04 ސެޕްޓެމްބަރ 2017
މާލޭގެ ވިޔަފާރި ބަނދަރުގައި ކޮންޓެއިނާއެއް ބޯޓަކަށް ބަރުކުރަނިކޮށް، އެ ކޮންޓެއިނާ އަރިއަޅާލައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދިވެހި މުވައްޒަފެއްގެ ފައި މިރޭ ޒަޚަމްވެއްޖެ އެވެ.
މާލޭގެ ވިޔަފާރި ބަނދަރުގައި ކޮންޓެއިނާއެއް ބޯޓަކަށް ބަރުކުރަނިކޮށް، އެ ކޮންޓެއިނާ އަރިއަޅާލައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދިވެހި މުވައްޒަފެއްގެ ފައި މިރޭ ޒަޚަމްވެއްޖެ އެވެ.
އެ އިދާރާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގަން ދިމާވީ ބޯޓެއްގެ ފަލްކާ އަށް ކޮންޓެއިނާތަކެއް ބަރުކުރަމުން އަންނަނިކޮށެވެ.
އެ ކޮންޓެއިނާތަކުގެ ތެރެއިން އެކަތި އަރިއަޅާލައިގެން، ޒަހަމްވި މީހާގެ ފައި ވަރަށް ބޮޑަށް ފިތިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ކޮންޓެއިނާ އަރިއަޅާލައިގެން، އެތަނުގައި ހުރި އެމްޕީއެލް މުވައްޒަފެއްގެ ފައި ފިތުނީ. ބެލެވޭ ގޮތުގައި އޭނާ އަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައި،" އޭނާ ވިދާޅުވި އެވެ.
އެމްޕީއެލް އިން ފަހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަނިޔާވި މުވައްޒަފު ހުރި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކޮށްފައި ކަމަށެވެ.
"އަދި ކުންފުނިން އަމަލުކުރަމުންދާ ސަލާމަތީ ގަވައިދުތަކުގެ ތެރެއިން އެއްވެސް ކަމެއް ފުރިހަމަ ވެފައި ނުވާ ކަމެއް މިހާތަނަށް ފާހަގަކުރެވިފައެއް ނުވެ އެވެ،" އެމްޕީއެލް އިން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި މާލޭގެ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ އެމްޕީއެލްގެ މުވައްޒަފުންނާއި އެހެން މީސްމީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަބަދުވެސް ސަމާލުކަން ދެ އެވެ. ނަމަވެސް ކާގޯ ބޯޓުތަކުގައި ކޮންޓެއިނަރު ބަރުކުރުމާއި ކޮންޓެއިނަރު ބޭލުމަކީ އޭގެ ޒާތުގައި ރިސްކް ބޮޑު ކަމެއް ކަމަށާއި މިރޭ ހިނގި ފަދަ ހާދިސާއެއް މަދުން ނަމަވެސް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްޕީއެލް އިން ބުންޏެވެ.
މި ހާދިސާގައި ޒަހަމްވި މީހާ އަށް އައިޖީއެމްއެޗުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ. އެ ހޮސްޕިޓަލުން ބުނީ ޒަހަމްވި މީހާގެ ފައި ވަރަށް ބޮޑަށް ޗިސްވެފައިވާ ކަމަށެވެ. އަދި މިހާރު އިމަޖެންސީ ސާޖަރީއެއް ކުރުމަށް ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އެ މުވައްޒަފަށް ފަރުވާ ދިނުމުގެ ކަންކަން ބަލަހައްޓަނީ އެމްޕީއެލް އިން ކަމަށް އެ ކުންފުނިން ބުނެ އެވެ.
ޕެލެޓްގެ ދަށުވި މީހާގެ ކަށިތަކަށް ވަނީ ގެއްލުންވެފައި
ކޮންޓެއިނަރުން ޖެހި ޒަޚަމްވި މީހާ އިންޑިއާ އަށް
ކޮންޓެއިނަރުން ޖެހި ޒަޚަމްވި މީހާގެ ހާލު ރަނގަޅު
ކޮންޓެއިނަރުން ޖެހި ޒަހަމްވި މީހާ ބޭރަށް ފޮނުވާލަނީ
އެމްޕީއެލްގައި ޒަހަމްވި މީހާ އަދިވެސް ސީރިއަސް
ކާޕެޓް ރޯލެއް ވެއްޓި ދަށުވި މީހަކު އައިސީޔޫގައި
ބިއްލޫރިތަކުގެ ދަށުވި މީހާ މަރުވެއްޖެ
ބައެއް މުދާތައް އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފި
އަލުވި ބަސްތާއެއްގެ އަގު 500ރ. އަށް އަރައިފި
މުދާ ނެރުން ލަހެއް ނުވާނެ: އެމްޕީއެލް