މޯލްޑިވިއަންގެ ފްލީޓް ބޮޑުކުރުމަށް އެއާބަސް އޭ330 މަރުކާގެ ބޯޓަކާއި 50 ގޮނޑީގެ ޑޭޝް8 މަރުކާގެ ބޯޓަކާއި އިތުރު ހަތަރު ސީ ޕްލޭން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
16 އޮކްޓޯބަރ 2017
މޯލްޑިވިއަންގެ ފްލީޓް ބޮޑުކުރުމަށް އެއާބަސް އޭ330 މަރުކާގެ ބޯޓަކާއި 50 ގޮނޑީގެ ޑޭޝް8 މަރުކާގެ ބޯޓަކާއި އިތުރު ހަތަރު ސީ ޕްލޭން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ކުރިޔަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ޑޭޝް8 މަރުކާގެ 50 ގޮނޑީގެ ބޯޓަކާއި ސީ ޕްލޭނެއް ރާއްޖެ ގެނެވޭނެ ކަމަށެވެ. ސީ ޕްލޭން އަންނަ މަހު ގެންނަ އިރު ޑޭޝް8 ބޯޓު ގެންނާނީ ޑިސެމްބަރު މަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަނީ އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް އިތުރު ހަތަރު ސީ ޕްލޭން ގެންނަން. އެ ބޯޓުތައް ގެންނަނީ އަލަށް ހުޅުވާ ރިސޯޓުތަކަށް ޓޫރިސްޓުން އުފުލަން،" ހާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރު ދެކުނު އެފްރިކާގެ ޖޮހަނަސްބާގަށާއި ޗައިނާގެ ބެއިޖިން އަދި ޝެންހާއީ އަށް ދަތުރުތައް ފަށަން އެއާބަސް އޭ330 މަރުކާގެ މަތިންދާބޯޓެއް ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
"ކުންފުންޏަށް އިތުރު ބޯޓުތައް ގެނައުމުން އިތުރު ވަޒީފާތަކެއް އުފެދި ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވެ އިގްތިސާދަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ. އަޅުގަނޑުމެން މިހާރު ވެސް މަސައްކަތްކުރަނީ ޗައިނާ އިން ގެންނަ ޓޫރިސްޓުންގެ އަދަދު ދެ ގުނަ އިތުރުކުރަން،" ހާރިސް ވިދާޅުވި އެވެ.
ގާތްގަނޑަކަށް ހާހަކަށް ވުރެ ގިނަ މީހުން ވަޒީފާ އަދާކުރާ ކުންފުނީގައި މިހާރު ވެސް ސީ ޕްލޭން އޮޕަރޭޝަނުގައި، 15 މީހުންގެ ޖާގައިގެ ނުވަ ބޯޓު ބޭނުންކުރެ އެވެ. އަދި އެ ކުންފުނީގައި ޑޭޝް8 މަރުކާގެ 50 ގޮނޑީގެ ހަތް ބޯޓާއި 37 ގޮނޑީގެ ދެ ބޯޓު އަދި 200 މީހުންގެ ޖާގައިގެ އެއާބަސް އޭ 330ގެ އެއް ބޯޓާއި 152 މީހުންގެ ޖާގައިގެ އޭ 320 މަރުކާގެ އެއް ބޯޓު ބޭނުންކުރެ އެވެ.
މޯލްޑިވިއަނުން ބުނީ އެ ކުންފުނިން އެކި މަންޒިލްތަކަށް މިހާރު ދުވާލަކު 100 ދަތުރު ކުރާ ކަމަށެވެ.
ވެއްޓުނު ބޯޓް ނަގައިފި
މޯލްޑިވިއަންގެ ސީޕްލޭނެއް ވެއްޓިއްޖެ
މޯލްޑިވިއަންގެ ހަތް ވަނަ ސީޕްލޭން މިރޭ ރާއްޖެ އަންނާނެ
ސީޕްލޭން ހިންގަން އެމްއޭސީއެލްއާ އެކު އާ ކުންފުންޏެއް
ސީޕްލޭން ކްރޫއިންނަށް އަވަގުރާނަ ގޮވުމުން ޕޮލިހަށް
މޯލްޑިވިއަންގެ ހަތް ޕައިލެޓަކު ވަޒީފާއިން ވަކިވެއްޖެ
މަލިކުގެ ފުރަތަމަ ވައިގެ ދަތުރު މޯލްޑިވިއަންގައި
އައްޑު އާއި ހުވަދުއާ ދެމެދު އަލުން ސީޕްލޭން
ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭކަށްނޫޅޭ: އެމްއޭސީއެލް
ސީޕްލޭން ޓާމިނަލް: ހަމައެކަނި ޓީއެމްއޭއަށް ދީފާނެތަ؟