މެންޗެސްޓާ (ނޮވެމްބަރު 18) – އަނިޔާ އިން ފިޓްވެ ޒަލަޓާން އިބްރަހިމޮވިޗާއި ޕައުލް ޕޮގްބާ ޕްރިމިއާ ލީގުގައި މިރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުގެ ސްކޮޑުގައި ހިމެނޭނެ އެވެ.
18 ނޮވެމްބަރ 2017
މެންޗެސްޓާ (ނޮވެމްބަރު 18) – އަނިޔާ އިން ފިޓްވެ ޒަލަޓާން އިބްރަހިމޮވިޗާއި ޕައުލް ޕޮގްބާ ޕްރިމިއާ ލީގުގައި މިރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުގެ ސްކޮޑުގައި ހިމެނޭނެ އެވެ.
ޔުރޮޕާ ލީގުގެ މެޗެއްގައި މިދިޔަ އޭޕްރިލް މަހު ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއާ ގުޅިގެން އިބްރަހިމޮވިޗް، 36، ގިނަ ދުވަސްތަކެއް ވަންދެއް ކުޅުމާ ދުރުގައި ހުންނަން ޖެހުނުއިރު މިދިޔަ ސީޒަން ނިމުމުން ކްލަބުން އޭނާ ދޫކޮށްލި އެވެ. އެކަމަކު ފަހުން އަލުން ގުޅުނީ އެވެ.
އުމުރުން 24 އަހަރުގެ ޕޮގްބާގެ ފަލަމަސްގަނޑަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި ބަސެލްއާ ދެކޮޅަށް ކުޅެނިކޮށް ސެޕްޓެމްބަރު މަހު އެވެ.
މީގެ އިތުރުން އިބްރަހިމޮވިޗާ އެއްކޮށް ކަކުލަށް އަނިޔާވި ޑިފެންޑަރު މާކޯސް ރޮހޯ ވެސް ވަނީ ފިޓްވެ އެނބުރި އައިސްފަ އެވެ. ކޯޗު ހޯސޭ މޮރީނިއޯ ވަނީ މި ތިން ކުޅުންތެރިން ވެސް ސްކޮޑުގައި ހިމެނޭނެ ކަމަށް ބުނެފަ އެވެ.
ޔުނައިޓެޑުން ރަނގަޅު ފޯމެއްގައި މި ސީޒަން ފެށި ނަމަވެސް ފަހަކަށް އައިސް ކޮންމެވެސް ވަރަކަށް ދަށްވި އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ޕޮގްބާ ނެތުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
އިބްރަހިމޮވިޗްގެ ބަދަލުގައި ޔުނައިޓެޑުން މި ސީޒަނުގައި ގެނައީ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. އިބްރަހިމޮވިޗް ފިޓްވި ނަމަވެސް އަދިވެސް ފުރުސަތު ދޭނެ ކަމަށް ބެލެވެނީ ލުކާކޫ އަށެވެ. މޮރީނިއޯ ވަނީ އެ ދެ ކުޅުންތެރިންނަށް އެއްކޮށް ކުޅެވިދާނެ ކަމަށް ބުނެފަ އެެވެ.
"މިދިޔަ ސީޒަނުގައި އަހަރެމެން ހުރިހާ މިނެޓެއް ވެސް ކުޅުނީ އިބްރަހިމޮވިޗާ އެކު. (އެކަމަކު) މިހާރު އަހަރެމެންނަށް ދަސްވެއްޖެ އޭނާ ނެތި ވެސް ކުޅެން. އަހަރެމެން އޭނާ އަށް އުފަލާ އެކު މަރުހަބާ ކިޔަން. އޭނާ އަކީ އާދަޔާހިލާފު މީހެއް،" މޮރީނިއޯ ބުންޏެވެ.
އޯލްޑް ޓްރެފޯޑުގައި މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ކުޅޭ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 10:30 ގަ އެވެ. މި ވަގުތު 23 ޕޮއިންޓާ އެކު ޔުނައިޓެޑް ދެ ވަނައިގައި އޮތްއިރު އެއް ވަނައިގައި އޮތީ 31 ޕޮއިންޓާ އެކު ވާދަވެރި މެންޗެސްޓާ ސިޓީ އެވެ.
ޕޮގްބާ އަނެއްކާވެސް ހިލޭ ޓްރާންސްފާގައި ޔުވެންޓަސް އަށް
ޕޮގްބާ ދާން ބޭނުންވާނަމަ ނުހުއްޓުވާނަން: ރަންގްނިކް
"ފަލަސްތީނަށް ތާއީދުކުރި ޕޮގްބާއަށް އިހްތިރާމް ހައްގު"
މޮރީނިއޯގެ މޭން މެނޭޖްމެންޓް ކަމަކުނުދޭ: ޕޮގްބާ
ޕޮގްބާ އަށް މުހިއްމު މެޗުތަކެއް ގެއްލޭނެ
ޕޮގްބާގެ ލަނޑުން ޔުނައިޓެޑް އަލުން އެއް ވަަނަ އަށް
ޕޮގްބާ ޔުނައިޓެޑް ދޫކޮށްލަންޖެހޭ: އޭޖެންޓް
ކުޑަ އަގެއްގައި ޕޮގްބާ ވިއްކާލަން ޔުނައިޓެޑް ތައްޔާރު
ޕޮގްބާ އިތުރު އެއް އަހަރަށް މަޑުކުރުވަން ނިންމައިފި
ރެއާލަށް ކުޅުމަކީ ހުވަފެނެއް: ޕޮގްބާ