Roadha Mihaaru

ފަރަށް އެރި ތެޔޮބޯޓު ފުންކޮށްފި

ޅ. ފެލިވަރު ކައިރީގައި އޮންނަ ފަރަކަށް މިއަދު ހެނދުނު އެރި، އެސްޓީއޯގެ ތެޔޮ ބޯޓު މީގެ އިރުކޮޅެއް ކުރިން ފުންކޮށްފި އެވެ.

ފަރަށް އެރި ތެޔޮބޯޓު ފުންކޮށްފި
އާމިނަތު ޝިފްލީން
އާމިނަތު ޝިފްލީން

16 އޮކްޓޯބަރ 2017

ޅ. ފެލިވަރު ކައިރީގައި އޮންނަ ފަރަކަށް މިއަދު ހެނދުނު އެރި، އެސްޓީއޯގެ ތެޔޮ ބޯޓު މީގެ އިރުކޮޅެއް ކުރިން ފުންކޮށްފި އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި "ގުރާބު" ނަމަކަށް ކިޔާ މި ބޯޓު ފުންކުރީ، އެސްޓީއޯގެ އެހެން ބޯޓެއްގެ އެހީގަ އެވެ.

ށ. މިލަންދޫން ފުރައިގެން މާލެ ދަތުރުކުރަނިކޮށް ބޯޓު ފަރަށް އެރިއިރު އޭގައި 12 މީހަކު ތިއްބެވެ. އަދި ބޯޓު ދަތުރުކުރީ ޕެޓްރޯލް ހިފައިގެން ކަމަށް ވެސް އެމްޑީއެފުން ބުންޏެވެ.

ބޯޓު ފަރަށް އެރުމުގެ ސަބަބުން ބޯޓަށް އަދި ފަރަށް ލިބުނު ގެއްލުމެއް ވެސް އަދި ނޭނގެ އެވެ. އުޅަނދުތައް ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބޭ ގެއްލުމާ ގުޅިގެން އެ އުޅަނދުތަކަށް ބޮޑެތި ޖޫރިމަނާތައް އައިސްފައިވެ އެވެ.