Roadha Mihaaru
އަމީތާބު ވީޑިއޯ މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވި

ޑަބްލިއުއެޗްއޯގެ ބައްދަލުވުމުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަމީތާބު ބައިވެރިވެއްޖެ

07 ސެޕްޓެމްބަރ 2017

ބޮލީވުޑްގެ ބަތަލު އަމީތާބު ބައްޗަން ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ސައުތު އީސްޓް އޭޝިއާ ރީޖަނަލްގެ ބައްދަލުވުމުގައި ބައިވެރިވުމަށް ރާއްޖެއަށް ކުރަން ހަމަޖެއްސި ދަތުރު ކެންސަލް ކުރުމަށް ފަހު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ ބައްދަލުވުމުގައި މިއަދު ބައިވެރިވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބޮލީވުޑްގެ ބަތަލު އަމީތާބު ބައްޗަން ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ސައުތު އީސްޓް އޭޝިއާ ރީޖަނަލްގެ ބައްދަލުވުމުގައި ބައިވެރިވުމަށް ރާއްޖެއަށް ކުރަން ހަމަޖެއްސި ދަތުރު ކެންސަލް ކުރުމަށް ފަހު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ ބައްދަލުވުމުގައި މިއަދު ބައިވެރިވެއްޖެ އެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓުގައި އިއްޔެ ފެށި ބައްދަލުވުމުގައި ބައިވެރިވާން އަމީތާބު ރާއްޖެ އަންނަން އޮތީ މިއަދު މެންދުރެވެ. އެކަމަކު އެންމެ ފަހު ވަގުތު އެ ދަތުރު ވަނީ ކެންސަލްކޮށްފަ އެވެ. އޭނާ ސިއްހީ މައްސަލަތަކަކާ ހެދި ރާއްޖެ ނާންނަ ކަމާށާއި އެހެންވެ ރިސޯޓްގައި އޭނާއަށް ހެދި ބުކިން ކެލްސަލް ކުރުމަށް ހެލްތް މިނިސްޓްރީން ވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓަށް އަންގައިފަ އެވެ.

ޑަބްލިއުއެޗްއޯ ސައުތު އީސްޓް އޭޝިޔާ ރީޖަން (ޑަބްލިއުއެޗްއޯސިއާރޯ) އިން ކުރި ޓްވީޓުގައި ބުނީ ހެޕަޓައިޓިސްއާ ބެހޭ ބައްދަލުވުމުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަމީތާބު ބައިވެރިވެ ވާހަކަދައްކާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގެ ބައިވެރިންނާ ވާހަކަދައްކަމުން އަމީތާބު ބުނީ ހެޕިޓައިޓިސް އަކީ ނޭނގުމެއްގެ ތެރޭގައި އެމީހަކު މަރާ ކުރިމަތިކުރުވަފާނެ ފަދަ ބައްޔެއް ކަމަށެވެ.

އޭނާ އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ހެޕަޓައިޓިސް އަށް މި ސަރަހައްދުން ކަނޑައަޅާފައިވާ ގުޑްވިލް އެމްބެސެޑަރެވެ.

ޑަބްލިއުއެޗްއޯގެ މި ސަރަހައްދުގެ އޮފީހުން ކުރި ޓްވީޓް

އަމީތާބުގެ ދަތުރު ކެންސަލްކުރިއިރު އޭނާ ރާއްޖެ ނާންނަން ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފެއްޓެވި އެވެ. އެ ކެމްޕޭން ފުޅާވެ، އިދިކޮޅު އެތައް ބަޔަކު ވަނީ އަމީތާބު ރާއްޖެ ނާންނަން އެދިފަ އެވެ. އެ ކެމްޕޭންގައި ގޮވާލަމުން ދިޔައީ، ރާއްޖޭގެ ސިޔާސީ ލީޑަރުން ޖަލަށް ލާފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީން ދީފައިވާ ހައްގުތަކާއި މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށާއި އެހެންވެ، އަމީތާބު ރާއްޖެ އަށް ކުރާ ދަތުރު ބޮއިކޮޓް ކުރަން އެދޭ ކަމަށެވެ.