27 އޯގަސްޓް 2017
އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ބޭއްވި ހިނގާލުން ރޫޅާލުމަށް ފުލުހުން ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ޖެހުމުން ބައެއް މީހުންނަށް އޭގެ އަސަރުކޮށްގެން ހޮސްޕިޓަލްގައި ފަރުވާދީފި އެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ބޭއްވި ހިނގާލުން ރޫޅާލުމަށް ފުލުހުން ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ޖެހުމުން ބައެއް މީހުންނަށް އޭގެ އަސަރުކޮށްގެން ހޮސްޕިޓަލްގައި ފަރުވާދީފި އެވެ.
އެމްޑީޕީން ބުނީ، އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ ކުނޫޒް ކައިރީގައި ތިބި މީހުންގެ ގަޔަށް ފުލުހުން ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ޖެހުމުން އަނިޔާވި މީހުންނަށް ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ.
"މަޖިލިސް މެމްބަރުންނަށް ކުރާ އަނިޔާ ހުއްޓާލާ" ގެ ނަމުގައި ބޭއްވި މި ހިނގާލުން ރޫޅާލުމަށް ޕެޕާ ސްޕްރޭ ޖެހުމުން އޭގެ އަސަރުކޮށްގެން އައިޖީއެމްއެޗަށް ހަތް މީހުން ގެންދިޔަ ކަމަށް ވެ އެވެ. އެކަމަކު އެއްވެސް މީހަކަށް ސީރިއަސް ޒަހަމެއް ނުލިބެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންގެ ތެރެއިން އެއްފަހަރާ 12 މެމްބަރަކަށް ދައުވާ އުފުލައި އަދި ތަފާތު ތުހުމަތުގައި އެހެން ބައެއް މެމްބަރުން ފުލުސް އޮފީހަށް ހާޒިރުކުރުން އާންމު ވެފައިވާތީ އެކަމާ ދެކޮޅަށް އިދިކޮޅު ހަރަކާތުން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް މާލޭގައި އަންނަނީ ހިނގާލުން ބާއްވަމުންނެވެ. އަދި ބައެއް ރޭރޭގައި އެ ހިނގާލުން ރޫޅާލުމަށް ފުލުހުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކޮށް ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ޖަހާކަން ފާހަގަކުރެވެ އެވެ.
އިދިިކޮޅު މެމްބަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ތިން އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ހުކުމްކޮށްފަ އެވެ. އަދި ދިއްގަރު ދާއިރާގެ މެމްބަރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނަށް ކުރާ ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގެ ދައުވާގެ ޝަރީއަތް ނިމެންދެން ވަނީ މާފުށީ ޖަލުގައި ބަންދުކޮށްފަ އެވެ. ފާރިސް ބަންދުކޮށްގެން ގެންގުޅޭތާ ވެސް މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ޕީޕީއެމަށް މާލޭގައި ކޮންމެ ކަމެއް "ރާސްޓަސް"!
ގާނޫނަށް ބުރޫ އަރާ ކަމެއް ނުކުރަން އިންޒާރު ދީފި
މުޒާހަރާތެރެއަށް ވަދެގަތް މީހާގެ ސައިކަލް ޓޯ ކޮށްފި
އިންޑިއާ އައުޓް ބޮޑު ހަރަކާތް ނުބޭއްވޭނެކަން އަންގައިފި
ޕޮލިހަށް ގެންދިޔަ 12 މީހުން ޖޫރިމަނާކޮށް ދޫކޮށްލައިފި
މަގުތަކުގައި އެއްނުވެ ހިޔާލުފާޅު ކުރޭ: ފައިރޫޝް
ފުލުހުންގެ ދިފާއުގައި އިދިކޮޅުން މުޒާހަރާކޮށްފި
ގާނޫނާ ހިލާފަށް އެއްވާކަށް ފުރުސަތެއް ނުދޭނަން: ޕޮލިސް
މާލޭގައި ހުޅު ޖަހަން ދަނީ ރާވަމުން: ފުލުހުން
ޕެޕާ ސްޕްރޭ ޖެހުމުން މީހެއްގެ ހާލު ދެރަވެ އައިސީޔޫގައި