ބ. ކެންދޫން 15 މީހުންނާ އެކު ފުރައިގެން މާލެ ދަތުރުކުރި ބޯޓެއް ބަނޑޮސް އައިލެންޑް ރިސޯޓުގެ އިރުމަތީ ފަރަށް ރޭ އަރައިފި އެވެ.
30 އޯގަސްޓް 2017
ބ. ކެންދޫން 15 މީހުންނާ އެކު ފުރައިގެން މާލެ ދަތުރުކުރި ބޯޓެއް ބަނޑޮސް އައިލެންޑް ރިސޯޓުގެ އިރުމަތީ ފަރަށް ރޭ އަރައިފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ރޭ 22:20 ހާއިރު، ހިނގި ހާދިސާގައި "ފްލާވާ" ބޯޓުގައި ތިބި މީހުންގެ ތެރޭގައި އަންހެނަކާއި ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.
އެކަމަކު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.
ބަނޑޮސް އައިލެންޑް ރިސޯޓުގެ ދޯންޏެއްގެ އެހީތެރިކަމާ އެކު އޭގެ ތެރެއިން އަށް މީހަކު، އެ ރިސޯޓަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ބޯޓު ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފާއި ބޯޓުގެ ވެރިފަރާތުން އަންނަނީ ކުރަމުންނެވެ.
މާލެ ދަތުރު ކުރި ބޯޓެއް ފަރަށް އެރިއިރު، މާލޭ ދެކުނު ފަރާތު ނެރު ކައިރިއަށް ދޯންޏާއި ލޯންޗުފަހަރު އެރުން ވެސް މި ދުވަސްވަރު ވަނީ އާންމު ކަމަކަށްވެފަ އެވެ. އެ ހާދިސާތަކުގައި އުޅަނދަށާއި މީހުންނަށް ދަނީ ގެއްލުން ލިބެމުންނެވެ.
މި ސަރަހައްދުގެ ކަނޑުގައި ބާނިތައް ވަރުގަދަ ވެފައިވާއިރު، މި ދުވަސްވަރު މާލެ އާއި ބައެއް ރަށްރަށަށް ދަނީ އުދައަރައި ގެއްލުންތަކެއް ލިބެމުންނެވެ.
ފަރަށް އެރި ތެޔޮބޯޓު ފުންކޮށްފި
30މީހުންނާއެކު ދަތުރުކުރި ލޯންޗެއްދިޔަވާތީ އެހީތެރިވަނީ
އަޑިއަށް ދިޔަ ބޯޓުން ގެއްލުނު މީހާ ފެނިއްޖެ
ބޯޓެއް އަޑިއަށް ގޮސް މީހަކު ގެއްލިގެން ހޯދަން ފަށައިފި
13 މީހުންނާއެކު ދަތުރުކުރި މަސްދޯންޏެއް ބިނދިއްޖެ
ވެސްޓް ޕާކް ތޮށިގަނޑަށް ދޯންޏެއް އަރައިފި
ގެއްލުނު ކައްޕި ހޯދުމުގެ މަސައްކަތް އަދި ވެސް ކުރިއަށް
ލޯންޗު ޖެހުނީ ނަސްރުﷲ އިން ޑިންގީގެ ފަހަތުގައި
ކައްޕި ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
ކައްޕި އަދިވެސް ނުފެނޭ، ގެއްލުނު ގޮތް ތަހުގީގު ކުރަނީ