މެޑްރިޑް (ސެޕްޓެމްބަރު 21) - ކްރިސްޓިއާނޯ ރޮނާލްޑޯ ސަސްޕެންޝަނަށް ފަހު އެނބުރި އައި މެޗުން ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް އަތުން 1-0 އިން ބަލިވެ އިތުރު އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
21 ސެޕްޓެމްބަރ 2017
މެޑްރިޑް (ސެޕްޓެމްބަރު 21) - ކްރިސްޓިއާނޯ ރޮނާލްޑޯ ސަސްޕެންޝަނަށް ފަހު އެނބުރި އައި މެޗުން ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް އަތުން 1-0 އިން ބަލިވެ އިތުރު އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ސްޕެނިޝް ސުޕަ ކަޕްގެ ފުރަތަމަ ލެގުގައި ދެއްކި ރަތް ކާޑާއި ކުޅިގެން ސްޕެއިނުގެ މުބާރާތްތަކަށް ރޮނާލްޑޯ ވަނީ ފަސް މެޗަށް ސަސްޕެންޑް ކޮށްފަ އެވެ. ރޮނާލްޑޯ ނުލައި ލީގުގައި އެންމެ ފަހުން ރެއާލް ކުޅުނު ދެ މެޗުން އެއްވަރުވިއިރު، ރޭ ވަނީ ބަލިވެފަ އެވެ.
މި ބައްޔާ އެކު ރެއާލް ލީގުގެ ހަތް ވަނަ އަށް ވެއްޓުނުއިރު، އެއް ވަނައިގައި އޮތް ބާސެލޯނާއާ އެ ޓީމާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް ބާސެލޯނާ އެއް ވަނައިގައި އޮތީ 15 ޕޮއިންޓް ހޯދައިގެންނެވެ. ހަތް ވަނައިގައި އޮތް ރެއާލަށް ލިބިފައިވަނީ ފަސް މެޗުން އަށް ޕޮއިންޓެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ ވަނީ ބެޓިސް ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެހެން ނަމަވެސް ބެޓިސްގެ ކީޕަރު ކުރިން ރެއާލަށް ކުޅުނު އެންޓޯނިއޯ އަޑާން ވަނީ ގިނަ ބޯޅަތައް މަތަކޮށްފަ އެވެ.
މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ބެޓިސް މޮޅުކޮށްދިން ލަނޑު ޖެހީ އެންޓޯނިއޯ ސަނަބްރިއާ އެވެ. މި ލަނޑާ އެކު ބެޓިސް އިން ވަނީ 19 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ރެއާލް އަތުން މޮޅެއް ހޯދައިފަ އެވެ. އެންމެ ފަހުން ބެޓިސް ރެއާލް އަތުން މޮޅުވީ 1998 ވަނަ އަހަރު އެވެ.
ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ މި މެޗުން އެ ޓީމަށް ތިން ޕޮއިންޓް ހައްގުވާ ކަމަށެވެ.
"މިދިޔަ ސީޒަނުގައި އަހަރެމެން ރަނގަޅަށް ނުކުޅޭ މެޗުތަކުން އެބަހުރި މޮޅުވެފައި. މި ސީޒަނުގައި އެކަން ހިނގަނީ މުޅިން ތަފާތުކޮށް. މޮޅަށް ކުޅޭ މެޗުތަކުގައި މި ދަނީ ބަލިވަމުން،" ޒިދާން ބުންޏެވެ.
ވާދަވެރި ބާސެލޯނާއާ ދެމެދު އޮތް ފަަރަގު ބޮޑުވަމުންދިޔަ ނަމަވެސް ޒިދާން ބުނީ އަދި ކަންބޮޑުވާ ހިސާބަށް އެ ޓީމުގެ ހާލަތު ނުދާ ކަމަށެވެ.
"މިއީ ވަރަށް ދިގު ލީގެއް. ފަސް މެޗު ނިމޭއިރު އޮންނަ ތަފާތާއި ލީގުގެ ފަހު ކޮޅުގައި ފެންނަ ތަފާތު ވަރަށް ބޮޑުވާނެ. މާޔޫސްވާންޖެހޭ ހިސާބަށް ހާލަތު ގޯހެއް ނުވޭ،" ޒިދާން ބުންޏެވެ.
މި ފަހަރު ވެސް މެޑްރިޑް ސަލާމަތްކޮށްދިނީ ރޮނާލްޑޯ
ރޮނާލްޑޯގެ ހެޓްރިކުން މެޑްރިޑަށް މުހިއްމު މޮޅެއް
ރެއާލް މޮޅުވިއިރު ރޮނާލްޑޯ ސަމާލުކަން ހޯދައިފި
މިއަދުގެ މެޗަށް ރޮނާލްޑޯ ފިޓް: ޒިދާން
ރޮނާލްޑޯގެ ރެކޯޑާ އެކު މެޑްރިޑް ލީގާ ޕޮއިންޓަކާ ގާތަށް
ބޭލް ދެ މެޗަށް ސަސްޕެންޑް، ރޮނާލްޑޯ އަނިޔާގައި
ބާސާގެ ރެކޯޑާ ހަމަކޮށް މެޑްރިޑުން ބޮޑު ލީޑެއް ނަގައިފި
ރޮނާލްޑޯގެ ހެޓްރިކުން އެތުލެޓިކޯ ބަލިކޮށްފި
ރޮނާލްޑޯ ހެޓްރިކާ އެކު ރެއާލަށް ދެ ޕޮއިންޓުގެ ލީޑެއް
ލީގު ހޯދުމުގައި ރެއާލް މެޑްރިޑަށް ގޮންޖެހުމެއް