Roadha Mihaaru
ރާފުށީގެ ކުއްޔަށް 12 މިލިއަން ޑޮލަރު ދައުލަތަށް

ރާފުށީގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 12 މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ހުކުމްކޮށްފި

08 މެއި 2018

ނ. ރާފުށީގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 12.7 މިލިއަން ޑޮލަރު (196 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައުލަތަށް ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނ. ރާފުށީގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 12.7 މިލިއަން ޑޮލަރު (196 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައުލަތަށް ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރާފުށީގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކަން އެގްޒޮޓިކް ޕްރޮޕަޓީސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ އެ ރަށުގައި ރިސޯޓެއް ހެދުމަށް އެ ކުންފުންޏާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ކުލި ނުދައްކާތީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކުރުމުންނެވެ.

ކޯޓުގެ ހުކުމުގައި ވަނީ އެ ރަށުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ 2.6 މިލިއަން ޑޮލަރު އެ ކުންފުނިން ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް އިތުރު 10.1 މިލިއަން ޑޮލަރު އަރާފައިވާ ކަމަށެވެ.

އެހެންވެ ޖުމްލަ 12.7 މިލިއަން ޑޮލަރު އެ ކުންފުނިން ދައުލަތަށް ނުދައްކާ އޮތްކަން ޝަރީއަތަށް ސާބިތުވާ ކަމަށާއި އެހެންވެ މިއަދުން ފެށިގެން ހަ މަސް ތެރޭގައި އެ ފައިސާ މީރާއަށް ދައްކައި، ނިންމުމަށް އެ ހުކުމުގައި އަންގާފައިވެ އެވެ. އަދި އެ ފައިސާ ދައްކައި، ނިންމުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއަކީ ވެސް އެ އެގްޒޮޓިކް ކުންފުނިން މީރާއަށް ދައްކަން ޖެހޭނެ ފައިސާއެއް ކަމަށް ވެސް ހުކުމުގައިވެ އެވެ.