މެންޗެސްޓާ (އޮގަސްޓް 24) - މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް މޮޅު ކުޅުމެއް ދެއްކި ތަޖުރިބާކާރު ސްޓްރައިކަރު ޒަލަޓަން އިބްރަހިމޮވިޗް އަލުން އެ ޓީމާ ގުޅިއްޖެ އެވެ.
24 އޯގަސްޓް 2017
މެންޗެސްޓާ (އޮގަސްޓް 24) - މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް މޮޅު ކުޅުމެއް ދެއްކި ތަޖުރިބާކާރު ސްޓްރައިކަރު ޒަލަޓަން އިބްރަހިމޮވިޗް އަލުން އެ ޓީމާ ގުޅިއްޖެ އެވެ.
ޔުނައިޓެޑާ މިދިޔަ ސީޒަން ފެށުމުގެ ކުރިން ގުޅުނު އިބްރަހިމޮވިޗް އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައިވާއިރު އޭނާ އަންނަނީ މިދިޔަ އޭޕްރިލް މަހު ކަކުލަށް ލިބުނު އަނިޔާއިން ރިކަވާވަމުންނެވެ.
އުމުރުން 35 އަހަރުގެ އިބްރަހިމޮވިޗް އަލުން ޔުނައިޓެޑާ ގުޅުނީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އިބްރަހިމޮވިޗް ބުނީ އޭނާ އަލުން ޔުނައިޓެޑާ ގުޅުނީ ފެށި މަސައްކަތް ނިންމުމަށް ކަމަށެވެ.
"އަލުން ޔުނައިޓެޑާ މި ގުޅުނީ ފެށި މަސައްކަތް ނިންމަން. އަބަދުވެސް އުއްމީދު ކޮށްގެން ހުރީ ޔުނައިޓެޑަށް އަދިވެސް ކުޅެން. މި ވަގުތު ހުރިހާ ސަމާލުކަމެއް ހުރީ އަނިޔާއިން އެއްކޮށް ރިކަވާވާން. އެ އަށް ފަހު އޯލްޓް ޓްރެފޯޑްގައި މެޗެއް ކުޅެލަން ކެތްމަދުވެފައި މިހުރީ،" އޭނާ ބުންޏެވެ.
ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އިބްރަހިމޮވިޗަކީ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށާއި ސީޒަންގެ ފަހު ކޮޅުގައި ކުޅޭ މުހިއްމު މެޗުތަކަށް ފިޓްވެގެން އޭނާ އައިސްފިނަމަ އެއީ އެ ޓީމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޔުނައިޓެޑުން މި ފަހަރު އިބްރަހިމޮވިޗް ސޮއިކުރުވީ ކުރިން އޭނާ އަށް ދިން މުސާރަ އަށް ވުރެ ކުޑަ މުސާރަ އަކަށެވެ. އިބްރަހިމޮވިޗް ޔުނައިޓެޑާ ގުޅުނީ ގިނަ ކްލަބްތަކުން އޭނާގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުން އަންނަނިކޮށެވެ.
އިބްރަހިމޮވިޗް ވަނީ ނިމުނު ސީޒަނުގައި ޔުނައިޓެޑަށް 46 މެޗު ކުޅެދީ 28 ގޯލް ޖަހައިދީފަ އެވެ. އެ ޓީމުން ޔުރޮޕާ ލީގާއި ލީގު ކަޕް އަދި ކޮމިއުނިޓީ ޝީލްޑް ހޯދިއިރު އިބްރަހިމޮވިޗުގެ ދައުރު ބޮޑެވެ. އަނިޔާއިން ރަނގަޅުވެ އިބްރަހިމޮވިޗަށް ކުޅުމަށް އެނބުރި އާދެވޭނީ އަންނަ ނޮވެމްބަރު މަހު ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިބްރަހިމޮވިޗް ޔުނައިޓެޑަށް ބަދަލުވާން ތައްޔާރު
ޔުނައިޓެޑަށް އޮތް ހުރަހަކީ ފާގަސަންގެ "ކާމިޔާބީ"
ޔުނައިޓެޑުގެ ކުރިން ގެލެކްސީ އަށް ބަދަލުވާން ބޭނުންވި
ޔުނައިޓެޑް ދޫކޮށް އިބްރަހިމޮވިޗް އެލްއޭ ގެލެކްސީ އަށް
"އިބްރަހިމޮވިޗް ހުރުމަކީ ލުކާކޫ އަށް ކަންބޮޑުވުމެއް"
އިބްރަހިމޮވިޗާއި ޕޮގްބާ އެނބުރި އަތުވެއްޖެ
ވޯލްޑް ކަޕުގައި ކުޅުމާ މެދު އިބްރަހިމޮވިޗް ވިސްނަނީ
އިބްރަހިމޮވިޗް ޔުނައިޓެޑުގައި މަޑުކުރުވަން ވާހަކަދައްކަނީ
އިބްރަހިމޮވިޗުގެ ކޮންޓްރެކްޓް އާކުރާނެ ކަމަށް ނުބެލެވޭ
އިބްރަހިމޮވިޗް ޔުނައިޓެޑުގައި މަޑުކޮށްފާނެ: އޭޖެންޓް