Roadha Mihaaru
ކުޅުދުއްފުށީ މާލި ޕެރޭޑް މިފަހަރު ވެސް ސިޔާސީ

ކުޅުދުއްފުށީ މާލި ޕެރޭޑް މިފަހަރު ވެސް ސިޔާސީ

02 ސެޕްޓެމްބަރ 2017

މި ރަށަކީ ކޮންމެ އަހަރެއްގެ އީދެއްގައި ވެސް އެންމެ ތަފާތު އެއް ހަރަކާތް ފެންނަ ރަށެވެ. މިދިޔަ އަހަރު ވެސް ބޮޑު އީދުގައި މި ރަށުގައި ބޭއްވި ޕެރޭޑް ވެގެން ދިޔައީ ވަރަށް ގިނަ ބައެއްގެ ނަޒަރު ހުއްޓިގެން ދިޔަ ހަރަކާތަކަށެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް މިވަނީ މި ހަރަކާތް މުޅި ސޯޝަލް މީޑިއާގައި ފަތުރާލައިފަ އެވެ. ހދ. ކުޅުދުއްފުށީ މީހުން މާލި ޕެރޭޑް ގެނެސްދިން ގޮތް އެތައް ބަޔަކަށް މަޖާގަނޑަކަށް ވި އެވެ.

ކުޅުދުއްފުށީ މީހުން ތައްޔާރުކުރި "ދަތްދޮޅި" ފުޅަނދު

ކުޅުދުއްފުށީ މީހުން ތައްޔާރުކުރި "ދަތްދޮޅި" ފުޅަނދު

އެހެން އަހަރުތަކެކޭ އެއްގޮތަށް މިފަހަރު ވެސް އެމީހުން ގެނެސްދިނީ ރާއްޖޭގައި މިހާރު ހުރި ގައުމީ ބޮޑެތި ބައެއް މައްސަލަތަކުގެ ސުރުހީތައް ދައްކަައިދޭ، އަދި ބައެއް "ހޫނު" ވާހަކަތަކަށް އިޝާރާތް ކޮށް ހަދާފައިވާ ފުޅަނދުތަކެކެވެ. މި ފުޅަނދުތަކުން ވަރަށް ގިނަ މެސެޖްތަކެއް ދައްކުވައިދެ އެވެ. މިއީ ވަރަށް ފައްކާ ސިޔާސީ ފުޅަނދުތަކެވެ.

މި ފަހަރު ގެނެސްދިން ފުޅަނދުތައް ހުރީ އެކަމަކާ ވަރަށް ގުޅޭ ގޮތަށް އެކި އެއްޗެތި ބޭނުންކޮށްގެން ތައްޔާރުކޮށްފަ އެވެ.

މަޖިލީހުން ގެއްލުނު ކަމަށް ކަނޑައެޅި "ހަތަރު ގޮނޑި" ކުޅުދުއްފުށީ ޕެރޭޑްގައި ދައްކުވައިދެނީ

މަޖިލީހުން ގެއްލުނު ކަމަށް ކަނޑައެޅި "ހަތަރު ގޮނޑި" ކުޅުދުއްފުށީ ޕެރޭޑްގައި ދައްކުވައިދެނީ

އެ ރަށުގެ ބޮޑެތި މަގުތަކުގައި ކުރިޔަށް ގެންދިޔަ ޕެރޭޑްގައި މިއަހަރު ދައްކުވައިދިން ފުޅަނދުތަކުގެ ތެރޭގައި ދާދިފަހުން މަޖިލީހުގެ މެމްބަރުކަން ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަތަރު ގޮނޑި އާއި ދާދިފަހުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ސިފައިންގެ އެސްޕީޖީގެ ބަޔަކާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅެއްގައި ބޭނުންކުރެއްވި "ދަތްދޮޅި" ދައްކުވައިދީފައިވެ އެވެ. އަދި އޭގެ އިތުރުން ރައީސް ޔާމީނަކީ ފިނިފެން މަލެއް ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން "މޯޅިނުވާ ފިނިފެންމާ" ވެސް ދައްކުވައިދީފައިވެ އެވެ. އޭގެ އިތުރުން ސިޔާސީ ކުޑަގޮޅި ވެސް ދައްކުވައިދީފައިވެ އެވެ.

ކުޅުދުއްފުށީ މީހުން ޕެރޭޑްގައި ސިޔާސީ ކުޑަ ގޮޅި ދައްކުވައިދެނީ.

ކުޅުދުއްފުށީ މީހުން ޕެރޭޑްގައި ސިޔާސީ ކުޑަ ގޮޅި ދައްކުވައިދެނީ.

އެ ޕެރޭޑްގައި "ކަޅު ފައިސާ ދޮވުން" އަދި "ފައިސާ ގޯނި" ވެސް ދައްކުވައިދީފައިވެ އެވެ. އޭގެ އިތުރުން "ހަލާލް ފްލެޓް" އާއި ކަރަންޓު ބިލު ވެސް ދައްކުވައިދޭ ފުޅަނދެއް ހަދާފައިވެ އެވެ.

ކުޅުދުއްފުށީ ފުޅަނދުތައް ދައްކައިލިއިރު އެތައް ބަޔަކު އެ ޕެރޭޑް ބަލަން މަގުތަކަށް ނުކުތެވެ.