Roadha Mihaaru
އޭލެވެލްގައި އިސްލާމާއި ދިވެހިން އޭ ސްޓާ ދޭން ފަށައިފި

އޭލެވެލްގައި އިސްލާމާއި ދިވެހިން އޭ ސްޓާ ތައާރަފުކޮށް ނަތީޖާ ދޫކުރަން ފަށައިފި

17 އޯގަސްޓް 2017

އޭ ލެވެލް އިމްތިހާނުގައި އިސްލާމާއި ދިވެހިން އޭ ސްޓާ ތައާރަފްކޮށް މިއަދު އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށަައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭ ލެވެލް އިމްތިހާނުގައި އިސްލާމާއި ދިވެހިން އޭ ސްޓާ ތައާރަފްކޮށް މިއަދު އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށަައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ މިއަހަރުން ފެށިގެން އޭ ލެވެލްގެ އިސްލާމާއި ދިވެހިން އޭ ސްޓާ ދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ބަދަލު ގެނައީ އެޑެކްސެލްގެ އެހެން މާއްދާތަކުން ވެސް އެންމެ މަތިން އޭ ސްޓާ ލިބޭތީ ކަމަށެެވެ.

މިދިޔަ އަހަރު ވަނީ އޯ ލެވެލް އިން އިސްލާމާއި ދިވެހިން އޭ ސްޓާ ދޭން ފަށައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 1:30 އަށް ނަތީޖާ ދޫކުރާނެ ކަމަށެެވެ. އެކަމަކު ސެންޓަރުތަކުން ނަތީޖާ ދޫކުރާނެ ދުވަހެއް ކަނޑައަޅާނީ އެ އިމްތިހާނު ހެދި ސެންޓަރަކުން ކަމަށް އިއުލާނުގައިވެ އެވެ.

ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާ ދަރިވަރުން، އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވެސް ވަނީ އެދިފަ އެވެ.

މިއަހަރުގެ އޭ ލެވެލް އިމްތިހާނުގައި 2500 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ.