Roadha Mihaaru
މެދުފުށީގެ ޖޫރިމަނާ އަށް 2.6 މިލިއަން ޑޮލަރު

މެދުފުށީގެ ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 2.6 މިލިއަން ޑޮލަރު ދައްކަން ހުކުމްކޮށްފި

13 ޑިސެމްބަރ 2017

މެދުފުށި އައިލެންޑް ރިސޯޓްގެ ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 2.6 މިލިއަން ޑޮލަރު (41 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައުލަތަށް ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މެދުފުށި އައިލެންޑް ރިސޯޓްގެ ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 2.6 މިލިއަން ޑޮލަރު (41 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައުލަތަށް ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މެދުފުށި އިންވެސްޓްމަންޓްގެ މައްޗަށް އެ ހުކުމް އައީ މެދުފުށި ރިސޯޓް ކުއްޔަށް ދިނުމާ ގުޅޭގޮތުން ހަދާފައިވާ ލީސް އެގްރިމެންޓްގެ ދަށުން ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކުރުމުންނެވެ.

މީރާއިން އެންމެ ފުރަތަމަ އެ މައްސަލަ ކޯޓަށް ހުށަހެޅިއިރު އެދިފައި އޮތީ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ހޯދުމަށެވެ. އެކަމަކު ފަހުން މީރާއިން ކޯޓުގައި ބުނެފައިވަނީ އެ އިދާރާއިން ފަހުން ބޭނުންވަނީ ކުލި ނުދެއްކުުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 2.6 މިލިއަން ޑޮލަރު ހޯދުމަށް ކަމަށެވެ.

ކޯޓުގެ ހުކުމުގައި ވަނީ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 2.6 މިލިއަން ޑޮލަރަކީ މެދުފުށި އިންވެސްޓްމަންޓުން ދައްކަން ޖެހޭ ފައިސާއެއް ކަން ސާބިތުވާ ކަމަށެވެ. އެހެންވެ އިއްޔެ އިން ފެށިގެން ތިން މަސް ތެރޭގައި އެ ފައިސާ ދައްކައި، ޚަލާސް ކުރަން އެ ހުކުމުގައި ވަނީ އަންގައިިފަ އެވެ.