Roadha Mihaaru
ފާރިސްގެ ޝަރީއަތަށް ދުންޔާ ވަޑައިގެންފި

ފާރިސްގެ ޝަރީއަތަށް ދުންޔާ ވަޑައިގެންފި

20 އޯގަސްޓް 2017

ރިޝްވަތުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކޮއްކޯފުޅު، އަހްމަދު ފާރިސް މައުމޫންގެ މިއަދުގެ ޝަރީއަތަށް، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން، އެންމެފަހުން ވަޑައިގެންފި އެވެ. އޭނާ ވަޑައިގަތީ ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަޚުސް އޮޅުވާލުމުގެ ދައުވާގެ މިއަދުގެ އަޑު އެހުމަށެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޝްވަތުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކޮއްކޯފުޅު، އަހްމަދު ފާރިސް މައުމޫންގެ މިއަދުގެ ޝަރީއަތަށް، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން، އެންމެފަހުން ވަޑައިގެންފި އެވެ. އޭނާ ވަޑައިގަތީ ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަޚުސް އޮޅުވާލުމުގެ ދައުވާގެ މިއަދުގެ އަޑު އެހުމަށެވެ.

މިއީ، މީގެ މަހެއްހާ ދުވަސް ކުރިން ބަންދުކުރި ފާރިސްގެ ދިފާއުގައި އާއްމު ތަނަކަށް ދުންޔާ ފާޅުގައި ނިކުމެވަޑައިގަތް ފުރަތަމަ ފަހަރެވެ.

ގިނަ ތުހުމަތުތަކަކާ އެކު ފާރިސް "ނުހައްގުން" ބަންދުކޮށް، އަދަބު ދެމުންދާ ކަމަށް ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވުމުން ވެސް ރައީސް ޔާމީން އަރިހުގައި މަސައްކަތް ކުރައްވާތީ ގިނަ ބައެއްގެ ފާޑުކިއުން ދުންޔާ އަށް ވަނީ އަމާޒުވެފަ އެވެ. ފާރިސް އާއި މުޅި އާއިލާ އަށް ނުތަނަވަސްވެރިކަން ވެރިވެފައިވާއިރު ވެސް ރައީސް ޔާމީންގެ ފަޅީގައި ދުންޔާ ހުންނެވި ސަބަބާ މެދު ވެސް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

ކްރިިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ފަހު، ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން ފާރިސް އަނބުރާ މާފުށީ ޖަލަށް ގެންދަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ކްރިިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ފަހު، ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން ފާރިސް އަނބުރާ މާފުށީ ޖަލަށް ގެންދަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ރައީސް ޔާމީންގެ ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ފޮރިން މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، އެއަށް ވުރެ ދަށް މަގާމަކަށް ދުންޔާ ވަޑައިގަތީ، ރައީސް މައުމޫންގެ ނުުރުހުމާ އެކުގަ އެވެ. ސަރުކާރާ ދުންޔާ ގުޅިވަޑައިގަތުމަށް ތާއީދު ނުކުރައްވާ ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ.

ފާރިސް ބަންދުކުރުމުން ހިތާމަކުރައްވާ ކަމަށް ދުންޔާ ޓުވީޓެއް ކުރެއްވި ނަމަވެސް އަމަލީގޮތުން މިއަދާ ހަމައަށް އެއްވެސް ތަނަކަށް ވަޑައެއްނުގަންނަވަ އެވެ. ފާރިސްގެ ޝަރީއަތުގެ އަޑުއެހުމަކަށް މައުމޫނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވެސް ކުރިން ކޯޓަށް ވަޑައިގަތެވެ.

ފާރިސްގެ ދިފާއުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ މަންޒަރު ފެންނަނީ ދައްތަ ޔުމްނާ މައުމޫނެވެ. ފާރިސް ކޯޓަށް ހާޒިރުކުރާ ކޮންމެ ދުވަހަކު ކޯޓު ކައިރިއަށް ވަޑައިގަންނަވަ އެވެ. ފާރިސް ބަންދުކުރި ފަހުން މާފުށީ ޖަލަށް ވެސް ދެ ފަހަރަކު ވަޑައިގެންނެވި އެވެ. ފާރިސް ބަންދުކޮށްގެން އުޅެނީ ނުހައްގުން ކަމަށް ވިދާޅުވެ، އެކި އިންޓަވިއުތަކުގައި ސަރުކާރަށް ފާޑު ވެސް ވިދާޅުވެ އެވެ.

ފާރިސް އަށް ހިތްވަރު ދެއްވަން ދުންޔާ ކޯޓަށް ވަޑައިގެންނެވިިއިރު، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި، ޣައްސާން މައުމޫން އަދިވެސް ހުންނެވީ "ހިމޭނުން"ނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ ފާރިސްގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ފާރިސް ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 18 ގައި އޭނާ ދިރިއުޅުއްވާ ގޭގައި ހުންނަވަނިކޮށެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފަ އެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް ހުކުމް ކުރަން މިއަދު ބާއްވަން ނިންމި ޝަރީއަތުގެ މަޖިލިސް ވަނީ ކެންސަލްކޮށްފަ އެވެ.

ފާރިސް ހައްޔަރުކޮށްގެން ގެންގުޅެނީ ގާނޫނުތަކާ ޚިލާފަށް ނުހައްގުން ކަމަށް ވިދާޅުވެ މައުމޫން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.