ރާއްޖޭގެ ޓޫރިޒަމަށް ލބެމުން އަންނަ ކުރިއެރުންތައް ދަމަހައްޓައި، އެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ އެންމެން އެކުގައި މަސައްކަތްކޮށް، ރާއްޖޭގެ ސުލްހަމަސަލަސްކަން ގާއިމްކޮށް، އެ އަޒުމުގައި މަސައްކަތް ކޮށްގެން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމަށް ލބެމުން އަންނަ ކުރިއެރުންތައް ދަމަހައްޓައި، އެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ އެންމެން އެކުގައި މަސައްކަތްކޮށް، ރާއްޖޭގެ ސުލްހަމަސަލަސްކަން ގާއިމްކޮށް، އެ އަޒުމުގައި މަސައްކަތް ކޮށްގެން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ޓޫރިޒަމާ ބެހޭ ޖަމިއްޔާއިން މިއަހަރުގެ ޓޫރިޒަމް ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވާ [ޓޫރިޒަމް އެންޑް ދި ޑިޖިޓަލް ޓްރާންސްފޮމޭޝަން] ޝިއާރަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ޓެކްނޮލޮޖީއަށް އައި ބަދަލާއެކީ ޓޫރިޒަމް ވެސް ފުޅާވެ ކުރިއަރާފައިކަން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.
ނޮވެމްބަރު 17ގައި ރިޔާސީ ދައުރު ނިމޭ ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ބޮޑު ހިއްސާއެއް އަދާކުރާ ސިނާއަތަކީ ޓޫރިޒަމް ކަމަށް ވާއިރު އެ އިންޑަސްޓްރީ ފުޅާކޮށް ތަރައްގީ ކުރުމަށް މި ސަރުކާރުން ކޮށްފައިވާ މަސައްކަތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
މިދިޔަ ފަސް އަހަރު ކުރެއްވި މަސައްކަތާ ބެހޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 35 ރިޒޯޓް އަލަށް ހުޅުވައި، ހަތް ހޮޓެލް، އަދި 495 ގެސްޓްހައުސް ހުޅުވާފައިވާ ކަމަށެވެ. އެކަމަކު އެ މަނިކުފާނު 2013ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިއިރު ވައުދުވެވަޑައިގެންފައި ވަނީ ކޮންމެ އަހަރަކު ދިހަ ރިސޯޓު ހުޅުވާނެ ކަމަށެވެ.
މި ފަސް އަހަރުގެ ތެރޭގައި ހަތަރު ޑޮމެސްޓިކް އެއާޕޯޓް ހުޅުވާފައިކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި އިތުރު ހަ ޑޮމެސްޓިކް އެއާޕޯޓުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެހެންކަމުން، މިކަން ކަމަކީ ރާއްޖެއަށާއި ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ލިބޭ ކޮންމެ ކުރިއެރުމަކީ މި ގައުމަށާއި ރައްޔިތުންނަށް ލިބޭ ކުރިއެރުމެކެވެ. އަދި އަތޮޅުތަކަށް ޓޫރިޒަމް ފުޅާވެ، ވަޒީފާތައް އިތުރުވަމުން ދިޔުމަކީ، ރަށްރަށުގެ ތަނަވަސްކަމަށާއި އާއިލާތަކުގެ ތަނަވަސްކަމަށް، އެކަމުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއްކަމާއި ޓޫރިޒަމް ކުރިއެރުވުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ ގައުމުގެ ކުރިއެރުމަށް ލިބޭ އިތުރު ބާރެއް ކަމަށް ވިދާޅުވި އެވެ.
މި ދައުރުގަ 50 ރިސޯޓު ހުޅުވުމަކީ އުއްމީދެއް: ރައީސް
މެދު ފަންތީގެ ޓޫރިޒަމްގެ ގިނަ މަޝްރޫއުތަކެއް ފަށާނަން
ޑައިވިން ގަވާއިދަށް އިސްލާހު ގެންނާނަން: ފައިސަލް
ގެއްލުނު ޑައިވަރު ސައީދުގެ އަގުވަޒަންކޮށް އެވޯޑެއް
ޓޫރިޒަމް ދުވަސް:ފުވައްމުލަކުގެ ހިދުމަތްތެރިންނަށް އެވޯޑް
އަމާޒަކީ އަހަރަކު ހަތަރު މިލިއަން ޓޫރިސްޓުން: ފައިސަލް
ރާއްޖޭގެ އިގްތިސާދު ބަދަލުކޮށްލީ ޓޫރިޒަމުން: އަފީފް
އަމާޒަކީ މިއަަހަރު 10 މިލިއަން ބެޑްނައިޓްސް: މައުސޫމް
ޖެޓްސްކީ ޓުއާގެ ބައިވެރިން މާލެއަށް!
ޓޫރިޒަމް ދުވަސް އައްޑޫގައި ފާހަގަނުކުރަން ނިންމައިފި