22 އޯގަސްޓް 2017
ހައްޔަރު ކުރި، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ދޫކޮށްލުމަށް ގޮވާލައި މިދިޔަ ހަފުތާގައި، ގދ. ތިނަދު އާއި ގއ. ވިލިގިނލީގައި ކުރި މުޒާހަރާގައި ބައިވެރިވި ހަތަރު ޓީޗަރުން ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު ކުރިން ދިން ނަމަވެސް، އެ މީހުން ކަނޑާނުލަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
ހައްޔަރު ކުރި، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ދޫކޮށްލުމަށް ގޮވާލައި މިދިޔަ ހަފުތާގައި، ގދ. ތިނަދު އާއި ގއ. ވިލިގިނލީގައި ކުރި މުޒާހަރާގައި ބައިވެރިވި ހަތަރު ޓީޗަރުން ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު ކުރިން ދިން ނަމަވެސް، އެ މީހުން ކަނޑާނުލަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
ވަޒީފާ އިން ވަކި ނުކުރާނެ ކަމާއި އެކަމަކު އެއީ ދިން އިންޒާރެއް ކަމަށް ބުނެ، އެ ހަތަރު ޓީޗަރުންނަށް ވެސް އިއްޔެ މިނިސްޓްރީން ވަނީ ސިޓީ ފޮނުވައިފަ އެވެ.
އަދި ކުރިއަށް އޮތްތަނުގައި ވެސް އެ ފަދަ އެއްވުންތަކުގައި ބައިވެރިނުވުމަށް ސިޓީގައި އެދިފައި ވެ އެވެ.
އެ ފިޔަވަޅު އެޅި ސަބަބާ ގުޅޭގޮތުން އެ ޓީޗަރުންނަށް އެޑިއުކޭޝަނުން ފޮނުވި ލިޔުމުގައި ވަނީ ކުށުގެ ތުހުމަތުގައި ދައުލަތުން ބަންދުކޮށްފައިވާ މީހަކު ދޫކޮށްލުމަށް ގޮވާލައި، ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ މީހުން ބައިވެރިވެފައިވާ ކަމަށެވެ. އަދި ސިވިލް ސާވިސްގެ ގަވައިދުގައިވާ ގޮތުން "ކުށުން ކުށްވެރިވެފައިވާތީ" އެޅި ފިޔަވަޅެއް ކަމަށް ވެސް ސިޓީގައިވެ އެވެ.
ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު އިއްޔެ ވިދާޅުވީ އެ ރަށު ސްކޫލުގައި މަސައްކަތް ކުރާ ޕްރައިމަރީ ޓީޗަރު، ޝަޒްމީނާ ސިޔާމް އާއި ކޮންޓްރެކްޓް ޓީޗަރު އައިޝަތު ރަގީބާ ވަޒީފާ އިން ވަކި ކުުރަން ނިންމީ، ސިޔާސީ ހިނގާލުމެއްގައި ބައިވެރިވެގެން ކަމަށް ބުނި ނަމަވެސް އެއީ ދޮގެއް ކަމަށެވެ. "އަޅުގަނޑުމެން އެ ހިނގާލުން ކުރިއަށް ގެންދަނިކޮށް، ރަގީބާ އާއި ޝަޒްމީނާއާ ދިމާވީ މަގުމަތިން. އެ މީހުން ދަރިން ގޮވައިގެން ސައިކަލުގައި ދަނިކޮށް، އަޅުގަނޑުމެން އެ މަގަށް އެރުމުން، މަގުން ޖާގަ ނުލިބިގެން އެއްކައިރިއެއްގައި ސައިކަލު މަޑުކޮށްލައިގެން ތިބީ. އެތަން ފޮޓޯ ނަގައިގެން ބަޔަކު މިނިސްޓްރީ އަށް ފޮނުވުމުން ފިޔަވަޅު އަޅަން އެ ނިންމީ،" މުސްތަފާ ވިދާޅުވި އެވެ.
ތިނަދޫ ޓީޗަރުން ވަކި ކުރަން ނިންމުމުން ވެސް އެ ރަށު ސްކޫލުގެ ބެލެނިވެރިންތަކެއް ވަނީ މުޒާހަރާކޮށްފަ އެވެ.
ތިނަދޫ ކައުންސިލްގެ މެމްބަރު އަލީ އަމްޖަދު ވިދާޅުވީ ދެ ޓީޗަރުން ވަކިކުރަން އުޅުނު މައްސަލާގައި ހިތްހަމަނުޖެހިގެން ބެލެނިވެރިން ސްކޫލު ދޮށަށް އެއްވީ، އިމްތިހާނާ ކައިރިވެފައި ވަނިކޮށް، އެ މީހުން ވަކިކުރާތީ ކަމަށެވެ. ދިވެހި ބަހާއި އެކައުންޓިން ކިޔަވައިދޭ އެ ދެ ޓީޗަރުންނަކީ ސްކޫލުގެ އިސް ދެ ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލިނގިލީ ދެ ޓީޗަރަކު ވެސް ކަނޑާލަނީ
އިދިކޮޅު އެއްވުމުގައި ބައިވެރިވި ދެ ޓީޗަރަކު ވަކިކުރަނީ
ޣާޒީސްކޫލުގެ އިހުތިޖާޖު: މުވައްޒަފުންގެ މައްސަލަ ބަލަނީ
އިހްތިޖާޖްކުރި މުވައްޒަފުންނަށް އެޑިއުކޭޝަންގެ އިންޒާރު
ސްކޫލްތަކުގެ މައުލޫމާތާއެކު އެޑިއުކޭޝަންގެ އާވެބްސައިޓެއް
ތައުލީމީ ކުރިމަގަށް ދިވެހި ޓީޗަރުން ގިނަކުރަން މަޖުބޫރު
ޓީޗަރަކަށް ވާން އޭލެވެލް ކިޔަވާ ކުދިންނަށް އެލަވަންްސެއް
ޓާމްޗުއްޓީތަކުގައި ޓީޗަރުން ނުނެރެން އަންގައިފި
ކްލާސްތަކަށް ވަކިން ވައިބާގްރޫޕްތައް ނުހަދަން އަންގައިފި
ސްކޫލްތައް އޭސީކޮށް ޓީޗަރުން ތަމްރީނު ކުރަނީ