މިިދިޔަ މެއި މަހު މަރައިލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ސިއްރު ކުރަން އެދޭނީ ބައެއް އަޑުއެހުންތައް ކަމަށާއި މުޅި ޝަރީއަތް ސިއްރު ނުކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނެފި އެވެ.
10 ސެޕްޓެމްބަރ 2017
މިިދިޔަ މެއި މަހު މަރައިލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ސިއްރު ކުރަން އެދޭނީ ބައެއް އަޑުއެހުންތައް ކަމަށާއި މުޅި ޝަރީއަތް ސިއްރު ނުކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނެފި އެވެ.
ތޫނު އެއްޗެހިން ހަމަލާދީ ޔާމީން މަރައިލި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ހަތް މީހުންގެ ތެރެއިން ހަ މީހެއްގެ ޝަރީއަތް މިއަދު ފަށާ އިރު އެ އަޑުއެހުން ސިއްރުކުރަން ދައުލަތުން އެދުމުން އެ އަޑުއެހުން ކޯޓުން ވަނީ ސިއްރު ކޮށްފަ އެވެ. މިއަދު ބާއްވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ބާއްވަންޖެހޭ އިބްތިދާއީ އަޑުއެހުމެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ބައެއް އަޑުއެހުންތައް ސިއްރު ކުރަން އެދުނީ މައްސަލައިގެ ބާވަތުންނެވެ. ނަމަވެސް މުޅި ޝަރީއަތް ސިއްރު ކުރަން ނޭދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިޖްރާއާތުގެ ގާނޫނުގެ ދަށުން ވެސް އިންސާފަށް ހުރަސް އެޅިދާނެ ކަމަށް ބެލެވޭ ނަމަ ޝަރީއަތެއް ސިއްރު ކުރެވޭ ގޮތަށް އޮންނަނީ. އެހެންވެ ބައެއް އަޑުއެހުންތައް ސިއްރުކުރަނީ މައްސަލައިގެ ބާވަތުން. އެކަމަކު މުޅި ޝަރީއަތް އެއްކޮށް ސިއްރެއް ނުކުރާނެ،" ތަރުޖަމާނު ވިދާޅުވި އެވެ.
މިއަދު ޝަރީއަތް ފަށާ ހަ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދެން ހުރި މީހާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެކަމަކު އޭނާގެ ޝަރީއަތް އަދި ނުފަށަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޔާމީން މަރާލީ ދީނީ ޚިޔާލު ތަފާތުވުންތަކެއްގެ ތެރޭގަ އެވެ.
ރިލްވާނާއި ޔާމީންގެ މަރު: މިއަދުގެ އަޑުއެހުން ކެންސަލް
ޔާމީންގެ މަރު: ގޮތެއް ނިންމާނީ ރިޕޯޓް ލިބުމުން
"އިސް ދެ މީހުންނަށް ކުށް ސާބިތުވުމަކީ ކާމިޔާބީއެއް"
ލަމްހާ ގޭބަންދަށް ބަދަލުކުރީ ގޯސްކޮށް: ހައި ކޯޓް
ނަޒާހާގެ މައްސަލާގެ ހުކުމް މިމަހު އިއްވަނީ
ފުލުހަށް ނާންގާ ކޯޓަށްދާތީ ލަމްހާ ބަންދުކުރަން އެދެފި
ސާހިލްގެ ތަހުގީގު ބަޔާން ބަލައިގަތުމަށް ނިންމައިފި
18 އަހަރު ކުރީގެ މަރެއްގެ މައްސަލަ އަނެއްކާ ބަލަނީ
އަރުހަމްގެ މަރަށް 12އަހަރު: އަލުން ޝަރީއަތް ފަށައިފި
ނައީމާ މަރާލީ ސިހުރާ ގުޅުވައިގެންކަން ސާބިތުކުރަން ހެކި