މި ދައުރުގެ ތެރޭގައި 50 ރިސޯޓެއް ހުޅުވައި، އެ ތަންތަނުން ހިދުމަތް ދޭން ފެށުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
27 ސެޕްޓެމްބަރ 2017
މި ދައުރުގެ ތެރޭގައި 50 ރިސޯޓެއް ހުޅުވައި، އެ ތަންތަނުން ހިދުމަތް ދޭން ފެށުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބެއްގައި ރައީސް ޔާމީން ވިދާޅުވީ ދެމެހެއްޓެނިވި ޓޫރިޒަމްގެ ވާހަކަ ދައްކާ އިރު، ރާއްޖޭގެ ޓޫރިޒަމް ވަރަށް ފުޅާ ދާއިރާއެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ކުރާކަން ހާއްސަ ގޮތެއްގައި ފާހަގަކުރައްވާ ކަމަށެވެ.
"މިގޮތުން 2018 ވަނަ އަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން އުންމީދުކުރާ އަދަދަށް، އާދެ، 30 ރިޒޯޓް އިތުރަށް ހުޅުވިއްޖެ ނަމަ، އޭގެ ސަބަބުން 18,000 ވަޒީފާގެ ފުރުސަތު އިތުރަށް ހުޅުވިގެންދާނެ. ހަމަ އެފަދައިން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު އިންގިލާބެއް ގެނެސްދޭ އެންމެ ބޮޑު މަޝްރޫއަކީ، އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓްތައްކަން ވެސް އަޅުގަނޑު އުފަލާއެކު ފާހަގަކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތް ކުރިއަށް ދިއުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަތުރުފަތުރުގެ ނިޒާމް ކަމަށެވެ. އެހެންކަމުން ސަރުކާރުން ވަނީ އެފަދަ މައްސަލަތަކުގެ ހައްލެއްގެ ގޮތުން އެކި ކަންކޮޅުތަކުގައި ޑޮމެސްޓިކް އެއާޕޯޓު ތަރައްގީ ކުރުމަށް އިންވެސްޓަރުންނަށް ދޫކޮށްފައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 7.5 މިލިއަން ދަތުރުވެރިންނަށް އެ ވައިގެ ބަނދަރުން ފަސޭހަކަމާއެކު ހިދުމަތް ދެވޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"ހަލުވި ދުވެއްޔެއްގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރި އަށް ދާއިރު މި ސިނާއަތު ދެމެހެއްޓޭނީ ރާއްޖޭގައި ސުލްހަ މަސަލަސްކަން ގާއިމުކުރެވިގެން. އެހެންކަމުން ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެ އަށް ލިބިފައިވާ އަދި ލިބެމުން އަންނަ ރީތި ނަން އެ ގޮތުގައި ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް މިއަދުގެ މުނާސަބަތުގައި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން،" އެ ހިތާބުގައި ރައީސް ވިދާޅުވި އެވެ.
"ޓޫރިޒަމް ކުރިއަރުވަން އެއް އަޒުމެއްގައި ތިބެންޖެހޭ"
ރިސޯޓު ހިއްސާ ނުލިބި އާ ސްކީމެއް: އާއްމުން ފާޑުކިޔަނީ
ރިސޯޓު މުވައްޒަފުންނަށް 100 މިލިޔަންރުފިޔާގެ ސްކީމެއް
އީސީން އުޅެނީ ރައީސް ޔާމީން އަލުން އިންތިޚާބު ކުރަން
މާލެ އަތޮޅުގެ 27 ފަޅެއް ޓޫރިޒަމަށް ތަރައްގީ ކުރަނީ
ބޮޑެތި ބޯޓުފަހަރު ޖެއްސޭގޮތަށް ކޫއްޑޫ ތަރައްގީކޮށްފި
މި އަހަރު 25 އާ ރިސޯޓް ހުޅުވަނީ
ރައީސް ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުއްވައިދެއްވައިފި
ނާގޯށި ތަރައްގީނުކުރާތީ އަމިއްލަ އިންވެސްޓަރަކަށް ދެނީ
މެދު ފަންތީގެ ޓޫރިޒަމްގެ ގިނަ މަޝްރޫއުތަކެއް ފަށާނަން