މުޖުތަމައަށް ފައިދާ ހުރި މަސައްކަތްތައް ކުރަމުން އަންނަ ޒުވާނުންނަށް ދެމުން އަންނަ އެވޯޑަށް ކުރިމަތިލުމަށް ޔޫތު މިނިސްޓްރީން ހުޅުވާލައިފި އެވެ.
25 ސެޕްޓެމްބަރ 2017
މުޖުތަމައަށް ފައިދާ ހުރި މަސައްކަތްތައް ކުރަމުން އަންނަ ޒުވާނުންނަށް ދެމުން އަންނަ އެވޯޑަށް ކުރިމަތިލުމަށް ޔޫތު މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ އަންނަ މަހުގެ 22 ވަނަ ދުވަހާ ހަމައަށް "ޒުވާނުންގެ އެވޯޑު" އަށް ކުރިމަތިލެވޭނެ ކަމަށެވެ.
މި އަހަރުގެ އެވޯޑު ދޭން ހަމަޖައްސާފައި ވަނީ 10 ދާއިރާއަކުންނެވެ. އެއީ ކުޅިވަރާއި އިޖުތިމާއީ ފަދަ ދާއިރާތަކުންނެވެ. އެ ދާއިރާތަކުގެ އިތުރުން ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ ވެސް ދޭން ވަނީ ހަމަޖައްސައިފަ އެެވެ.
އެވޯޑު ލިބޭ ފަރާތްތައް ހަމަޖައްސާނީ، ހުށަހަޅާ ފޯމުތައް ބެލުމަށް ފަހުގައި އެކަމަށް ހާއްސަ ކޮމެޓީއަކުންނެވެ.
ޔޫތު މިނިސްޓްރީން ބުނީ ޒުވާނުންގެ އެވޯޑު ދިނުމުގެ މަގުސަދު ހާސިލްވަމުންދާ ކަމަށާއި އެކަމުގެ ފައިދާތައް ގައުމަށް ކުރަމުން އަންނަ ކަމަށެވެ.
ޒުވާނުންގެ އެވޯޑާއި ސެޓްފިކެޓާ އެކު 25،000ރ. ގެ ފައިސާގެ އިނާމެއް ވެސް ވަނީ ދޭން ނިންމައިފަ އެވެ. އެ ހަފުލާ ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ ނޮވެމްބަރު 17 ވަނަ ދުވަހުގެ ރޭ ބާއްވާ ޒުވާނުންގެ ދުވަހުގެ ހަފުލާގަ އެވެ.
ޒުވާނުންގެ އެވޯޑު މި އަހަރު 8 މީހަކަށް
ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ޒުވާނުންގެ މެދުގައި ގިނައީ ޓްރެފިކްގެ ކުށްތައް
މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް
މި އަހަރު ޒުވާނުންގެ އެވޯޑް 10 މީހަކަށް
ގިނަ ޒުވާނުން ކިޔެވީ އިޖުތިމާއީ، ވިޔަފާރި އަދި ގާނޫނު
ޒުވާނުންގެ ބައިނަލްއަގްވާމީ ފޯރަމެއް ރާއްޖޭގައި ބާއްވަނީ
ޒުވާނުންނަށް ޖަލުތަކެއް އަޅާކަށް ބޭނުމެއް ނޫން: ރައީސް
ޒުވާނުންގެ ދުވަހާ ގުޅިގެން ހަރަކާތްތަކެއް ހިންގަނީ
ރައީސަށް ލަފާ ދޭން ޒުވާން 15 މެމްބަރުންގެ ކޮމިޓީއެއް