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހޭއިރު، އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އެއް ލައްކަ އަށް ވުރެ ގިނަ ޑޮލަރު އަރާފައިވާ ކަމަށެވެ.

ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްތަކާ ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން އިތުރު ފަރާތެއްގެ 15 މައްސަލަ ވެސް ކޯޓުގައި މިހާރު ވެސް ކުރިއަށް އެބަދެ އެވެ.