Roadha Mihaaru
"މަޖިލިހުގެ ކޮންޓްރޯލް ފަލާހަށް، ގޯލް ޖަހާނީ މޫސަ"

ދެން މަޖިލިސް ކޮންޓްރޯލްކުރައްވާނީ ފަލާހު، ގޯލް ޖައްސަވާނީ މޫސަ: ނިހާން

24 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވިޔަ ނުދީ އިދިކޮޅު ފަރާތްތަކުން ހިންގާ ކަންކަން ބޭނުން ގޮތަކަށް ހުއްޓުވުމުގެ ހުއްދަ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހަށް ދީފައިވާ ކަމަށާއި ގޭމް ޕްލޭންގައިވާ ގޮތުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް "ގޯލް ޖައްސަވާނީ" މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވިޔަ ނުދީ އިދިކޮޅު ފަރާތްތަކުން ހިންގާ ކަންކަން ބޭނުން ގޮތަކަށް ހުއްޓުވުމުގެ ހުއްދަ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހަށް ދީފައިވާ ކަމަށާއި ގޭމް ޕްލޭންގައިވާ ގޮތުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް "ގޯލް ޖައްސަވާނީ" މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހާގައި ނިހާން ވިދާޅުވީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި މަޑުން ތިއްބެވީ މަޖިލިސް ކޮންޓްރޯލްކުރަން އެނގިވަޑައިނުގަންނަވާތީ ނޫން ކަމަށެވެ. މަޖިލީހުގައި ބޭނުންގޮތެއް ހަދަން އިދިކޮޅު ފަރާތްތަކަށް ދެން ފުރުސަތު ނުދޭނެ ކަމަށާއި އެކަން ކޮންޓްރޯލްކުރެވޭ ވަރުގެ މެމްބަރުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގައި އެބަތިއްބެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަމާސާ ކުރައްވަމުން ނިހާން ވިދާޅުވީ މާލޭގައި ހުރި އެންމެ ވަރުގަދަ ޖިމަށްދާ ފަލާހަކީ 95 ކިލޯގެ ބަރު އުފުއްލަވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އެއްފަހަރާ ދެ މީހުން އުފުއްލާލުމަކީ އޭނާ އަށް މާ އުނދަގޫ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ތިޔައިން ދެ މީހަކު ކިހިލީގައި ޖަހާލައިގެން ދާނެ ފަލާހު އެކަނި ވެސް. ދެބަސްތާ ޖަހާލައިގެން އެހަރަ ހިނގައިގަތީ ހަމަ. ހަލީލު އުފުލާނެ ތިނެއް. އެހެންވީމަ މިވަރުގެ ވަރުގަދަ ފޯސްއެއް، ހަތަރެއް ތިނެއް، ތިނެއް ވިއަސް ނުވަތަ ތިނެއް ހަތަރެއް ވިއަސް މި ފޯމެޓުގައި އަޅުގަނޑުމެން ރެޑީގައި މިތިބީ ކަން ނުވެގެން ނޫނޭ،" ފުޓްބޯޅާގައި ބޭނުންކުރާ ފޯމޭޝަންތަކުން މިސާލު ޖައްސަވައި، އިދިކޮޅު މެމްބަރުންނަށް ނިސްބަތްކުރައްވައި ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު މެމްބަރުން މިހާރު އަމަލުކުރަމުން އަންނަ ބީދައިން ކުރިއަށް އޮތް ތަނުގައި ވެސް އަމަލުކުރާ ނަމަ އެތަނުން ދެން ބުރައިގެން ދާނީ ދޮރުތައް އެކަންޏެއް ނޫނެވެ. ފާރުތައް ވެސް ބުރައިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސް މޫސަ ހުންނެވީ ސަރުކާރާ އެކުގައި ކަަމަށާއި އޭނާ އަކީ އިދިކޮޅުގެ ކަންކަން ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ބޭފުޅެއް ކަަމށް ވިދާޅުވެ ނިހާން ތައުރީފް ކުރެއްވި އެވެ.

ނިހާން ސިފަކުރެއްވި ގޮތުގައި ސަރުކާރު ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެމްބަރުން މިހާރު ކުރައްވަމުން ގެންދަވަނީ "ގައުމީ ޖިހާދެކެ"ވެ.

މަޖިލީސް ކޮންޓްރޯލް ކުރުމުގެ ހުއްދަ ފަލާހަށް ދީފައިވާ ކަމަށް ނިހާން ވިދާޅުވިއިރު، މިއަދުގެ ޖަލްސާ އަށް ފަހު މަހެއްހާ ދުވަހަށް މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލައިފަ އެވެ.