Roadha Mihaaru
މަޖިލިސް އެ ދަނީ ކޮށައި ކުދިކޮށްލަމުން: ސައުދު

މަޖިލިސް އެ ދަނީ ކޮށައި ކުދިކޮށްލަމުން: ސައުދު

30 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލިސް "ކޮށައި ކުދިކޮށްލަމުން" ދާއިރު، މަޖިލީހުގެ ދިފާއުގައި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނަށް ދެއްކެވޭނެ ވާހަކައެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިސް "ކޮށައި ކުދިކޮށްލަމުން" ދާއިރު، މަޖިލީހުގެ ދިފާއުގައި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނަށް ދެއްކެވޭނެ ވާހަކައެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ހަރަކާތްތަކުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދު ވިދާޅުވީ ދައުލަތުގެ އެއް ބާރު ކަމަށްވާ މަޖިލިސް ކޮށައި ކުދިކޮށްލާއިރު، ސަރުކާރުގެ ކޯލިޝަންގެ ޕީޕީއެމް/އެމްޑީއޭގެ މެމްބަރުން ތިއްބެވީ "މަންމަނު، ބީރު، އަނދިރި" ބައެއްގެ ގޮތުގައި ކަމަށެވެ.

"ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނަށް ޖެހިފައި އޮތް ހާލަކީ މިވަގުތު، ލޮލަށް ނުފެނޭ. ކަންފަތަކަށް އަޑެއް ނީވޭ، ބުނަން ޖެހޭ ވާހަކައެއް ބުނުމުގެ ހައްގެއް ނެތް،" ސައުދު ވިދާޅުވި އެވެ.

"މާދަމާ ސަރުކާރުން ހުށަހަޅަންވީ ރައްޔިތުންގެ މައްޗަށް ކޮންމެ ފަދަ ގާނޫނެއް ފާސް ކުރަން ޖެހުނަސް، އެބޭފުޅުންނަށް ޖެހޭނީ އަމަލު ކުރަން. މި ހާލަތެއް ނޫން މި ގައުމުގައި އޮންނަން ޖެހޭނީ."

ސައުދު ފާހަގަކުރެއްވި ގޮތުގައި މެމްބަރުންނާއި ފަނޑިޔާރުންނަކީ މިނިވަންކަމާއެކު މަސައްކަތް ކުރައްވަން ޖެހޭ ބައެކެވެ. ނަމަވެސް ގާނޫނުގެ ބާރުވެރިކަން ރައްޔިތުންނަށް ފޯރާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު (ކ) ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު (ކ) ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވަނީ އެ ބޭފުޅުންގެ ގޮނޑިތައް ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅުމާ ގުޅިގެން އެ ނިންމުމަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެ އެބޭފުޅުން އަދިވެސް ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ކަމަށް އެ ބޭފުޅުން ތަކުރާރުކޮށް ވިދާޅުވި އެވެ.

މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅިއިރު، ކުރިއަށް އޮތް ތަނުގައި ގިނަ ދާއިރާތަކެއްގެ ގޮނޑިތައް ގެއްލޭނެ ކަމަށް ސައުދު ވިދާޅުވި އެވެ. އެކަމަކު، މިއީ ޑިމޮކްރަޓިކް އަސާސްގެ މައްޗަށް ހިންގާ ކަންކަން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ގައުމުގެ ހުރިހާ ކަންކަން ހިންގަމުން ދަނީ "ދަރުބާރު ފެކްޝަންގެ ޖަގަހަ" ތެރޭގައި ކަމަށާއި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް މިނިވަން މުއައްސަސާތަކުން އަމަލު ކުރަމުން ނުދާ ކަމަށެވެ. ހާއްސަކޮށް ޕީޕީއެމުން ބޭނުންވާ ގޮތަށް އީސީގެ މެމްބަރުން ކަންކަން ކުރައްވައިގެން، މުސްތަގުބަލުގައި އެ މެމްބަރުންގެ މައްޗަށް ދައުވާ ކުރެވި، ރައްޔިތުންގެ ހައްގުތައް ހޯދައިދެވޭނެ ކަމަށެވެ.

"އެބޭފުޅުން މިއަދު ކަންކަން ކުރައްވަނީ ގާނޫނުއަސާސީ އާއި ގަވާއިދުތަކާއި ހެދިފައި ހުރި އުސޫލުތަކާ ހިލާފަށް. ޝައްކެއް ނެތް މިންވަރަށް،" ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވި ގޮތުގައި ސަރުކާރަކީ ގޮތް ދޫނުކުރާ، އިދިކީލަ ސަރުކާރެއްކަން ރައްޔިތުން ގަބޫލުކުރެ އެވެ. ސަރުކާރުގައި އޮތީ ކޮރަޕްޝަނާއި ފަސާދައިން ފުރިފައި ކަމަށާއި މަޖިލިސް މެމްބަރުން ބޭނުން ކުރައްވަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ގާނޫނުތައް ފާސްކުރަން ކަމަށް ލަތީފް ވިދާޅުވި އެވެ.

ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާ އަށް ވަން ކަމަށް ބުނެ، މެމްބަރުންގެ މައްޗަށް ކުރަން ނިންމި ދާއުވާތައް އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ގޮވާލައްވައިފަ އެވެ.

އަމީތު ވިދާޅުވީ މެމްބަރުންގެ ހައްގުތައް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގާނޫނީ ވަކީލުންނާއި ސިޔާސީ ޕާޓީތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ ލީޑަރުންނާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އަމީތު ވިދާޅުވި އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުން އެންމެ ފަހުން ނިންމި ނިންމުމާ ގުޅިގެން އީސީން އަމަލު ކުރި ގޮތާ ދެކޮޅަށް ކޯޓުތަކަށް ވަޑައިގަންނަވަން ޖެހުނަސް، އެކަން ކުރައްވާނެ ކަމަށް އަމީތު ވިދާޅުވި އެވެ. އަދި ހައްގުތައް ހޯދަން ނުފޮރަޅާނެ ގަލެއް ނޯންނާނެ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.