Roadha Mihaaru
ކޮންޓެއިނަރުން ޖެހި ޒަހަމްވި މީހާ ބޭރަށް ފޮނުވާލަނީ

ކޮންޓެއިނާ އިން ޖެހި ޒަޚަމްވި މީހާ ރާއްޖޭން ބޭރަށް ފޮނުވާލަނީ

05 ސެޕްޓެމްބަރ 2017

މާލޭގެ ވިޔަފާރި ބަނދަރުގައި ކޮންޓެއިނާއެއް ބޯޓަކަށް ބަރުކުރަނިކޮށް، އެ ކޮންޓެއިނާ އިން ޖެހި ޒަޚަމްވި މީހާ އަށް އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ފޮނުވާލަން މިއަދު ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގެ ވިޔަފާރި ބަނދަރުގައި ކޮންޓެއިނާއެއް ބޯޓަކަށް ބަރުކުރަނިކޮށް، އެ ކޮންޓެއިނާ އިން ޖެހި ޒަޚަމްވި މީހާ އަށް އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ފޮނުވާލަން މިއަދު ނިންމައިފި އެވެ.

ބޯޓެއްގެ ފަލްކާ އަށް ކޮންޓެއިނާތަކެއް ބަރުކުރަން އުޅުމުގެ ތެރޭގައި އަނިޔާވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފެކެވެ. އޭނާގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ބަލަހައްޓަނީ އެތަނުންނެވެ.

އެމްޕީއެލްގެ އޮފިޝަލަަކު މިއަދު ވިދާޅުވީ ޒަޚަމްވި މީހާގެ ފައިގެ އޮޕަރޭޝަނެއް އައިޖީއެމްއެޗުގައި މިހާރު ކޮށްފައިވާ ކަމަށާއި އެމީހާގެ ހާލަތާ މެދު އެއްޗެއް ވިދާޅުވާން އެނގޭނީ ހަތަރު ދުވަސް ފަހުން ކަމަށެވެ.

"އޮޕަރޭޝަން ކުރުމަށް ފަހު މިހާރު އޮތީ އޮބްޒަވޭޝަންގައި. ޑޮކްޓަރުން އަންގަނީ 48 ގަޑި އިރު ފަހުން ކަމަށް އެއްޗެއް ބުނަން އެނގޭނީ،" އޮފިޝަލް ވިދާޅުވި އެވެ.

"އެމީހާ އަށް އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ކުރިއަށް އެބަދޭ."

އެނގިފައިވާ ގޮތުގައި ބޯޓެއްގެ ފަލްކާ އަށް ކޮންޓެއިނާތަކެއް ބަރުކުރަން އުޅެނިކޮށް، އެކަތި އަރިއަޅާލައިގެން، ޒަޚަމްވި މީހާގެ ފައިގައި އެ ކޮންޓެއިނާ އިން ޖެހި އޭނާގެ ފައި ވަރަށް ބޮޑަށް ވަނީ ޗިސްވެފަ އެވެ. އެމްޕީއެލް އިން ބުނީ އެމީހާ ޒަހަމްވީ އޭނާގެ ފަޔާއި ކޮންޓެއިނަރާ ފިތިގެން ކަމަށެވެ.

އެމްޕީއެލް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އަނިޔާވި މުވައްޒަފު ހުރީ ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކޮށްފައި ކަމަށެވެ. ކާގޯ ބޯޓުތަކުގައި ކޮންޓެއިނަރު ބަރުކުރުމާއި ކޮންޓެއިނަރު ބޭލުމަކީ އޭގެ ޒާތުގައި ރިސްކް ބޮޑު ކަމެއް ކަމަށާއި ރޭ ހިނގި ފަދަ ހާދިސާއެއް މަދުން ނަމަވެސް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.