20 އޯގަސްޓް 2017
ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ދޫކޮށްލަން ގޮވާލައި، މިދިޔަ ހަފުތާގެ ހުކުރު ދުވަހު ގއ. ވިލިގިނލީގައި ބޭއްވި ހިނގާލުމުގައި ބައިވެރިވި ކަމަށް ބުނެ، އެ އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ޓީޗަރަކު ވެސް ވަކިކުރަން ނިންމައި، އެކަމުގެ ލިޔުން ފޮނުވައިފި އެވެ.
ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ދޫކޮށްލަން ގޮވާލައި، މިދިޔަ ހަފުތާގެ ހުކުރު ދުވަހު ގއ. ވިލިގިނލީގައި ބޭއްވި ހިނގާލުމުގައި ބައިވެރިވި ކަމަށް ބުނެ، އެ އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ޓީޗަރަކު ވެސް ވަކިކުރަން ނިންމައި، އެކަމުގެ ލިޔުން ފޮނުވައިފި އެވެ.
ވިލިނގިލީގެ އިތުރުން ގދ. ތިނަދޫގައި ބޭއްވި ހިނގާލުމުގައި ބައިވެރިވި ދެ ޓީޗަރަކު ވެސް ވަނީ ވަޒީފާ އިން ވަކިކުރާން ނިންމައި، ޖަވާބުދާރީވުމަށް މިއަދުގެ ނިޔަލަށް މުހުލަތެއް ދީފަ އެވެ.
ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު ވިދާޅުވީ އެ ރަށު ސްކޫލުގައި މަސައްކަތް ކުރާ ޕްރައިމަރީ ޓީޗަރު، ޝަޒްމީނާ ސިޔާމް އާއި ކޮންޓްރެކްޓް ޓީޗަރު އައިޝަތު ރަގީބާ ވަޒީފާ އިން ވަކި ކުުރަން ނިންމީ، ސިޔާސީ ހިނގާލުމެއްގައި ބައިވެރިވެގެން ކަމަށް ބުނި ނަމަވެސް އެ ހިނގާލުމުގައި އެ މީހުން ބައިވެރިނުވާ ކަމަށެވެ.
"އަޅުގަނޑުމެން އެ ހިނގާލުން ކުރިއަށް ގެންދަނިކޮށް، ރަގީބާ އާއި ޝަޒްމީނާއާ ދިމާވީ މަގުމަތިން. އެ މީހުން ދަރިން ގޮވައިގެން ސައިކަލުގައި ދަނިކޮށް، އަޅުގަނޑުމެން އެ މަގަށް އެރުމުން، މަގުން ޖާގަ ނުލިބިގެން އެއްކައިރިއެއްގައި ސައިކަލު މަޑުކޮށްލައިގެން ތިބީ. އެތަން ފޮޓޯ ނަގައިގެން ބަޔަކު މިނިސްޓްރީ އަށް ފޮނުވުމުން ފިޔަވަޅު އަޅަން އެ ނިންމީ،" މުސްތަފާ ވިދާޅުވި އެވެ.
ވަޒީފާ އިން ވަކިކުރަން ނިންމި ޓީޗަރުންގެ ތެރޭގައި، މިހާރު ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އަނބިކަނބަލުންގެ އެއްބަފާ ކޮއްކޮއެއް ވެސް ހިމެނެ އެވެ.
އެ ފިޔަވަޅު އެޅި ސަބަބާ ގުޅޭގޮތުން ޓީޗަރުންނަށް އެޑިއުކޭޝަނުން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެއީ ކުށުގެ ތުހުމަތުގައި ދައުލަތުން ބަންދުކޮށްފައިވާ މީހަކު ދޫކޮށްލުމަށް ގޮވާލައި، ސިޔާސީ ހަރަކާތެއްގައި ބައިވެރިވެފައިވާތީ، ސިވިލް ސާވިސްގެ ގަވައިދުގައިވާ ގޮތުން "ކުށުން ކުށްވެރިވެފައިވާތީ" އެޅި ފިޔަވަޅެއް ކަމަށެވެ. އަދި އެކަމަށް ޖަވާބުދާރީވާން ފަސް ދުވަހުގެ މުހުލަތެއް ވަނީ ދީފަ އެވެ.
އެ މުއްދަތު މާދަމާ ހަމަވާއިރު، ޓީޗަރުން ވަނީ އެކަމަށް ޖަވާބުދާރީވެފަ އެވެ. އެކަމަކު މިހާތަނަށް އެޑިއުކޭޝަން މިނިސްޓްރީން އެއަށް ޖަވާބެއް ނުފޮނުވަ އެވެ.
މުސްތަފާ ވިދާޅުވީ އެ ލިޔުމުގައި މިނިސްޓްރީން ހަވާލާދީފައި އޮންނަ މާއްދާގެ ދަށުން، ސިވިލް ސާވިސްގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވެވެނީ ރަސްމީ ގަޑީގައި ކަމަށާއި އެކަމަކު އެ ހިނގާލުން ބޭއްވީ ވެސް ހަވީރު 5:30 ހާއިރު ކަމަށެވެ. އަދި އެ ޓީޗަރުންނާ މެދު މިހާތަނަށް ސްކޫލުން ވެސް އަދި އެއްވެސް ބެލެނިވެރިއަކު ޝަކުވާކޮށްފައި ނުވާއިރު އެޑިއުކޭޝަން މިނިސްޓްރީން މި ފަދަ ފިޔަވަޅެއް އެޅުމަކީ ނާއިންސާފު އަދި ދެކޮޅުނުޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ތިނަދޫ ސްކޫލުގެ ޓީޗަރުން ވަޒީފާއިން ވަކި ކުރަން ނިންމުމުން ބެލެނިވެރިން މުޒާހަރާ ކުރަނީ
އެޑިއުކޭޝަން މިނިސްޓްރީގެ މި ނިންމުމާ ގުޅިގެން ވަރަށް ގިނަ ބެލެނިވެރިން ވެސް ކައުންސިލަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
ތިނަދޫ ޓީޗަރުން ވަކި ކުރަން ނިންމުމުން ވެސް އެ ރަށު ސްކޫލުގެ ބެލެނިވެރިންތަކެއް ވަނީ މުޒާހަރާކޮށްފަ އެވެ.
ތިނަދޫ ކައުންސިލްގެ މެމްބަރު އަލީ އަމްޖަދު ވިދާޅުވީ ދެ ޓީޗަރުން ވަކިކުރަން އުޅޭ މައްސަލާގައި ހިތްހަމަނުޖެހިގެން ބެލެނިވެރިން ސްކޫލު ދޮށަށް އެއްވީ، އިމްތިހާނާ ކައިރިވެފައި ވަނިކޮށް، އެ މީހުން ވަކިކުރާތީ ކަމަށެވެ. ދިވެހި ބަހާއި އެކައުންޓިން ކިޔަވައިދޭ އެ ދެ ޓީޗަރުންނަކީ ސްކޫލުގެ އިސް ދެ ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ. "އޭ ލެވެލް އަދި އޯ ލެވެލް އަށް ކިޔަވައިދޭ ދެ ޓީޗަރުން އެއީ. އެހެންވެ އިމްތިހާނު އެހާ ކައިރިވެފައި ހުއްޓައި މިކަހަލަ ފިޔަވަޅެއް އަޅާތީ ބެލެނިވެރިން ތިބީ ވަރަށް ކަންބޮޑުވެފައި،" އަމްޖަދު ވިދާޅުވި އެވެ.
މުޒާހަރާކުރި ޓީޗަރުން ކަނޑާނުލަން ނިންމައިފި
އިދިކޮޅު އެއްވުމުގައި ބައިވެރިވި ދެ ޓީޗަރަކު ވަކިކުރަނީ
ކޮންމެ އަތޮޅެއްގައި ޖޫނިއާ ކޮލެޖެއް ގާއިމުކުރަނީ
"ކުދިންގެ އަޚުލާގީ މައްސަލަތައް ވަނީ އިތުރުވެފައި"
400 ޓީޗަރުން ހޯދަނީ ގިނަ ދިވެހިންނަށް ފުރުސަތު ދޭން
400 ޓީޗަރުން ލިބޭނެ ކަމާ މެދު ޝައްކު: އިދިކޮޅު
ރެކޯޑް އަދަދަކަށް ޖަލްސާގައި މީހުން ބައިވެރިވާނެ:ނިހާން
ބޮޑު މުޒާހަރާއަކަށް ހުވަދު އަތޮޅު ތައްޔާރުވެއްޖެ
ފ. އަތޮޅު ވިއްކުމާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ކުރަނީ
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ