12 އޮކްޓޯބަރ 2017
މާރާމާރީތައް ހުއްޓުވުމަށް ފުލުހުންނާ ގުޅިގެން ސިފައިން މަސައްކަތް ކުރުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އަންގަވައިފި އެވެ.
މާރާމާރީތައް ހުއްޓުވުމަށް ފުލުހުންނާ ގުޅިގެން ސިފައިން މަސައްކަތް ކުރުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އަންގަވައިފި އެވެ.
ސިފައިންގެ ކަޅުތުއްކަލާ ކޮށީގައި ރޭ ސިފައިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މާލޭގެ މަގުތައް ހަލަބޮލިކޮށް، ޓެރަރިޒަމްގެ އަމަލުތަކާއި މާރާމާރީ ހިންގައި މީހުން މެރުން ފަދަ ކަންކަން ހިނގުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ގޭންގު މާރާމާރީ މަދުކުރުމަކީ އަސްކަރިއްޔާގެ ޒިންމާއާ ސީދާ ގުޅުމެއް ނެތް ކަމެކެވެ. މިނިސްޓަރު ވިދާޅުވީ އެހެން ނަމަވެސް މާލެ އަމާން ތަނަކަށް ހެދުމަށްޓަކައި ފުލުހުން ކުރަމުންގެންދާ މަސައްކަތުގައި ދިވެހި ސިފައިން ގުޅިގެން މަސައްކަތް ކޮށްދިނުމަށް މިހާރު ވާނީ ސިފައިންގެ ލީޑާޝީޕްގައި އެދިވަޑައިގެންފައި ކަމަށެވެ.
މި ފަހަކަށް އައިސް ސިލްސިލާ މާރާމާރީތައް ހިންގުން ވަނީ އާންމުވެފަ އެވެ. އެގޮތުން ވެއަތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ވެސް ދެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ މަރާލައިފަ އެވެ.
މާރާމާރީތައް ހުއްޓުވުމަށްޓަކައި މޮނިކޮން އަމުރު ނުވަ މީހެއްގެ މައްޗަށް ނެރެދިނުމަށް ފުލުހުން މިހާރު ވަނީ ހައި ކޯޓުގައި ވެސް އެދިފަ އެވެ.
އާދަމް ޝަރީފް ބޭނުންވީ ގިނަބަޔަކަށް މައުލޫމާތު އަންގަން
އާދަމް ޝަރީފްގެ ވާހަކައަކީ އިންތިހާބަށް ހުރަސްއެޅުން؟
އަމާންކަން ނަގާލަން ބަޔަކު އެބަ ރާވާ: އާދަމް ޝަރީފް
ސަރުކާރު ވައްޓާލަން ފުރުސަތެއް ނުދޭނަން: އާދަމް ޝަރީފް
ގިރިފުށިން ހިންމަފުއްޓަށް ވަޒަނެއް ނުފޯރާނެ: މިނިސްޓަރު
"ސިފައިންގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނެތް"
ގޭންގްތަކާއި ލީޑަރުންނާއި ކަނޑައެޅުން ކޮމިޓީއަކަށް
ގޭންގުތަކާ ދެކޮޅު މަސައްކަތް މަގުތަކުން ފެންނާނެ:ރައީސް
ގޭންގުތަކުގެ ކުރިމަތީގައި މިފަހަރު ކުޑަކަޑޫ ނުޖަހާނެ!
ގޭންގުތަކާ ދެކޮޅަށް ސިފައިންނާއި ފުލުހުން ނުކުމެއްޖެ